Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ކޯލިޝަން

ހަތިޔާރު ހިފައިގެން ނިކުމެ ސަރުކާރު ވައްޓާލާނެ ކަމަށް ވިދާޅުވުމުން ލަތީފަށް ގިނަ ބައެއްގެ ފާޑުކިޔުން

ލަތީފު މިސަރުކާރު ވައްޓާލާނެ ކަމަށް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބޭއްވި ޖަލްސާ އެއްގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ޖެނުއަރީ 2020 | ހޮނިހިރު 07:58
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރ ލަތީފު

ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރ ލަތީފު

މިސަރުކާރު ވައްޓާލަން ކެރިގެން މަގުމައްޗަށް ނިކުންނާނެ ކަމަށާއި ހަތިޔާރުތައް ތޫނުކޮށްގެން މަގުމައްޗަށް ނިކުމެ ސަރުކާރު ވައްޓާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރ މުހައްމަދު ލަތީފު ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ލަތީފުވަނީ މިސަރުކާރާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ޤާނޫނީ އިމުގެ ތެރެއިން މިސަރުކާރު ވައްޓާލާ ހަމަ ބިމަށް ގެންނަންޖެހޭކަމަށް ލަތީފު ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ރައީސް ޞާލިހަށް އަމާޒުކުރައްވާ ލަތީފު ތަކުރާރުކޮށް ވިދާޅުވީ ރައީސް ޞާލިހަކީ ގާބިލްކަން ނެތް ވެރިކަން ހިންގަން ނޭންގޭ ވެރިޔެއް ކަމަށެވެ.

އަބަދު މިހެން ނުތިބޭނެކަމަށާއި މަގުމައްޗަށް ނިކުންނާނީ ކެރިގެން ހިތްވަރާއެކު ކަމަށް ލަތީފު ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ މިސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަމަށެވެ. ލަތީފަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ގެއްލުނު 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ ބޭފުޅެކެވެ. އަމިއްލަ މެމްބަރެއްގެ ގޮތުގައި ދިއްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު ފަހުން ލަތީފު ވަނީ ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ. އޭގެފަހުން ލަތީފުވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައެވެ. އަދި އޭރުގެ އިދިކޮޅު ފަރާތްތައް އަދި މިހާރު ސަރުކާރު ހިންގަމުން ގެންދާ ފަރާތްތަކާއި ގުޅިވަޑައިގެންފައެވެ. ނަމަވެސް ފަހުން އަނެއްކާވެސް ލަތީފުވަނީ ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ.

ހަތިޔާރު ތޫނުކޮށްގެން ނިކުމެ މިސަރުކާރު ވައްޓާލާނެކަމަށް ލަތީފު ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން ލަތީފަށް ވަނީ އަމާޒުވެފައެވެ. އޭގެތެރޭގައި މަޖިލީހުގެ މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ. އެގޮތުން އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނަވާ ވިލިގިނލި ދާއިރާގެ މެމްބަރ ސައުދު ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަގުމަތިން ސަރުކާރު ވައްޓާލާ ވާހަކަ ހުއްޓާލުމަށް އެދިވަޑައިގަންނަވާފައެވެ. އެކަމެއް ނުވާނެ ކަމަށާއި ސަރުކާރުން ގޯސްކަމެއް ކުރާނަމަ ޤާނޫނީ އިމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުމަށް މަސައްކަތްކުރުމަކީ މައްސަލަ އެއް ނޫންކަމަށެވެ.

ލަތީފަށް ރައްދުދެއްވަމުން ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މުހައްމަދު ނިހާދު ވިދާޅުވީ ސަރުކާރު ވައްޓާލަން ކަމަށް ބުނެ ވާހަކަދައްކަނީ ޕާޓީ ކުދިން ރުއްސަންކަމަށެވެ. އަދި އެފަދަ މޭރުމަކުން ވާހަކަދައްކާއިރު ޓެރަރިޒަމްގެ އަމަލު ހިންގޭއިރުވެސް ނޭނގޭކަމަށް ނިހާދު ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ލަތީފަށް އަންނަނީ އާންމުންވެސް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެގޮތުން ލަތީފު އެގޮތަށް ވާހަކަ ދެއްކެވުމަކީ ޓެރަރިޒަމްގެ އަމަލަށް ހިތްވަރުދިނުންކަމަށް ބުނެ އާންމުން އަންނަނީ ޓްވިޓަރ ގައި އެމީހުންގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ.

އަދި މިއީ ހަރުކަށި ފިކުރު ފެތުރުންކަަމަށް އަނެއް ބަޔަކު ބުނަމުންދާއިރު ޕޮލިސް ޓެގްކޮށް ލަތީފު އެހެން ވިދާޅުވާ ވީޑިއޯ އަންނަނީ އާންމުން ޓްވީޓް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު