Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުފްތީ މެންކް

މުފްތީ މެންކް ރާއްޖެ ވަޑައިގެންފި

ފުރަތަމަ ދަރުސް އޮންނާނީ އަންގާރަ ދުވަހުގެ ރޭ 20:15 ގައި ކާރނިވަލް ސްޓޭޖްގައި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2020 | އަންގާރަ 12:06
މުފްތީ އިސްމާއިލް މެންކް

މުފްތީ އިސްމާއިލް މެންކް

ޒިމްބާބްވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއިލް މޫސާ މެންކް، ނުވަތަ މުފްތީ މެންކް، ރާއްޖެ ވަޑައިގެންފިއެވެ.

އަންގާރަ ދުވަހު މުފްތީ މެންކް ރާއްޖެ ވަޑައިގެންފައިވާއިރު، މުފްތީއަށް މަރުޙަބާ ދެންނެވުމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓަށް ވަޑައިގެންފައެވެ.

Advertisement - newsAdvertisement

މުފްތީ ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅުގައި ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އެގޮތުން މާލެއާއި، އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ޚާއްސަ ދަރުސްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުފްތީގެ ފުރަތަމަ ދަރުސް އޮންނާނީ އަންގާރަ ދުވަހުގެރޭ 20:15 ގައި ކާނިވަލް ސްޓޭޖްގައެވެ. އަދި ދަރުހުގެ މައުޟޫއަކީ "ރިލިޖަސް ރިހެބިލިޓޭޝަން" އާއި އޭގެ މުހިއްމުކަމެވެ. އޭގެ އިތުރުން، 15 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެރޭ 20:15 ގައި އައްޑޫ ސިޓީގެ ނޫރާނީ ސުކޫލުގައިވެސް ދަރުހެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ދަރުސް އަމާޒުކުރާނީ މުސްލިމުން އިސްލާމް ދީނާއި ދުރުވުމަށް މެދުވެރިވާ ސަބަބުތަކުގެ މައްޗަށެވެ.

އައްޑޫ ސިޓީގައި ދަރުސް ދެއްވުމަށްފަހު މުފްތީ ވަޑައިގަންނަވާނީ ހދ ކުޅުދުއްފުއްޓަށެވެ. އެގޮތުން މި ދަރުސް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ 20:15 ގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގައެވެ. އަދި މި ދަރުހުގެ މައުޟޫއަކީ އިސްލާމް ދީން މާނަ ކުރެވޭ ތަފާތު ގޮތްގޮތާއި އެކަމުގެ ތަފްސީލުތަކެވެ.

އޭގެއިތުރުން، ޚާއްސަ ހަރަކާތެއްގެ ގޮތުން 17 ޖެނުއަރީ 2020 ވާ ހުކުރު ދުވަހުގެ ހުކުރު ޚުތުބާ އިސްލާމީ މަރުކަޒުގައި މުފްތީ ދެއްވާނެއެވެ. އެގޮތުން މި ޚުތުބާގެ މައުޟޫއަކީ ހަލާލު ގޮތުގައި މުދާ ހޯދުމާއި އާމްދަނީ ހޯދުމެވެ. އަދި އެ ދުވަހު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ހުކުރު ޚުތުބާ އަމާޒުކޮށްފައިވާނީ އެ މައުޟޫއަށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ހަރަކާތްތަކަށް ވީހާވެސް ގިނަ އާންމުންނާއި، ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އިތުރުން ޒުވާނުން ބައިވެރިވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު