Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން

މޯލްޑިވިއަންގެ ފުލައިޓްތައް ކެންސަލްވެގެން ދިވެހިންތަކެއް ކޮޗިންގައި ތާށިވެފައި!

މޯލްޑިވިއަން އިން ބުނީ ތާށިވި މީހުން ބަލާ ފުލައިޓް ފޮނުވާފައިވާ ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ޖެނުއަރީ 2020 | ހޯމަ 16:51
ކޮޗިން އެއަރޕޯޓުގައި ރާއްޖެ ނާދެވި ތާށިވެފައި ތިބި މީހުން

ކޮޗިން އެއަރޕޯޓުގައި ރާއްޖެ ނާދެވި ތާށިވެފައި ތިބި މީހުން

ރާއްޖޭގެ ގައުމީ އެއާލައިންގެ ފުލައިޓް ޑިލޭވެގެންނާއި ކެންސަލްވެގެން ދިވެހިންތަކެއް އިންޑިއާގެ ކޮޗިންގެ އެއާޕޯޓުގައި ނުފުރި ތާށިވެއްޖެއެވެ.

އިންޑިއާގެ ކޮޗިން އެއަރޕޯޓުގައި، ރާއްޖެ އައުމަށް ގާތްގަޑަކަށް ދިވެހިންގެ 3 ގުރޫއްޕެއް ތިބިއިރު އަންގާރަދުވަހު ސްކޫލަށް ނުކުންނަންޖެހޭ ގިނަ އަދަދެއްގެ ޓީޗަރުން ތިބި ކަމަށް ކޮޗިން އެއާޕޯޓުގައި ހުރި މީހަކު "ރާއްޖެއެމްވީ" އަށް ވަނީ މައުލޫމާތު ދީފައެވެ. އޭނާ ބުނީ ރޭ ފަތިހު 5:30 ގައި އެއަރޕޯޓަށް ފުރަން ދިޔަގޮތަށް ގިނަ ބަޔަކު ތިބީ ނުފުރިފައި ކަމަށާއި، ފުލައިޓްތައް ޑިލޭވަމުން ގޮސް މިހާރު ފުރޭނެ އިރެއްވެސް ނޭނގޭ ކަމަށެވެ.

އޭނާ ބުނީ ފަތިހު ފުރަން އިން ފުލައިޓް މިރެއަSq ޑިލޭވެގެން ދިޔައިރު، އެހެން ފުލައިޓްތައް ވެސް ޑިލޭވަމުންދާ ކަމަށެވެ. އަދި ފުރޭނެ އިރެއްވެސް ނޭނގޭ ކަމަށް އޭނާ މައުލޫމާތުދިނެވެ.

އޭނާ ބުނީ ކުރިން ފުރަން އޮތް ފުލައިޓް ކެންސަލްވެގެން މޯލްޑިއަން އިން ކެއުމާއި ހުރުން ދިފައިވާ ކަމަށާއި، އަދި ފަހުން ފުރަން ހަމަޖެހުނުކަން އަންގާ އިރުއޮއްސި 6:30 ހާއިރު ގެނެސް ޗެކިން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ފުރޭނެ އިރެއް ޔަގީން ނުވާ ކަމަށް އޭނާ ބުންޏެވެ.

މޯލްޑިވިއަން އިން "ރާއްޖެއެމްވީ" އަށް މައުލޫމާތުދެމުން ބުނީ ފުލައިޓްތައް ޑިލޭވަމުންދާ ކަމަށާއި، އެއީ ގަސްދުގައި ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ފުލައިޓްތައް ޑިލޭވަމުން ދަނީ މި ދުވަސްވަރުގެ ގޮތުން ކަމަށާއި، ވީހާ ވެސް އަވަހަކަށް އިންޑިއާގައި ތާށިވެފައި ތިބި މީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މޯލްޑިވިއަން އިން ބުނީ ފުލައިޓްތައް ޑިލޭވަނީ ބާރުބޮޑުވުމުގެ ސަބަބުން ކަމަށެވެ.

ރަންވޭގެ މަސައްކަތަށް ރޭގަނޑުގެ ބައެއްގައި ރަންވޭގެ ބައެއް ބަންދުކުރުމުން ފުލައިޓްތައް ރޭގަނޑު ނުޖައްސައެވެ. އަދި ދުވާލުގަނޑީގައި ފުލައިޓްތައް ޖައްސާއިރު، މި ދުވަސް ވަރަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަންކަމަށް ވުމުން، ބައެއް ފުލައިޓްތަކަށް ބޮޑެތި ޑިލޭތައް އަންނަމުންދެއެވެ.

އިތުރަށް ކިޔާލަން

26 މެއި 2018

ޕާކުކޮށްފައި އޮތް މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުން ވެއްޖެ

26 މެއި 2018
ޕާކުކޮށްފައި އޮތް މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުން ވެއްޖެ
26 މެއި 2018

މޯލްޑިވިއަންގެ ކުރޫއަކަށް އިންޒާރުދިން މައްސަލައެއްގައި ތިންމީހަކު ހައްޔަރު ކޮށްފި

26 މެއި 2018
މޯލްޑިވިއަންގެ ކުރޫއަކަށް އިންޒާރުދިން މައްސަލައެއްގައި ތިންމީހަކު ހައްޔަރު ކޮށްފި
21 މެއި 2018

މޯލްޑިވިއަންގެ ވޭނެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ

21 މެއި 2018
މޯލްޑިވިއަންގެ ވޭނެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ
02 ޖެނުއަރީ 2018

މޯލްޑިވިއަންގެ 13 ވަނަ ސީޕްލޭން ގެނެސްފި

02 ޖެނުއަރީ 2018
މޯލްޑިވިއަންގެ 13 ވަނަ ސީޕްލޭން ގެނެސްފި
27 ޑިސެމްބަރު 2017

ކޮންމެ ފަސިންޖަރަކަށް 100 ރުފިޔާ ދިނުމަށްފަހު މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްކޮށްފި

27 ޑިސެމްބަރު 2017
ކޮންމެ ފަސިންޖަރަކަށް 100 ރުފިޔާ ދިނުމަށްފަހު މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު