Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޮނޑާފުށި ރިސޯޓް

ޝިމްހާޒު ވަޒީފާއިން ވަކިކުރީ ޤަވާއިދާ އެއްގޮތަށް، ޚަބަރު ފަތުރާފައިވަނީ ހަޤީޤަތާ ޚިލާފަށް

ޝިމްހާރު ވަޒީފާއިން ވަކިކުރީ ގަވާއިދާ އެއްގޮތަށް ކަމަށް ރިސޯޓުން ބުނި ނަމަވެސް، ވަޒީފާއިން ވަކިކުރި ސަބަބެއް އަދި ވަކި ކުރީ ކޮން ގަވާއިދެއްގެ ދަށުން ކަމެއް ބުނެފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ޖެނުއަރީ 2020 | އަންގާރަ 03:59
ހޮނޑާފުށި ރިސޯޓުން ވަޒީފާއިން ވަކިކުރި ޝިމްހާޒު

ހޮނޑާފުށި ރިސޯޓުން ވަޒީފާއިން ވަކިކުރި ޝިމްހާޒު

ހދ. ހޮނޑާފުށި ރިސޯޓުން ވަޒީފާއިން ވަކިކުރި އަޙްމަދު ޝިމްހާޒު ވަޒީފާއިން ވަކިކުރީ ޤަވާއިދާ އެއްގޮތަށް ކަމަށާއި، ނޫސްތަކުގައި ޚަބަރު ފަތުރާފައިވަނީ ހަޤީޤަތާ ޚިލާފަށް ކަމަށް ހޮނޑާފުށި ރިސޯޓުން ބުނެފިއެވެ.

އެ ރިސޯޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކުންފުނިން ސަރވިސް ޗާޖް ދެމުން އަންނަނީ އެ ސަރވިސް ޗާޖް ބަލައިގަންނަ މަސް ނޫން ޖެހިގެން އަންނަ މަހުގައި ކަމަށާއި، މަސް ފެށުމަށްފަހު ވަޒީފާ ދެވޭ މުވައްޒަފަކު ނަމަ އެ މުވައްޒަފަކަށް ސަރވިސް ޗާޖް ދެމުން ދަނީ އެ މުވައްޒަފަކު އެމަހު ވަޒީފާ އަދާކުރި ދުވަހުގެ ނިޞްބަތަށް ބަލައިގެން ކަމަށެވެ.

އަދި ކުންފުނިން ނަގަމުން އަންނަ ސަރވިސް ޗާޖާއި ގުޅިގެން މިދިޔަ މަހުގެ 29 ވަނަ ދުވަހު މުވައްޒަފަކު ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރި ކަމަށް ދައްކަމުން ދަނީ ހަޤީޤާތާއި ޚިލާފު ވާހަކަތަކެއް ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. ޝިމްހާޒު ވަޒީފާއިން ވަކިކުރީ ޤަވާއިދާ އެއްގޮތަށް ކަމަށް ރިސޯޓުން ބުނި ނަމަވެސް، ވަޒީފާއިން ވަކިކުރި ސަބަބެއް އަދި ވަކި ކުރީ ކޮން ޤަވާއިދެއްގެ ދަށުން ކަމެއް ބުނެފައެއް ނުވެއެވެ.

އަދި ޝިމްހާޒު ވަޒީފާއިން ވަކިކުރި އިރު، އޭނާ ހުރީ ޕްރޮބޭޝަންގައި ކަމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ހޮނޑާފުށިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ ރިސޯޓުން ބުނީ ކުންފުނި ބަދުނާމުވާގޮތަށް ވާހަކަދައްކަމުން ދަނީ ކުންފުނީގެ އަގު ވައްޓާލާ ބަދުނާމުކުރުމުގެ ނިޔަތުގައި ކަމަށް ބުނެފައިވެއެވެ. އަދި އެފަދަ ދޮގު ވާހަކަތަކާއި ޚަބަރުތައް ފެތުރުން ހުއްޓާލުމަށް ވެސް ހޮނޑާފުށި ރިސޯޓުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ރިސޯޓުގެ މުވައްޒަފުންނަށް ސަރވިސް ޗާޖްގެ ގޮތުގައި 11 ޑޮލަރު ދީފައިވާ ކަމަށް ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި ދެކެވޭ ވާހަކަތަކަކީ ވެސް ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ރިސޯޓުން ބުނެފައިވެއެވެ. އެ ރިސޯޓުން ބުނީ ނޮވެންބަރު މަހުގެ ސަރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް ދީފައިވާނީ 36 ޑޮލަރު ކަމަށާއި، އެ މަހުގެ ރިސޯޓުގެ އޮކިއުޕެންސީ ރޭޓަކީ 16 ޕަސެންޓް ކަމަށެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

25 ފެބުރުއަރީ 2017
ބަރަހަނާ ވީޑިއޯ އާންމުވި ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު