Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖެ - އެމެރިކާ

‫ޖިހާދަށް ދިޔަ މީހުން ގެނެސް ރީހެބިލިޓޭޓް ކުރުމަކީ ގޮންޖެހުމެއް، ބައެއް ގައުމުތަކުން ކުރާ މަސައްކަތް ޕޮޒިޓިވް: އެމްބެސެޑަރ ޓެޕްލިޓްޒް‬

15 މެއި 2019 | ބުދަ 14:17

‫އެކަމަނާ މިހެން ވިދާޅުވީ އެމެރިކާގެ އެމްބަސީން އާދިއްތަ ދުވަހު އިންތިޒާމް ކުރި ރޯދަވީއްލުމަށް ފަހު ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި‬

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 15 މެއި 2019 | ބުދަ 14:17
އެމެރިކާގެ ސަފީރު އެލެއިނާ ޓެޕްލިޓްޒް

އެމެރިކާގެ ސަފީރު އެލެއިނާ ޓެޕްލިޓްޒް

ޖިހާދުވުމަށް ކަމަށް ބުނެ ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވާން އެ ގައުމަށް ގޮސް ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އެއީ ވަރަށް ބޮޑު ގޮންޖެހުމަކަށްވާނެ ކަމަށް، އެމެރިކާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްޒް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އެމެރިކާގެ އެމްބަސީން އާދިއްތަ ދުވަހު އިންތިޒާމް ކުރި ރޯދަވީއްލުމަށް ފަހު ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ރާއްޖޭގެ ސަރުކާރުން ސީރިއާގައި ތިބި އާއިލާތަކެއް މާލެ ގެންނަން ނިންމާފައިވުމުން އެކަމާ ގުޅޭ ގޮތުން ކުރި ސުވާލަކަށެވެ. ސަރުކާރުން ދަނީ އެ އާއިލާތައް އަނބުރާ ގެނެސް، "ރީހެބިލިޓޭޓް" ކުރާނެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

Advertisement - newsAdvertisement

ދިވެހި އާއިލާތަކެއް ސީރިއާގެ ރެފިއުޖީ ކޭމްޕްތަކުގައި އުޅެމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާއިރު، މިފަދަ އާއިލާތައް ދިރިއުޅެމުންދަނީ ވަރަށް ހާލުގައިކަމަށް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

އޭގެ ތެރޭގައި ކުޑަ ކުދިން ހިމެނޭއިރު، އެމްބެސެޑަރު ވިދާޅުވީ، މިފަދަ ދަނޑިވަޅުތަކުގައި ކަންތައް ކުރާނެ ގޮތާ މެދު ސަރުކާރުތަކުން ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި އެ މީހުން ރިހެބިލިޓޭޓް ކުރުމާއި ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި ކައުންސިލިން ދިނުމުން ފެށިގެން ގޮސް ހައްދުފަހަނަ އަޅާފައިވާ ވިސްނުން ބަދަލުކުރެވޭނެ ގޮތްތަކެއް ހޯދުން ހިމެނޭ ކަމަށް އެކަމަނާ ފާހަގަ ކުރެއްވިއެވެ.

މިއީ ފަސޭހަ ޖަވާބެއް އޮތްކަމެއް ނޫންކަން ފާހަގަކުރައްވަމުން، ޓްޕެލިޓްޒް ވިދާޅުވީ، މިއީ ބައިނަލްއަގުވާމީ މައްސަލައެއް ކަމަށެވެ. އަދި ހައްލެއް ހޯދުމަށް ގައުމުތައް އެކީގައި މަސައްކަތް ކުރުން މުހިއްމު ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެހެން ބައެއް ގައުމުތަކުގައި ހައްދު ފަހަނަ އަޅާފައިވާ ފަރާތްތަކާ މެދު ކަންތައް ކުރާނެ ޕްރެކްޓިސްތައް ގާއިމްކުރެވި، ރަނގަޅަށް ކުރިއަށްދާކަން ފާހަގަ ކުރައްވަމުން އެމްބެސެޑަރު ވިދާޅުވީ، ރާއްޖެއަށް އެ ގައުމުތަކުން ފިލާވަޅެއް ނެގޭނެ ކަމަށެވެ.

"އެކަމަކު، މިއީ ވަރަށް ބޮޑު ގޮންޖެހުމެއް،" އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްބެސެޑަރ ޓެޕްލިޓްޒް ވަނީ އެމެރިކާއިން ދާދި ފަހުން މުރާޖައާ ކުރި ޓްރެވެލް އެޑްވައިޒަރީގެ ސަބަބުން ދިމާވި އޮޅުން އެރުންތައް ސާފު ކޮށްދެއްވާފައެވެ.

"މިކަންތައް ސާފުކޮށްދޭން ފުރުސަތު ލިބުނީމަ އުފާކުރަން. އެމެރިކާއިން ގަވާއިދުން ޓްރެވަލް އެޑްވައިޒަރީތައް މުރާޖައާކޮށް ޕަބްލިޝް ކުރޭ. މި ޕްރޮސެސްގެ ދަށުން މަސައްކަތް ކުރަނިކޮށް ރާއްޖޭގެ ޓްރެވަލް އެޑްވައިޒަރީ އޮޅިގެން ޕޯސްޓް ކުރެވުނީ. އެހެންވެ ފެންނަ ފެނުމަށް ހީވާ ގޮތުން އެމެރިކާއިން ރާއްޖެއަށް އާ ޓްރެވަލް އެޑްވައިޒަރީއެއް ނެރުނީ، އެކަމަކު އެއީ ކުރިން ވެސް އިން އެޑްވައިޒަރީ. މުރާޖައާކޮށް ނިމުނުއިރު، ސްޓޭޓް އޮފް އެމަޖަންސީ ފަދަ ކުރިން ހުރި ބައެއް މައުލޫމާތު ވަނީ އުނި ކުރެވިފައި، އަދި ރާއްޖޭގެ ކަންތައް ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ވަނީ ފާހަގަކޮށްފައި،" އެމްބެސެޑަރު ވިދާޅުވިއެވެ.

އެލެއިނާ ޓެޕްލިޓްޒްއަކީ އެމެރިކާއިން ލަންކާއަށް ވެސް ކަނޑައަޅުއްވާފައިވާ ސަފީރަށްވާއިރު، ލަންކާއަށް އޭޕްރިލް މަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ގޮތުން ވެސް އެކަމަނާ ވާހަކަ ދެއްކެވިއެވެ.

މި ހަމަލާގައި އެތައް ބައެއް މަރުވެފައިވާކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، މިފަދަ ހަމަލާތައް ހުއްޓުވާ ރައްޔިތުންގެ ސަލާމަތަށް ހުރިހާ ގައުމެއް އެކީ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ސަރަހައްދުގައި ހިމެނޭ ހުރިހާ ގައުމެއްގެ އެއްބާރުލުން ބޭނުންވާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް