Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން

ކޮޗިން އެއަރޕޯޓުގަ ތާށިވި މީހުން މާލެ ގެނެސްފި

ކޮޗިން އެއަރޕޯޓުގައި ތާށިވި މީހުން ރާއްޖެ އަންނަން ފުރީ ހޯމަ ދުވަހުގެ ރޭ 11:00 ހާއިރު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޖެނުއަރީ 2020 | އަންގާރަ 04:34
ކޮޗިން އެއަރޕޯޓުގައި ތާށިވި މީހުންތައް

ކޮޗިން އެއަރޕޯޓުގައި ތާށިވި މީހުންތައް

މޯލްޑިވިއަންގެ ފުލައިޓް ޑިލޭވެގެން ކޮޗިން އެއަރޕޯޓުގަ ތާށިވި ދިވެހިންނާއި ބިދޭސީ ޓީޗަރުން ގެނެސްފިއެވެ.

"ރާއްޖެ އެމްވީ" އަށް މަޢުލޫމާތުދެމުން މޯލްޑިވިއަނުން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޓްރެފިކް ބޮޑުވުމުގެ ސަބަބުން ހޯމަ ދުވަހު ކޮޗިން އިން ރާއްޖެއަށް އަންނަން އޮތް ފުލައިޓް ކެންސަލްވެގެން ކޮޗިން އެއަރޕޯޓުގަ ތާށިވި ހުރިހާ އެއްމެން ހޯމަ ދުވަހުގެ ރޭ ރާއްޖެ އައިސްފައިވާ ކަމަށެވެ.

އިންޑިއާގެ ކޮޗިން އެއަރޕޯޓުގައި، ރާއްޖެ އައުމަށް ގާތްގަޑަކަށް ދިވެހިންގެ 3 ގުރޫޕެއް ތިބިއިރު އަންގާރަ ދުވަހު ސްކޫލަށް ނުކުންނަންޖެހޭ ގިނަ ޢަދަދެއްގެ ޓީޗަރުން ތިބި ކަމަށް ކޮޗިން އެއަރޕޯޓުގަ ހުރި މީހަކު "ރާއްޖެއެމްވީ" އަށް ވަނީ މަޢުލޫމާތު ދީފައިވެއެވެ. ކޮޗިން އިން ރާއްޖެއަށް އަންނަން އޮތް ފުލައިޓް ޑިލޭވެގެން، ފުލަައިޓް ކެންސަލް ވުމަށްފަހު އެމީހުން ރާއްޖެ އައިސްފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި މޯލްޑިވިއަންގެ އެއަރބަސްގައެވެ.

މޯލްޑިވިއަނުން ވަނީ އެއަރޕޯޓުގަ ތާށިވި މީހުންނަށް ބޭނުންވާ އެކި ކަންތައް ފޯރުކޮށްދީފައެވެ. އެގޮތުން ކެއުމާއި، ހޮޓެލް ހަމަޖައްސައިދީފައިވެއެވެ.

ފްލައިޓުތައް ޑިލޭވާ މައްސަލައާއި ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މަޢުލޫމާތުދެމުން މޯލްޑިވިއަނުން ބުނީ ފުލައިޓްތައް ޑިލޭވަމުންދާ ކަމަށާއި، އެއީ ޤަޞްދުގަ ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ފުލައިޓްތައް ޑިލޭވަމުން ދަނީ މި ދުވަސްވަރުގެ ގޮތުން ކަމަށެވެ. ފުލައިޓްތައް ޑިލޭވާ މައިގަނޑޫ ސަބަބެއްގެ ގޮތުގަ މޯލްޑިވިއަނުން ފާހަގަކޮށްފައިވަނީ އެއަރޕޯޓު ބާރުބޮޑުވުމުގެ މައްސަލައެވެ.

ރަންވޭގެ މަސައްކަތަށް ރޭގަނޑުގެ ވަގުތުތަކުގައި، ރަންވޭގެ ބައެއް ބަންދުކުރުމުން ފުލައިޓްތައް ރޭގަނޑު ނުޖައްސައެވެ. އަދި ދުވާލުގަނޑީގަ ފުލައިޓްތައް ޖައްސާއިރު، މި ދުވަސް ވަރަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަންކަމަށް ވުމުން، ބައެއް ފުލައިޓްތަކަށް ބޮޑެތި ޑިލޭތައް އަންނަމުންދެއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި

22 ޖެނުއަރީ 2017
ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު