Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޔާމީން މިނިވަންކުރުން: ޖަލުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރިޔަސް ސަރުކާރަށް ޕްރެޝަރެއްނެތް!

ސަރުކާރު ޕްރެޝަރަށް ވައްޓާލުމަށް ރައީސް ޔާމީނަކީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓްކަމަށްވެސް ނިންމި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2020 | ބުރާސްފަތި 05:24
ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ، މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރު ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުށްވެރިޔެކެވެ. އެހެން ކުށްވެރިންނޭ އެއްގޮތަށް ޖަލުގައި ހުކުމް ތަންފީޒްކުރައްވަމުންގެންދަވާ ގައިދީއެކެވެ. ރައީސް ޔާމީން ޖަލަށްލުމާއެކު، އެމަނިކުފާނު މިނިވަންކުރަން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަން (ޕްރޮގްރެސިވް ކޯލިޝަން) ކުރަމުންދާ މަސައްކަތުގެ އަލިމަގެއް އަދި ފެންނަ ގޮތެއް ނުވެއެވެ.

ރައީސް ޔާމީންގެ ޝަރީއަތާއި އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާއަކީ ސިޔާސީ ކަމަކަށް ހަދައިގެން ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވާހަކަ ދެއްކެވިނަމަވެސް އެކަމުގެ ހަގީގަތް އެބޭފުޅުނަށް ވެސް އެނގެއެވެ. ކޮންމެ ގޮތެއްވިޔަސް ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރި ވެވަޑައިގަންނަވާފައިވާކަން، ހުދު އެމަނިކުފާނުގެ ވަނީ އިއުތިރާފު ވެވަޑައިގަންނަވާފަ އެވެ. އެމްއެމްޕީއާރުސީގެ ފައިސާ އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށް ވެއްދިކަމަށް ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނުގެ އަމިއްލަފުޅު ބޭންކް އެކައުންޓްތަކުން އެކަން ސާފުވެއެވެ. އޭގެތެރެއިން މިހާތަނަށް ސާބިތުވެފައިވަނީ އެމްއެމްޕީއާރުސީން ވިއްކާލި 57 ރަށުގެ ތެރެއިން އެންމެ ރަށެއްގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާކަމެވެ. އެއީ ތަހުޤީްްކުރެވުނު މައްސަލަތަކުގެ ތެރެއިން ހަމަ އެންމެ ކުޑަކުޑަ މިންވަރެކެވެ.

މިވަރުގެ ވައްކަމާއި ޖަރީމާތައް ހިންގިކަމުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅެއްގެ ފަހަތްޕުޅުން ބަޔަކު އުޅެދާނެ ކަމާއިމެދު ޝައްކު އުފައްދާކަށް ނުޖެހެއެވެ. އެބޭފުޅުންގެ ސަލާމަތާއި، ރައްކާތެރިކަމަށް ފިޔަވަޅުތައް އެޅުމަކީ އެބޭފުޅުންވެސް ކުރައްވާނެ ކަމެއް ނޫންތޯ އެވެ. އެހެން ނޫންނަމަ، ރައީސް ޔާމީން އޮންނެވި ޖަލު ގޮޅިޔާ ޖެހިގެން އޮތް ގޮޅިއަށް އެބޭފުޅުން ވަންނަން ޖެހުމަކީވެސް ދުރުކަމެއް ނޫނެވެ. އެހެނީ އެބޭފުޅުންނަކީވެސް ރައީސް ޔާމީންގެ ސަރުކާރުން ހިންގި ޖަރީމާތަގެ ބައިވެރިންނަށްވުމެވެ. ވައްކަންކުރުމުގައި އަތްގާތްކޮށްދީ، އެކަމުގައި ބައި އެޅުމުގައި ހަރަކާތްތެރިވި ބަޔަކީ އެއީ އެވެ. އޭގެތެރެއިން ގިނަ ބޭފުޅުންނަކީ އެމްއެމްޕީއާރުސީ އާއި ފެނަކަ ކޯޕަރޭޝަން، އެސްޓީއޯ ފަދަ ކުންފުނިތަކުން ނާޖާއިޒު ބޮޑެތި ފައިދާތަކެއް ނެންގެވިކަމުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅުންނެވެ. ރައީސް ޔާމީންގެ ސަރުކާރުން ހިންގި ބޮޑެތި ޕްރޮޖެކްޓްތަކުން މިލިއަނުން ކޮރަޕްޝަން ހިންގެވިކަމުގެ ތުހުމަތުތައް ކުރެވިފައިވާ ބޭފުޅުންނެވެ.

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިން ދައުލަތުގެ ފައިސާއިން ވައްކަން ކުރުމާއި މަނީ ލޯންޑަރ ކުރިކަމާއި ތެލުގެ ވަގު ވިޔަފާރިތައް ކުރެއްވިކަމުގެ ތުހުމަތުތަކަކީ ހަމައެކަނި ރާއްޖޭގައި އާންމުވެގެން އުޅޭ ވާހަކަތަކެއް ވެސް ނޫންވެ. އެއީ ބައިނަލްއަގްވާމީ މީޑިއާތަކުގެ ފަލަ ސުރުހީތަކަށްވެސް އަރާފައިވާ އަދި ދުނިޔޭގެ ސަމާލުކަން އައިސްފައިވާ މައްސަލަތަކެކެވެ.

އެކަން އެހެން ހުރުމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް އެބޭފުޅުންގެ ލީޑަރު ޖަލުން ސަލާމަތް ކުރުމަކީ ވަރަށް ދަތިކަމަކަށް ވަނީ ވެފަ އެވެ. އަދި އަމުދުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާނެ މާގިނަ ބަޔަކު މިގައުމުގައިވެސް ފެންނާކަށް ނެތެވެ. ރައީސް ޔާމީން ޖަލަށްލައްވައިގެން ކަންބޮޑުވާނެ ގައުމެއް، ޖަމިއްޔާއެއް ޖަމާއަތެއް ނެތެވެ. ރައީސް ޔާމީންގެ ސަރުކާރުން އެންމެ ގާތްކޮށް އުޅުނު، ޗައިނާއިންވެސް ރައީސް ޔާމީން ޖަލަށްލައްވައިގެން ކަންބޮޑުވެގެން އުޅުއްވާތަނެއް ނުފެނެ އެވެ.

އެހެންކަމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް އޮތީ އެންމެ ޗޮއިސެކެވެ. އެއީ މާލެތެރެ ހަލަބޮލި ކޮށްލުމެވެ. އެކަން ކުރެވޭވަރަށް އިދިކޮޅު ކޯލިޝަނަށް މީހުން އެއްކޮށްލެވިދާނެ ކަމާމެދު ޝައްކެވެ. އެއީ ރައީސް ޔާމީން ޖަލަށްލުމަށް ހުކުމް ކުރީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. މިވީ 45 ވަރަކަށް ދުވަހުގެ ތެރޭގައި މާލެ ތެރެ ހަލަބޮލި ކޮށްލަން ވަރަށް މަސައްކަތް ކޮށްފައިވެއެވެ. ރައީސް ޔާމީން މިނިވަން ކޮށްފަ ނޫނީ ގެއަށް ނުވަންނާނެ ކަމަށް ބުނެ، ޕީޕީއެމް އޮފީސް ކުރިމަތީ މުޒާހަރާ ކުރި މީހުންތައް ރެއަކަށްވުރެ ރެއެއް މަދުވެ، މުޅި މުޒާހަރާ ވަނދުވެ މޯޅިވެއްޖެ އެވެ.

އެހެންކަމުން ރައީސް ޔާމީން މިނިވަންކުރުމަށް ހަދާނެގޮތް ހުސްވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ޕްރެޝަރު ބޮޑުކޮށްލެވިދާނެ ގޮތަކީ ކޮބައިތޯ ވިސްނިއިރު، އިދިކޮޅު ޕްރެގްރެސިވް ކޯލިޝަނަށް ވިސްނުނީ، އެކިއެކި ކުށްކުށުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި އެކިއެކި ކުށްކުށުގެ ތުހުމަތުގައި ޖަލުހައި ބަންދުގައިތިބި މީހުންނާ ޑީލެއް ހެދުންކަމަށް ވެދާނެ އެވެ. އެއީ ޖަލުގައި ހަމަ ނުޖެހުމެއް ހިންގުމަކީ މުޅި ގައުމު ހަލަބޮލި ކޮށްލައި ސަރުކާރު ޕްރެޝަރަށް ވައްޓާލަން ބޭނުންކުރާ "އުކުޅަކަށް" ވާތީ އެވެ.

ރާއްޖޭގެ 30 އަހަރުގެ ވެރިކަން ނިމުގެ ފެށުން އައީ ޖަލުގެ ތެރެއިންނެވެ. ނަމަވެސް އެއީ އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުން ރާވައިގެން ކުރިކަމެއް ނޫނެވެ. އެއީ ގައިދީންނަށް ޖަލުގައި އަނިޔާ ކުރުމުގެ ސަގާފަތުގެ ދަށުން ރޯވި ހުޅުކޮޅެކެވެ. 2003 ވަނަ އަހަރު އަނިޔާކޮށް، އީވާން ނަސީމް މަރާލުމާއި، ޖަލުގެ ގައިދީންނަށް އަމާޒުކޮށް ބަޑިޖެހި މައްސަލައިގެ ތެރެއިން އޭރުއޮތް ސަރުކާރުން އަމިއްލަ "ބުއި ބޮނޑި" އެކެވެ. ނަމަވެސް އޭގެ ފައިދާ އޭރުގެ ސިޔާސީ ލީޑަރުން ވަރަށް ފުރިހަމައަށް ނަގާ، ރާއްޖޭގައި އޮތީ، ހުދުމުހުތާރު ވެރިކަމެކޭ، އިންސާނީ ހައްގުތަކަށް އަރައިގަންނަނީއްޔޭ ބުނެ، ދުނިޔޭގެ ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ސަމާލުކަމަށް ގެނެސް، މުޅި ސަރުކާރު ޕްރެސަރަށް ވެއްޓުމުގެ ނަތީޖާއަކީ، ރާއްޖޭގެ ރައްޔިތުންނަށް ލިބުނު އާ ގާނޫނުއަސާސީއެވެ. މިހާރު އަމަލު ކުރަމުންދާ އާ ގާނޫނުއަސީސީ ދިވެހި ރައްޔިތުންނަށް ލިބުމުގައި، މިއަދު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އިބްރާހީމް މުހައްމަދު ސޯލިހުއާއި، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދައުރު ވަރަށްވެސް ބޮޑެވެ. އަދި މިހާރު ސަރުކާރު ކޯލިޝަނުގައި ތިއްބެވި ލީޑަރުންނާއި ގާނޫނުއަސާސީ ހެދުމަށް އެކުލަވާލި ހާއްސަ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެމްބަރުންގެ ދައުރުވެސް ފާހަގަކޮށްލާންޖެހެއެވެ.

ރައީސް ސޯލިހުގެ ސަރުކާރު ޕްރެޝަރަށް ވައްޓާލަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް މިހާރު އޮތް ހަމައެކަނި ގޮތަކީ ޖަލު ހަލަބޮލި ކޮށްލުން ކަމަށް އެބޭފުޅުންނަށް ގަބޫލުކުރެވުމަކީ ހަމަ ވެދާނެ ކަމެކެވެ. އެހެނީ 6 ޖެނުއަރީ 2020 ގެ ކުރިން ރައީސް ޔާމީން ހުންނަވާނީ ގޭގައި ކަމަށް ބުނެ، ޕްރޮގްރެސިވް ކޯލިޝަނުން ތާރީހެއްދީފައިވާތީއާއި އެތާރީހާ ދިމާވާގޮތަށް ޖަލުގައި ހަމަނުޖެހުންތައްކެއް ހިންގަން ޖަލުގައި ބަންދުކޮށްފައި ތިބި ބަޔަކު މަސައްކަތްކޮށްފައިވާތީ އެވެ.

ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖަލުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ފެށީ ޖެނުއަރީ މަހުގެ ތިނެއްވީ ހުކުރު ދުވަހުގެ ހެނދުނު ޖަލު އޮފިސަރުންގެ ބަޔަކަށް މިރުސް ފެން ޖެހި ހިސާބުންނެވެ. އޭގެ ފަހުން ބަންދުގައި ހުރި މީހަކު ހޭނެތުނު ކަމަށް ބުނެ، ފަރުވާދޭން ޖަލުން ނެރޭ ވީޑިއޯއެއް އާންމު ކުރިއެވެ. ނަމަވެސް އެމީހަކު ޖަލުން ނެރުނުފަހުން އޭނާ ދެން އުޅޭގޮތުގެ ވީޑިއޯއަކުން ފެންގޮތުން އެއީ އެމީހުން "ޖެއްސި ސްޓަންޓެއް" ކަމަށްވެއެވެ. އަދި ހަމައެރޭ މާލޭ ޖަލުގައި ބެޑްޝީޓެއްގައި ރޯކޮށް ހަމަ ނުޖެހުން އުފައްދަން މަސައްކަތް ކުރިކަމަށްވެއެވެ. އެހެންކަމުން ޖެނުއަރީ މަހުގެ 6 އެއްގެ ކުރިން ރައީސް ޔާމީން މިނިވަންވާނެ ކަމަށް ބުނެ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދިން ތާރީހަކީ އެ ހަމަނުޖެހުންތައް ހިނގި ތާރީހާ އިއްތިފާގުވި ތާރީހެވެ. ނަމަވެސް ސަރުކާރުގެ "ސްމާޓުކަމުން" މިފަހަރު ޖަލުގައި މާބޮޑު ހަމަޖެހުން ހިންގިފައެއް ނުވެއެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް، ސަރުކާރު ޕްރެޝަރަށް ވައްޓާލެވޭނެ އިތުރުމަގެއް އޮތްތަނެއް ފެންނާކަށް ނެތެވެ.

ޕީޕީއެމުން ވަނީ ރައީސް ޔާމީނަށް، 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ، ޕީޕީއެމްގެ ރިޔާސީ ޓިކެޓްވެސް ދޭން ނިންމާފަ އެވެ. އެއީވެސް ރައީސް ޔާމީން ޖަލަށްލައިފިނަމަ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޖަލަށް ލައިފިޔޭ ކިޔައިގެން، ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ބޭރުގެ ޕްރެޝަރު ސަރުކާރަށް ބޮޑު ކުރުމަށް ކުރިކަމެއްކަމަށްވެއެވެ. ނަމަވެސް އެއް ރިޔާސީ އިންތިހާބު ހަމަ ނިމޭތަނުން، ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ރިޔާސީ ޓިކެޓް ޕްރައިމަރީ އަކާނުލައި ނުވަތަ "ތަބަބަކަށްލާފަ ރިޔާސީ ޓިކެޓް" ދޭ ދުނިޔޭގައި އޮތް ހަމައެކަނި ޕާޓީއަކީ ޕީޕީއެމްކަމަށް ވުމަކީ އެކަށީގެންވާ ކަމެވެ.

އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ޕީޕީއެމްގެ ޓިކެޓް ހޯއްދެވީ ވެސް ހަމަ އެގޮތަށެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ވުމާއެކު، އަވަސްވެ، ގަތީ "ރައީސް ޔާމީން 2018"ގެ ކެމްޕެއިން ހަރަކާތްތައް ފެށުމަށެވެ. ނަމަވެސް 2018ގެ އިންތިހާބު ދިޔައީ ހަމަ "ޗޮކުން"ކަން އެއީ މިއަދު ފެނަންހުރި ހަޤީޤަތްތަކެވެ. ބޮޑުތަކުން ފެއިލްވިއިރު، ބޮޑެތި ވައްކަމާއި ޖަރީމާތަކެއްގެ ތުހުމަތުތަކެއް ކުރެވިފައިވާއިރު، މިހާރު ތަންފީޒު ކުރަމުންދާ 5 އަހަރުގެ ޖަލު ހުކުމަކީ ރައީސް ޔާމީންގެ މައްޗަށް ކުރެވޭ އިތުރު ތުހުމަތުތަކާއަޅާ ބަލާއިރު ކުޑަ މިންވަރެކެވެ. އެހެންކަމުން ރައީސް ޔާމީންގެ މައްޗަށް ޝަރުއީ ކޯޓަކުން ކުރާ ހުކުމަކުން މި ސަރުކާރު ޕްރެޝަރަށް ވެއްޓެންޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތެވެ.

ރާޒުވާގައިވާގޮތުން، މެޗު ނިމޭ ކުޅިއަކީ "ސައިވެ، އަރާނެ ގޮޅި" ހުސްވުމެވެ. ޕްރޮގްރެސިވް ކޯލިޝަނަށް މިހާރު ވެގެންއުޅޭގޮތް ވަރަށް ސާފު ނޫންތޯ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

04 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

ރައްޔިތުން ނޫނެކޭ ބުނެފި، ރައީސް ޔާމީން ދެން ހައްދަވާނީ ކިހިނެއް؟

07 މެއި 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު