Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު

މޫސުމަށް އަންނަ ބަދަލުތަކަކީ އިންސާނުންގެ ސަބަބުން އަންނަ ބަދަލުތަކެއްކަމާއިމެދު ޝައްކުކުރާނީ މޮޔައިން: ރައީސް ނަޝީދު

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށްކުރާ އަސަރުތައް ދެނެގަންނަންޖެހޭކަމަށް ވިދާޅުވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 14 ޖެނުއަރީ 2020 | އަންގާރަ 08:01
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ

މޫސުމަށް އަންނަ ބަދަލުތަކަކީ އިންސާނުންގެ ސަބަބުން އަންނަ ބަދަލުތަކެއްކަމާއިމެދު ޝައްކު ކުރާނީ މޮޔައިންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި, ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުތަކާއި ގުޅޭ ދިރާސާ ފެށުމަށް ނޭކުރެންދޫގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަމުން ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ މޫސުމަށް ބަދަލު ނާންނަކަމަށް ދެކޭނީ މޮޔައިން ކަމަށެވެ. އަދި އެބަދަލުތަކަކީ އިންސާނުންގެ ސަބަބުން އަންނަ ބަދަލުތަކެއްކަމާއިމެދު ޝައްކުކުރާނީވެސް މޮޔައިން ކަމަށެވެ.

Advertisement - newsAdvertisement

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ގޮތެއް ނުވެ, ސަލާމަތުގެ އައްސޭރީގައި އޮވެވިދާނެ ކަމަށް ދެކޭނީވެސް މޮޔައިން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި ދިރިއުޅުން ބިނާކުރަންޖެހެނީ އެ ބަދަލުތަކުގެ މައްޗަށް ބަރޯސާވެގެންކަމަށެވެ.

ދިވެހިރާއްޖެއިން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުގަ، ބައިވެރިވީ މިދިޔަ އަހަރު ބޭއްވި އ.ދ. ގެ 74 ވަނަ އާންމު ބައްދަލުވުމުގެ ހަވާސާގައި ދިވެހި ސަރުކާރާއި އެ ކޯލިޝަނާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ސަރުކާރާއި، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ނޫ އިޤްތިޞާދެއް ބިނާކޮށް ކުރިއެރުވުމަށް އެހީވެ މި ސިޔާސަތަށް ބޭނުންވާ މެރިން ސްޕެޝަލް ޕްލޭންއެއް އެކުލަވާލެވިގެން ދާނެއެވެ. މި ޚާއްޞަ ޕްލޭން ވެގެންދާނީ ރާއްޖޭގައި ތިމާވެއްޓާއި ރަށްޓެހި، ތަރައްޤީގެ ނޫ ސިޔާސަތުތަކެއް އެކުލަވާލުމަށް މުހިންމު ދައުރެއް އަދާކުރާނެ ޕްލޭނަކަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު