Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގު

އަމާޒަކީ ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅުން: އެލެގްޒެންޑަރ-އަރނޯލްޑް

8 ޖެނުއަރީ 2020 | ބުދަ 13:09

ލިވަރޕޫލުން ވަނީ ފާއިތުވި ދެ ޗެމްޕިއަންސް ލީގުގައި ކުޅެ، އެއް ފަހަރު ތަށި ކާމިޔާބު ކޮށްފައި

އަމަން ހަލީމް
އަމަން ހަލީމް | 8 ޖެނުއަރީ 2020 | ބުދަ 13:09
ޓްރެންޓް އެލެގްޒެންޑަރ-އަރނޯލްޑް (ވ-1) ލިވަރޕޫލުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ

ޓްރެންޓް އެލެގްޒެންޑަރ-އަރނޯލްޑް (ވ-1) ލިވަރޕޫލުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ

ލިވަރޕޫލުގެ މި ސީޒަނުގެ އަމާޒަކީ ވިދިވިދިގެން ތިންވަނަ ފަހަރަކަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުން ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޒުވާން ލެފްޓް ބެކް ޓްރެންޓް އެލެގްޒެންޑަރ-އަރނޯލްޑް ބުނެފިއެވެ.

ތޭރަ ޕޮއިންޓުގެ ލީޑަކާއިއެކު ޕްރިމިއަރ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަރޕޫލުން މިދިޔަ އަހަރު ވަނީ ޔޫއެފްއާ ޗެމްޕިއަންސް ލީގު، ސުޕަރ ކަޕް އަދި ކްލަބް ވަރލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ޕްރިމިއަރ ލީގު ތަށި އެ ޓީމަށް ގާތްގަނޑަކަށް ކަށަވަރު ވެފައިވާއިރު، އެލެގްޒެންޑަރ-އަރނޯލްޑް ބުނީ އެވަރުން އެ ޓީމަށް ފަރުޖައްސާލައިގެން ތިބެވޭކަށް ނެތްކަމަށެވެ.

އެގޮތުން މި ސީޒަނުގެ ޗެމްޕިއަންސް ލީގާއި އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކުރަން ބޭނުންވާ ކަމަށް އެލެގްޒެންޑަރ-އަރނޯލްޑް ބުނެފައިވެއެވެ. އޭނާ ބުނީ 2019 ވަނަ އަހަރުގެ ތެރޭގައި ޓީމުން ދަމަހައްޓަމުން އައި ފޯމު، މި ސީޒަން ނިމެންދެން ދެމެހެއްޓުން މުހިންމު ކަމަށެވެ. ލިވަރޕޫލުން ވަނީ ޕްރިމިއަރ ލީގުގެ އެއްވެސް މެޗަކުން ބަލިނުވުމުގެ ރިކޯޑް ވޭތުވެ ދިޔައަހަރު ދަމަހައްޓާފައެވެ.

ޗެމްޕިއަންސް ލީގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެލެގްޒެންޑަރ-އަރނޯލްޑް ބުނީ، މި ފަހަރުގެ ގްރޫޕަކީ އުނދަގޫ ގްރޫޕެއް ކަމަށާއި އަދި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރެވުމަކީ ބޮޑު އުފަލެއް ކަމަށެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެ ޓީމު ވާދަކުރާނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއެވެ. އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ކުޅޭ މި މެޗުގެ ފުރަތަމަ ލެގު ކުޅޭނީ އެތްލެޓިކޯގެ ވަންޑް މެޓްރޮޕޮލިޓާނޯގައެވެ.

ފާއިތުވި ދެ ސީޒަނުގައި ލިވަރޕޫލަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ، އެލެގްޒެންޑަރ-އަރނޯލްޑަކީ އިނގިރޭސިވިލާތުގައި މިހާރު ކުޅެމުން އަންނަ އެންމެ ހުނަރުވެރި ލެފްޓް ބެކް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މި ސީޒަނުގައި އެކަނިވެސް އޭނާ ވަނީ ކުޅުނު 20 މެޗުގައި ދެ ގޯލް ޖަހާ، 8 އެސިސްޓް ފޯރުކޮށްދީފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް