Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިންގެ ފްލައިޓް ވެއްޓުން

ޔޫކްރެއިންގެ ފްލައިޓް ވެއްޓުނީ މިސައިލް ހަމަލާއެއް އެރުމުން: ހަސަން ރޫހާނީ

ފްލައިޓް ވެއްޓުނީ އޮޅުމަކުން ފޮނުވާލެވުނު މިސައިލެއް ފްލައިޓަށް އަރައިގެން

އަމަން ހަލީމް
އަމަން ހަލީމް | 11 ޖެނުއަރީ 2020 | ހޮނިހިރު 05:04
ފްލައިޓް ވެއްޓުނު ސަރަހައްދުގައި އިމަރޖެންސީ ސަރވިސަސްއިން ހަރަކާތްތެރިވަނީ

ފްލައިޓް ވެއްޓުނު ސަރަހައްދުގައި އިމަރޖެންސީ ސަރވިސަސްއިން ހަރަކާތްތެރިވަނީ

ތެހެރާނަށް ވެއްޓުނު ފްލައިޓް ވެއްޓުނީ، އިރާނުން ފޮނުވާލި މިސައިލެއް އަރިގެންކަން އިރާންގެ ރައީސް ހަސަން ރޫހާނީ ކަށަވަރުކޮށްދެއްވައިފިއެވެ.

ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި، ރޫހާނި ވިދާޅުވީ ފްލައިޓަށް އަމާޒުކޮށް ހަމަލާދިނީ "ދުޝްމަނުން" ގެ އެއަރކްރާފްޓެއް ކަމަށް އަސްކަރިއްޔާއަށް ހީކުރެވިގެން ކަމަށެވެ.

އިރާނުގެ އަސްކަރިއްޔާގެ މި އަމަލާ ގުޅިގެން، ރައީސް ރޫހާނީ ވަނީ މައާފަށްއެދިވަޑައިގެންފައެވެ. އަދި މި ހާދިސާއާ ގުޅިގެން ކުރަން ޖެހޭ އިތުރު ތަހިގީގުތައް ކުރިޔަށްދާ ކަމުގެ ޔަގީންކަންވެސް ރޫހާނީ ވަނީ އަރުވާފައެވެ. މިއީ "މައާފުނުކުރެވޭނެ" ވަރުގެ ކުށެއް ކަމަށްވެސް ރޫހާނީ ކުރެއްވި ޓްވީޓުގައި ބަޔާންކުރައްވާފައިވެއެވެ.

އިރާންގެ އަސްކަރިއްޔާއިން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮޅުމަކުން ހަމަލާ ދެވުނީ އެމެރިކާއާއެކު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން އަސްކަރިއްޔާވެސް ކުއްލި ހާލަތުގައި އޮތުމުން ކަމަށެވެ.

ޔޫކްރެއިންގެ ފްލައިޓް އަސްކަރީ ސަރަހައްދެއްގެ މަތިން ދަތުރުކޮށްފައިވާ ކަމަށްވެސް އިރާންގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފް މައުލޫމާތު ދެއްވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ކުރިޔަށް އޮތް ތަނުގައި މިކަހަލަ ހާދިސާއެއް ހިނގުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން އެ ގައުމުގެ އަސްކަރިއްޔާއިން ބޭނުން ކުރަމުން އަންނަ ނިޒާމްތައް އިތުރަށް ވަރުގަދަ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

މިއީ އޮޅުމަކުން ދެވުނު ހަމަލާއެއް ކަމަށް އިރާނުން ހާމަކޮށްފައިވަނީ، ފްލައިޓް ވެއްޓުނީ މިސައިލް ހަމަލާއެއް އެރުމުން ނޫންކަމަށް ދުވަސްތަކެއް ވަންދެން އިރާނުން ބުނުމަށް ފަހުގައެވެ. ފްލައިޓް ވެއްޓުނީ އިރާނުގެ މިސައިލް ހަމަލާއަކުން ކަމަށް ޝައްކުކުރެވޭ ކަމަށް އެމެރިކާ އަދި ކެނެޑާއިންވެސް ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މިސައިލް އެރުމާއި ގުޅިގެން ވެއްޓުނު ފްލައިޓް ދަތުރުކުރަމުން ދިޔައީ އިރާނުގެ ވެރިރަށް ތެހެރާނުން، ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ދަތުރުކުރުމަށެވެ. ކްރޫންނާއި ފަސިންޖަރުން ހިމެނޭގޮތަށް 176 މީހަކާއެކު ދަތުރުކުރަމުން ދިޔަ ފްލައިޓްގައި ތިބި އެންމެން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި އިރާނުގެ 87 މީހަކާއި، ކެނެޑާގެ 57 މީހަކާއި ޔޫކްރެއިންގެ 11 މީހަކު ހިމެނެއެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

23 ފެބުރުއަރީ 2017
ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު