Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޕާނު ސަރުކާރުގެ ޖީޖީޕީ މަޝްރޫއު

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޖަޕާނު ސަރުކާރުން އެހީ ދީފި

9 ޖެނުއަރީ 2020 | ބުރާސްފަތި 12:00

ތިން ލައްކައަށް ވުރެ ގިނަ ރުފިޔާގެ ފައިސާގެ އެހީއާއި ސިއްހީ އާލަތްތައް ފޯރުކޮށްދީފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 9 ޖެނުއަރީ 2020 | ބުރާސްފަތި 12:00
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޖަޕާނު ސަފީރު ކެއިކޯ ޔަނާއީ އާއި އިމްރާން އިބްރާހިމް

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޖަޕާނު ސަފީރު ކެއިކޯ ޔަނާއީ އާއި އިމްރާން އިބްރާހިމް

ކ. ގުރައިދޫގައި ޤާއިމުިކޮށްފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް، ޖަޕާން ސަރުކާރުން ތިން ލައްކަ ރުފިޔާގެ ފައިސާގެ އެހީއާއި އެތާނގެ މަސައްކަތައް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފިއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޖަޕާނު ސަރުކާރުގެ ފަރާތުން އެހީދޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މަރުކަޒުގެ ސީއީއޯ އިމްރާން އިބްރާހިމްއެވެ.

Advertisement - newsAdvertisement

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ޖަޕާނު ސަފީރު ވިދާޅުވީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ބައެއް ބަލި މީހުންނަށް ބޭނުންވާ ކުއްލި ފަރުވާ ނުލިބޭ ވާހަކަތައް އަޑުއެއްސެވީ ވަރަށް ހިތާމައާއިއެކު ކަމަށެވެ. އަދި އެ މަރުކަޒުގައި ތިބި ބަލި މީހުންނަށް ކުއްލި ފަރުވާ ދެވޭނެ ވަޞީލަތްތައް ޖަޕާނު ސަރުކާރުގެ ފަރާތުން ފޯރުކޮށްދެވޭތީ އެކަމާ އުފާކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އިމްރާން އިބްރާހިމްގެ ވާހަކަފުޅުގައި، ފަރުވާދޭން ބޭނުންވާ ވަޞީލަތްތައް ނެތިގެން ކުއްލި ޙާލަތުގައި ފަރުވާދޭން ޖެހޭ ފަރާތްތައް ގެންދަން ބައެއް ފަހަރު މާލެއަށް ގެންދަން ޖެހޭއިރު، ބައެއް ޙާލާތްތަކުގައި މާލެ ގެންދަން ޖެހެނީ ސްޓޭބަލްވެސް ނުކޮށް ކަން ފާހަގަކުރެއްވިއެވެ. މިސަބަބާ ހުރެ އެ މަރުކަޒުގެ މުވައްޒަފުންނާއި ބަލި މީހުންވެސް ބޮޑު ތަކުލީފެއް އުފުލަން ޖެހޭކަން ފާހަގަކުރައްވާ، ޖަޕާނު ސަރުކާރުން ވެދެއްވި އެހީގެ ސަބަބުނު މިކަމަށް އެކަށީގެންވާ ޙައްލެއް ލިބިގެންދާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

އިމްރާން ވަނީ ޖަޕާނު ސަރުކާރުން ވެދެއްވި އެހީތެރިކަމަށްޓަކައި ޖަޕާނު ސަރުކާރަށް، މަރުކަޒުގައި ތިބި ބަލި މީހުންގެ ފަރާތުންނާއި، އެތަނުގެ މުވައްޒަފުންގެ ނަމުގައި، ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. އޭގެ އިތުރުން އިމްރާން ވަނީ މަރުކަޒު ޤާއިމުކޮށްފައިވާ ގުރައިދޫގެ ރައްޔިތުންނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

ޖަޕާނު ސަރުކާރުން ދިން އެހީއަކީ، އެ މަރުކަޒުގެ އެމަރޖެންސީ ރޫމް(ކުއްލި ޙާލަތްތަކުގައި ފަރުވާދޭ ކޮޓަރި) އަށް ބޭނުންވާ އަޕްގްރޭޑްތައް ގެނައުމަށް ދެވުނު އެހީއެކެވެ. މި ފައިސާގެ އެހީގައި މަރުކަޒުގައި ހުންނަ އެމަރޖެންސީ ރޫމް އިމާރާތުގެ ބައެއް މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފައިސާގެ އެހީގެ އިތުރުން، ޖަޕާނު ސަރުކާރުން ހަދިޔާކުރި ޞިއްޙީ ޙިދުމަތް ދިނުމަށް ބޭނުންކުރާ އާލާތަތްކުގެ ތެރޭގައި ބަލިމީހުން ބާއްވާ 4 އެނދާއި، ބޭސް ރައްކާކުރާނެ ފްރިޖަކާއި، އެސްޕިރޭޓަރާއި، ރެސްޕިރޭޓަރު އަދި އިލެކްޓްރޯ-ކަރޑިއޯގްރާފް ސިސްޓަމްތަކުގެ އިތުރުން ކުއްލި ސަރޖަރީ ހަދަން ބޭނުންވާ ސާމާނު ހިމެނެއެވެ.

ރާއްޖެއާ ޒަމާނުއްސުރެން ގާތްގުޅުމެއް ބާއްވަމުން އަންނަ ޖަޕާނު ސަރުކާރުން މި އެހީ ފޯރުކޮށްދީފައިވަނީ، އެ ޤައުމުގެ "ގްރާންޓް އެސިސްޓަންސް ފޯރ ގްރާސް-ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) ސްކީމް" ގެ ތެރެއިންނެވެ.

މިއަހަރުގެ ތެރޭގައިވެސް ޖަޕާނު ސަރުކާރުން ވަނީ މި ސްކީމްގެ ތެރެއިން ރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެދީފައެވެ. އެގޮތުން ޞިއްޙީ ދާއިރާއިން ގިނަގުނަ އެހީތަކެއް ވެދީފައިވާއިރު، ކުނި ނައްތާލުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށްވެސް ޖަޕާނު ސަރުކާރުން ވަނީ އެހީ ފޯރުކޮށްދީފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް