Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސުލްތާން ގަބޫސް

އޮމާންގެ ރަސްގެފާން ގަބޫސް ބިން ސާއިދް އަވަހާރަވެއްޖެ

ސުލްތާން ގަބޫސް އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށް ފަހުގަ

އަމަން ހަލީމް
އަމަން ހަލީމް | 11 ޖެނުއަރީ 2020 | ހޮނިހިރު 02:47
ސުލްތާން ގަބޫސް ބިން ސާއިދް

ސުލްތާން ގަބޫސް ބިން ސާއިދް

ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށް ފަހު، އޮމާންގެ ރަސްގެފާނު ސުލްތާން ގަބޫސް ބިން ސާއިދް އަަވަހާރަވެއްޖެއެވެ.

ސުލްތާން ގަބޫސް އަވަހާރަވީ ވާހަކަ އޮމާންގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވަނީ ހޮނިިހިރު ދުވަހުގެ ވަގުތެއްގައެވެ. ސުލްތާން ގަބޫސް އަވަހާރަވީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އޮމާނުން މިހާރު ދެކެމުން އަންނަ ޒަމާނީ ތަރައްގީގެ ބާނީ، ސުލްތާން ގަބޫސް އަވަހާރަވުމާއި ގުޅިގެން އެ ގައުމުގައި ހިތާމަ ފާޅުކުރުމުގެ ތިން ދުވަސް އޮންނާނެކަން ވަނީ އިއުލާންކޮށްފައެވެ. އަދި 40 ދުވަސް ވަންދެން އެ ގައުމުގެ ދިދަ ބައި ދަނޑިއަށް ތިރިކުރުމަށްވެސް ވަނީ ނިންމާފައެވެ.

50 އަށް ވުރެ ގިނަ އަހަރު ވަންދެން އޮމާންގެ ވެރިކަން ކުރެއްވި ސުލްތާން ގަބޫސްއަކީ، އެންމެ ގިނަ ދުވަސްތަކެއް ވަންދެން އަރަބި ދުނިޔޭގައި ވެރިކަން ކުރެއްވި ފަރާތެވެ. އެއްވެސް ލޭ އޮހޮރުވުމަކާ ނުލާ 1970 ވަނަ އަހަރުގެ ތެރޭގައި ކުރެއްވު ބަގާވާތަކަށް ފަހު، ސުލްތާން ގަބޫސް އޮމާންގެ ވެރިކަމަށް ވަޑައިގެންނެވީ، ބައްޕާފުޅު ރަސްކަމުގެ ތަހުތުން ދުރުކުރެއްވުމަށް ފަހުގައެވެ.

ސުލްތާން ގަބޫސްގެ ބަދަލުގައި ރަސްކަމަށް ވަޑައިގަންނަވާނެ ބޭފުޅަކު، ކުރިޔަށް އޮތް 72 ގަޑިއިރުގެ ތެރޭގައި، އެގައުމުގެ ޝާހީ އާއިލާއިން އިއުލާން ކުރަން ޖެހޭނެއެވެ. ޝާހީ އާއިލާގެ ތެރޭގައި ހިޔާލުތަފާތުވުން އުފެދިއްޖެނަމަ، ރަސްކަމުގެ ތަހުތަށް ވަޑައިގަންނަވާނެ ބޭފުޅަކު ނިންމަވާނީ ސުލްތާން ގަބޫސް އުފައްދާފައިވާ ކައުންސިލަކުންނެވެ.

ފަސް ބޭފުޅުންގެ މައްޗަށް އެކުލެވޭ މި ކައުންސިލަކީ، 2011 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ގައުމުގެ ވިރާސީ ރަސްކަމުގެ ނިޒާމު ބަދަލުކުރެއްވުމަށް ފަހު އެކުލަވާލެވުނު ކައުންސިލެކެވެ. މި ކައުންސިލްގައި ތިއްބަވަނީ ސުލްތާން ގަބޫސްގެ ތިމާގެ ބޭފުޅުންނެވެ.

ކަނޑައެޅިފައިވާ މުހުލަތުގެ ތެރޭގައި މި ކައުންސިލްގައި ތިއްބެވި ބޭފުޅުންނަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ރަސްކަމުގައި ހުންނަވާނީ ސުލްތާން ގަބޫސް ރައްކާކޮށްފައިވާ ދެ ސިޓީފުޅެއްގައި ނަންގަނެފައިވާ ބޭފުޅަކަށެވެ. ސުލްތާން ގަބޫސްގެ ބޭބޭފުޅެއް، ކޮއްކޯފުޅެއް އަދި ދަރަކަލެއްވެސް ނުހުންނަވައެވެ. ވިރާސީ ރަސްކަމުގެ ނިޒާމަށް ބަދަލު ގެންނަވަން ޖެހުނީވެސް މި ސަބަބާ ހުރެއެވެ.

އިތުރަށް ކިޔާލަން

27 މެއި 2017

ސްރީލަންގައި ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 100 މަރު

27 މެއި 2017
ސްރީލަންގައި ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 100 މަރު
15 މެއި 2017

ބައްޕަގެ މަރުގެ ބަދަލު ހިފާނަން: ހަމްޒާ ބިންލާދިން

15 މެއި 2017
ބައްޕަގެ މަރުގެ ބަދަލު ހިފާނަން: ހަމްޒާ ބިންލާދިން
09 މެއި 2017

ޖަޕާނަށް ދެބިންހެލުމެއް އަތުވެއްޖެ

09 މެއި 2017
ޖަޕާނަށް ދެބިންހެލުމެއް އަތުވެއްޖެ
06 އެޕްރީލު 2017

ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގެ ތަހުގީގެއް ކުރަނީ

06 އެޕްރީލު 2017
ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގެ ތަހުގީގެއް ކުރަނީ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު