Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޗަޕަކް

ލަކްޝްމީގެ ލޯޔަރަށް ކްރެޑިޓްސް ދިނުމަށް ޗަޕަކްގެ ޑައިރެކްޓަރުންނަށް ކޯޓުން އަންގައިފި

މި މަހު 15 ކުރިން ކްރެޑިޓްސް ދިނުމަށް ކޯޓުން ވަނީ އަންގާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 12 ޖެނުއަރީ 2020 | އާދީއްތަ 06:57
ޗަޕަކްގެ މަންޒަރެއް

ޗަޕަކްގެ މަންޒަރެއް

އެސިޑް ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ދިޕިކާ ފަދުކޮން ކުޅެފައިވާ ފިލްމުގައި، ލަކްޝްމީގެ ވަކީލަށް ކްރެޑިޓްސް ދިނުމަށް ހައި ކޯޓުން އެ ފިލްމުގެ ޑައިރެކްޓަރުންނަށް އަންގައިފިއެވެ.

ދިއްލީގެ ހައިކޯޓުން ޗަޕަކްގެ ޑައިރެކްޓަރުންނަށް އަންގާފައިވަނީ މި މަހ 15 ގެ ކުރިން ފިލްމު ލަކްޝްމީގެ ވަކީލް އަޕަރްނާ ބަޓް އަށް ކްރެޑިޓް ދިނުމަށެވެ. އަދި އެ ތާރިހަށްވުރެ ފަހުން ކްރެޑިޓްސް ނުދީ ފިލްމު ދައްކައިފިނަމަ ތިއޭޓަރުތަކުން ފިލްމު ނަގާނެ ކަމަށްވެސް ކޯޓުން ވަނީ ޑައިރެކްޓަރުންނަށް އަންގާފައެވެ.

ހުކުރު ދުވަހު ޗަޕަކް ރިލީޒް ކޮށްފައިވާއިރު މި ފިލްމަށް އެކަށީގެންވާ ވަރުގެ އާމްދަނީ އެއް ނުލިބެއެވެ. ލިބިފައިވަނީ ހަތަރު ކްރޯޑް ރުޕީސް އެެވެ.

މޭގްނާ ގުލްޒާރު ޑައިރެކްޓް ކުރާ މި ފިލްމަކީ ދިޕިކާގެ ގިނަ ފޭނުންތަކެއް އެ ފިލްމަކަށް އިންތިޒާރު ކޮށްގެން ތިބި ފިލްމެކެވެ. ފިލްމު އެމީހެއްގެ ހަޔާރުގެ މައްޗަށް ބިނާކޮށްފައިވާ ލަކްޝްމީގެ މޫނަށް އެސިޑް ޖަހާފައިވަނީ އޭނާގެ އުމުރުން 15 އަހަރުގައި ދިއްލީގެ ހާން މާރުކޭޓުގައި ހުއްޓާއެވެ. ލަކްޝްމީގެ މޫނަށް އެސިޑް ޖެހީ އޭނާގެ ރައްޓެއްސެއްގެ ބޭބެއާ ކައިވެނި ކުރަން ދެކޮޅު ހެދުމުންނެވެ.

އެ ހާދިސާ އަށް ފަހު އާއިލާގެ އެހީއާ އެކު ލަކްޝްމީ ވަނީ އެމީހުންނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. ހަތަރު އަހަރުވަންދެން ކޯޓުގައި ކުރިޔަށް ދިޔަ މައްސަލަ އަށް ފަހު ލަކްޝްމީ މޫނަށް އެސިޑް ޖެހި ގުއްޑޫ 10 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމް ކުރިއެވެ.

އިތުރަށް ކިޔާލަން

03 މެއި 2020

ދަރިން ހިއްހަަމަޖައްސައިދިނުމަށް ގޭގައި ހުރެގެން ބައްޕަ ތައްޔާރުކޮށްދިނީ މެކްޑޮނަލްޑް ބާރގަރ

03 މެއި 2020
ދަރިން ހިއްހަަމަޖައްސައިދިނުމަށް ގޭގައި ހުރެގެން ބައްޕަ ތައްޔާރުކޮށްދިނީ މެކްޑޮނަލްޑް ބާރގަރ
05 ޖެނުއަރީ 2020

ލަކްޝްމީގެ ހުވަފެނަކަށްވީ ލަވަކިޔުންތެރިޔަކަށްވާން

05 ޖެނުއަރީ 2020
ލަކްޝްމީގެ ހުވަފެނަކަށްވީ ލަވަކިޔުންތެރިޔަކަށްވާން
04 ޖެނުއަރީ 2020

ޗަޕާކްގެ ޓައިޓަލް ލަވަ ލޯންޗު ކުރުމާއެކު ފިލްމުގެ ވާހަކަ ބިނާވެގެންވާ ލަކްޝްމީގެ ބަޑިފަޅައިގެން

04 ޖެނުއަރީ 2020
ޗަޕާކްގެ ޓައިޓަލް ލަވަ ލޯންޗު ކުރުމާއެކު ފިލްމުގެ ވާހަކަ ބިނާވެގެންވާ ލަކްޝްމީގެ ބަޑިފަޅައިގެން
10 ޑިސެމްބަރު 2019

އެސިޑްގެ ޝިކާރައަކަށްވި ލަކްޝްމީގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމު ''ޗައްޕަކް'' ގެ ޓްރެއިލާ ނެރެފި

10 ޑިސެމްބަރު 2019
އެސިޑްގެ ޝިކާރައަކަށްވި ލަކްޝްމީގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމު ''ޗައްޕަކް'' ގެ ޓްރެއިލާ ނެރެފި
03 ޖުލައި 2019

އަދިތްޔާ އަށް ލުޔެއް ދިނުމަށް ވަގުތީ އަމުރެއް ނެރެފި

03 ޖުލައި 2019
އަދިތްޔާ އަށް ލުޔެއް ދިނުމަށް ވަގުތީ އަމުރެއް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު