Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ.ރިނބުދޫ

ރިނބުދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމާބެހޭ ގޮތުން މަޝްވަރާކޮށްފި

10 ޖެނުއަރީ 2020 | ހުކުރު 08:09

އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖެނުއަރީ 2020 | ހުކުރު 08:09
ރައީސް ސޯލިހު، ރިނބުދޫ ކައުންސިލަރުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސް ސޯލިހު، ރިނބުދޫ ކައުންސިލަރުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން

ދ.ރިނބުދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދާނެ ގޮތްތަކާއި ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ މަޝްވަރާކުރެއްވައިފިއެވެ.

ބުރާސްފަތި ދުވަހު ރައީސް ސޯލިހު ވަނީ ރިނބުދޫ ކައުންސިލަރުންނާ ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ރިނބުދޫގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް ރާވާފައިވާ، އަދި ހިންގަމުން ގެންދާ މަޝްރޫއުތައް ހިމެނެއެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުން ބުނީ މިބައްދަލުކުރެއްވުމުގައި ކައުންސިލަރުންވަނީ، ރިނބުދޫގައި ކުރިއަށްދާ ބަނދަރު ހެދުމުގެ މަޝްރޫއާއި، މި އަހަރު ހިންގުމަށް ރާވާ ބަޖެޓުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެރަށުގެ ފެނުގެ ހާލަތަށް އަލިއަޅުއްވާލައްވާ ކައުންސިލަރުން ވަނީ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް އަވަސްކުރަން ޖެހިފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި، ބަނދަރު ފަރުމާކޮށްފައިވާ ގޮތުން ކުރިމަތިވާ ބައެއް ދަތިތަކުގެ މައުލޫމާތު ވެސް ރައީސްއާ ހިއްސާ ކުރައްވާ، ކަންތައްތައް ހައްލު ކުރެވޭނެ ގޮތްތަކާއިމެދު އެމަނިކުފާނާއިއެކު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ރައީސް އޮފީހުން ބުނީ އެރަށުގެ ކުނިކޮށީގެ މަސައްކަތް ނިމިފައި ވީ ނަމަވެސް، ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަށް ހުރި ހުރަސްތަކުގެ މައުލޫމާތު ވެސް ރައީސްއާ ހިއްސާކުރެއްވި ކަމަށެވެ. އަދި، ރިނބުދޫގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކައުންސިލުން ރާވާފައިވާ ޕްލޭނާއި ބެހޭ މައުލޫމާތު ހިއްސާ ކުރައްވާ، ކައުންސިލަރުންވަނީ އެ ޕްލޭން ތަންފީޒު ކުރުމުގައި ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ދާއިރާތަކާއިމެދު ރައީސް ސޯލިހުއާ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުންވެސް، ރަށަށް ކުރިމަތިވެފައިވާ ބައެއް އެހެނިހެން މައްސަލަތައް ފާހަގަކުރައްވާ، ކައުންސިލަރުންވަނީ، ގޯތި ދޫކުރުމާއި، ގިރާ ސަރަހައްދު ޙިމާޔަތް ކުރުމަށް ހުރި ގޮންޖެހުންތަކާއިބެހޭ މައުލޫމާތު ރައީސް ސޯލިހުއާ ހިއްސާ ކުރައްވާފައެވެ.

ކައުންސިލުން އިސްނަގައިގެން ކުރަމުންދާ އިޖްތިމާއީ ބައެއް މަސައްކަތްތައް ފާހަގަކުރައްވާ، ކައުންސިލަރުން ވަނީ މާބަނޑު އަންހެނުންނާއި ތުއްތުކުދީންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް "މަރިޔަންމާ" ކެމްޕެއިންގެ ނަމުގައި ޚާއްސަ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރައްވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ރިނބުދޫގައި ކުރިއަށްގެންދާ މަޝްރޫއުތަކާއި، ކައުންސިލަރުން ފާހަގަކުރައްވާފައިވާ ކަންތައްތަކަށް ވަކިވަކީން އަލިއަޅުއްވައިލައްވައި އެ ރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދެއްވަން ކުރެއްވެން ހުރި މަސައްކަތްތައް ސަރުކާރުގެ އިދާރާތަކާއި ގުޅިވަޑައިގެން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

22 މާރިޗު 2017

އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ

22 މާރިޗު 2017
އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ
20 މާރިޗު 2017

ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި

20 މާރިޗު 2017
ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި
14 މާރިޗު 2017

ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި

14 މާރިޗު 2017
ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި
04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
22 ފެބުރުއަރީ 2017

ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

22 ފެބުރުއަރީ 2017
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް