Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބީބާ އާއި ޖެކްލީން

ޖަސްޓީން ބީބާގެ ބައިވެރިއަކަށް ޖެކްލީން

މޭ 10 ވަނަ ދުވަހު މުމްބާއީގައި ވަރުގަދަ ޝޯއެއް ދިނުމަށް ވަނީ ރާވާފައި

ރާއްޖެ އެމްވީ | 21 މާރިޗު 2017 | އަންގާރަ 13:10
ޕޮޕް ލަވަކިޔުންތެރިޔާ ބީބާ އާއި ބޮލީވޫޑް އެކްޓްރެސް ޖެކްލީން

ޕޮޕް ލަވަކިޔުންތެރިޔާ ބީބާ އާއި ބޮލީވޫޑް އެކްޓްރެސް ޖެކްލީން

ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ޖަސްޓީން ބީބާ މި އަހަރުގެ މޭ މަހު އިންޑިއާ އަށް ކުރާ ދަތުރުގައި އޭނާގެ ބައިވެރިއެއްގެ ގޮތުގައި ބޮލީވުޑްގެ ތަރި ޖެކްލީން ފެނާންޑެޒް ހަމަޖައްސައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބީބާގެ "ޕޯޕޯސް ޓުއާ"ގެ ހޯސްޓެއްގެ ގޮތުގައި ލަންކާ އަށް އުފަން ބޮލީވުޑްގެ ތަރި ޖެކްލީން ހަމަޖައްސާފައި ވާއިރު މުމްބާއީގެ އެކި ތަންތަނަށް ދެ މީހުން އެކުގައި ގިނަ ދަތުރުތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ގޭޓްވޭ އޮފް އިންޑިއާ އާއި އިސްކޯން ޓެމްޕް، ކޮލާބާ ކޯސްވޭ އަދި ބަންދުރާގެ މަގުތަކާއި ފިލްމް ސިޓީ އަށް ބީބާ ކުރާ ދަތުރުތައް ހޯސްޓްކުރާނީ ޖެކްލީން އެވެ. ބީބާގެ މި ދަތުރުގައި ޖެލްލީން ވަނީ އިންޑިއާގެ ކެއުންތައް އޭނާ އަށް ތައާރަފްކުރުމަށް ރާވާފައެވެ. އެ ގޮތުން ދެކުނު އިންޑިއާ އާއި މަހާރަސްތުރާ އާއި ގުޖުރާތުގެ ރަހަތަށް ބީބާ އަށް ދައްކާލާނެ ކަމަށް ވެއެވެ. މީގެ އިތުރުން މި ދަތުރުގައި ދަރާވީ ސްލަމްގައި ވެސް ބީބާއާ އެކު އެއް ދުވަސް ޖެޖްލީން ހޭދަކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖެކްލީން ބުނީ އޭނާއަކީ ބީބާގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި މި ފުރުސަތު ލިބުމުން އުފާކުރާ ކަމަށެވެ. އަދި އޭނާގެ ރެސްޓޯރެންޓް ވިޔަފާރި ފުޅާކުރުމަށް މި ދަތުރުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާނެ ކަމަށް ވެސް ބުނެފައި ވެއެވެ. ޖެކްލީން އަންނަނީ ލަންކާ އާއި އިންޑިއާގައި އޭނާގެ ރެސްޓޯރެންޓް ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ. ބީބާގެ މި ދަތުރަކީ އޭނާގެ ހަތަރު ވަނަ އަލްބަމް ޕްރޮމޯޓްކުރުމަށް ކުރާ ދަތުރެކެވެ. އަދި މޭ 10 ވަނަ ދުވަހު މުމްބާއީގައި ވަރުގަދަ ޝޯއެއް ދިނުމަށް ވަނީ ރާވާފައެވެ. މި ޝޯގައި ސަނީ ލިއޯން އާއި ވަރުން ދަވަން، އާލިއާ ބަޓް، ސޮނާކްޝީ ސިންހާ، އަދި ސިދާތު މަލޯތުރާ ބައިވެރިވާނެ ކަމުގެ ރިޕޯޓްތައް ބުނެއެވެ. ބީބާގެ މި ދަތުރުގައި އިންޑިއާގެ އިތުރުން އިޒްރާއީލްގެ ތެލް އަވީވް އާއި ޔޫއޭއީގެ ދުބާއީ ހިމެނެއެވެ. އޭނާގެ އަލްބަމް ވަނީ 100 ގައުމެއްގެ ޗާޓްތަކުގެ ނަންބަރު ވަން އަލްބަމްގެ ގޮތުގައި ހިމެނިފައެވެ. އަދި އަށް މިލިއަން ކޮޕީސް ވިއްކާފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖެކްލީން ކޮވިޑަށް ނެގެޓިވް

ޖެކްލީން ކޮވިޑަށް ނެގެޓިވް

03 ސެޕްޓެމްބަރު 2020
ބީބާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރި ދެ އަންހެނުންނަށް އަބުރުގެ ދައުވާކޮށްފި

ބީބާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރި ދެ އަންހެނުންނަށް އަބުރުގެ ދައުވާކޮށްފި

27 ޖޫން 2020
ދަ-ބޭންގް ރިލޯޑެޑް ޓުއާއާ އެކު ސަލްމާން، ކެޓްރީނާ، ޖެކްލީން އަދި ސޮނާކްޝީ އެމެރިކާ އާއި ކެނެޑާ ކުޑަ ކުރަނީ!

ދަ-ބޭންގް ރިލޯޑެޑް ޓުއާއާ އެކު ސަލްމާން، ކެޓްރީނާ، ޖެކްލީން އަދި ސޮނާކްޝީ އެމެރިކާ އާއި ކެނެޑާ ކުޑަ ކުރަނީ!

02 ޖުލައި 2018
ރޭސް 3 އަށް ރެޑީ ވާން ޖެކްލީން ފެނާންޑޭޒް ބުރަކޮށް ޓްރެއިނިންގައި

ރޭސް 3 އަށް ރެޑީ ވާން ޖެކްލީން ފެނާންޑޭޒް ބުރަކޮށް ޓްރެއިނިންގައި

09 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު