Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްޕީއޭ

ހިމަބިއްސަށް ޕޮޒިޓިވް ވި ކުއްޖާއަށް މީސްލްސް ވެކްސިންގެ ދެޑޯޒް އެއް ނުދޭ!

މިހާރު ކުއްޖާގެ ހާލު ރަނގަޅު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2020 | ހޮނިހިރު 12:49
ވެކްސިން

ވެކްސިން

ހިމަބިއްސަށް ޕޮޒިޓިވް ވި ކުއްޖާއަކީ، މި މަހުގައާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައި ނުވާ ކުއްޖެއްކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުުނެފިއެވެ.

އެޗްޕީއޭއިން އެކަމާއި ގުޅިގެން ބުނީ، މާލެ ޞަރަޙައްދުގައި ދިރިއުޅޭ އުމުރުން 3 އަހަރުގެ ކުއްޖަކު ހިމަބިހި (މީސްލްސް) ޖެހިފައިވާ ކަމަށް ޝައްކުކުރެވުމާއި ގުޅިގެން ކުރި ޓެސްޓްތަކުން ޕޮޒިޓިވް ވެފައި ވާކަމަށެވެ. އަދި މި ކުއްޖާވަނީ މި މަހުގައާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކޮށް ކަމަށެވެ.

Advertisement - newsAdvertisement

އެޗްޕީއޭ އިން ބުނީ އައި.ޖީ.އެމް.އެޗުގައި ފަރުވާ ދިނުމަށްފަހު، ކުއްޖާގެ ޙާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވުމުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިކޭސް ދެނެގަނެވިފައިވަނީ ރާއްޖޭގައި ޤާއިމު ކުރެވިފައިވާ ހިމަބިއްސާއި ރުބެއްލާގެ ސަރވެއިލަންސް ނިޒާމުގެ ތެރެއިން ކަމަށާއި، މިނިޒާމުގެ ދަށުން ހުން އައުމާއެކު ހަމުގައި ބިހި ނަގައިފިނަމަ މީސްލްސް އަދި ރުބެއްލާއަށް ޓެސްޓް ކުރެވޭ ކަމަށެވެ.

2019 ވަނަ އަހަރު 66 ފަރާތެއް މީސްލްސް އަދި ރުބެއްލާއަށް ޓެސްޓް ކުރެވިފައިވާއިރު، ހިމަބިއްސަށް ޝައްކުކުރެވޭ ކޭސްއެއް 8 ޖެނުއަރީ 2020ގައި ރިޕޯރޓްކުރެވުމާއެކު، އެކަމާއި ގުޅިގެން ކުރަންޖެހޭ ތަހުޤީޤުތައް އެއޭޖެންސީއިން ވަނީ ފަށާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން އެކުއްޖާގެ ފަރާތުން ބަލިފެތުރުމުގެ ފުރުޞަތު އޮތް ދުވަސްވަރު ދެނެގަނެ، އެދުވަސްތަކުގައި އެކުއްޖާއާއި އެކުގައި އުޅެފައިވާ ނުވަތަ ކައިރިވެފައިވާ ފަރާތްތައް ހޯދާ، އޭގެ ތެރެއިން މީސްލްސް ވެކްސިންގެ ދެޑޯޒް ހަމަކޮށްފައި ނުވާ ފަރާތްތަކަކަށް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ.

އެ އޭޖެންސީން ބުނީ ހިމަ ބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ކަމުން، ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް، މިބަލިޖެހިފައިވާ މީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަމަނަވެށިން މީސްލްސް ވެކްސިން ޖަހައިދޭން ފަށައިފި

ދަމަނަވެށިން މީސްލްސް ވެކްސިން ޖަހައިދޭން ފަށައިފި

14 ޖެނުއަރީ 2020
ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުކުރުމަށް އިލްތިމާސްކޮށްފި

ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުކުރުމަށް އިލްތިމާސްކޮށްފި

27 މެއި 2019
‫ޖިހާދަށް ދިޔަ މީހުން ގެނެސް ރީހެބިލިޓޭޓް ކުރުމަކީ ގޮންޖެހުމެއް، ބައެއް ގައުމުތަކުން ކުރާ މަސައްކަތް ޕޮޒިޓިވް: އެމްބެސެޑަރ ޓެޕްލިޓްޒް‬

‫ޖިހާދަށް ދިޔަ މީހުން ގެނެސް ރީހެބިލިޓޭޓް ކުރުމަކީ ގޮންޖެހުމެއް، ބައެއް ގައުމުތަކުން ކުރާ މަސައްކަތް ޕޮޒިޓިވް: އެމްބެސެޑަރ ޓެޕްލިޓްޒް‬

15 މެއި 2019
ރައީސް، އަޅުގަނޑުމެންނަށް ޕޮޒިޓިވް ޖަވާބު ދެއްވި: އަބްދުއްރަހީމް

ރައީސް، އަޅުގަނޑުމެންނަށް ޕޮޒިޓިވް ޖަވާބު ދެއްވި: އަބްދުއްރަހީމް

24 ފެބުރުއަރީ 2019
އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވި އުމުރުން ދުވަސްވީ މީހެއް މަރުވެއްޖެ

އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވި އުމުރުން ދުވަސްވީ މީހެއް މަރުވެއްޖެ

23 މެއި 2018

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު