Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޮނޑާފުށި އައިލެންޑް ރިސޯޓް

ސަރވިސް ޗާރޖުގެ ވާހަކަ ދެއްކުމުން ހޮނޑާފުށީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

އޭނާ އަދާކުރަމުންދިޔައީ ރިސޯޓުގެ ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޑިސެމްބަރު 2019 | ހޯމަ 03:57
ހޮނޑާފުށި ރިސޯޓު

ހޮނޑާފުށި ރިސޯޓު

ސަރވިސް ޗާރޖަށް ދެނީ އެންމެ 11 ޑޮލަރު ކަމަށް ބުނުމުން ހޮނޑާފުށި އައިލެންޑް ރިސޯޓްގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ހޮނޑާފުށި ރިސޯޓުގައި ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރާ އަހުމަދު ޝިމްހާޒްގެ ވާހަކަ މީޑިއާތަކަށް ތިލަވެގެން ދިޔައީ ހޮނޑާފުށީ ރިސޯޓުން ނުޙައްޤުން ވަޒީފާއިން ވަކިކުރިކަމަށް ބުނެ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ މެމްބަރުންނަށް ޝިމްހާޒު ފޮނުވި މެސެޖެއް މީސްމީޑިއާގައި ވައިރަލްވި ހިސާބުންނެވެ.

އެ މެސެޖުގައި ޝިމްހާޒު ބުނެފައިވަނީ، އޭނާ ވަޒީފާއިން ވަކި ކުރަން އުޅޭ ކަމަށާއި، ވަޒީފާއިން ވަކިވި ކަމުގެ ލިއުމުގައި އޭނާ ލައްވާ ސޮއި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާއަކީ ދުރު ހިސާބެއްގެ އަތޮޅެއްގެ މީހެއްކަމުން އެވަގުތު ވަޒީފާއިން ވަކިކޮށްފިނަމަ އުޅެންޖެހޭނީ ވަރަށް ދަތި ހާލުގައި ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން، ފަރުވާކުޑަ ކަމަށްބުނެ ރިސޯޓުން ވަޒީފާއިން ވަކި ކުރަނީ ނުޙައްޤުން ކަމަށާއި، އޭނާ އެފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށްވެސް މެސެޖުގައި ބުނެފައިވެއެވެ.

އެކަމާއިގުޅޭގޮތުން ޓީމުގެ އޮފިޝަލް ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ، ޝިމްހާޒް ވަޒީފާއިން ކަނޑާލި މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އޭނާއަށް ލިބެންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އޭނާއަށް ޤާނޫނީ ގޮތުން ފޯރުކޮށްދެންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެކަމާއި ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތުދެމުން ހޮނޑާފުށި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ، ޝިމްހާޒް ވަޒީފާއިން ވަކިކޮށްފައިވަނީ އެ ރިސޯޓުން ސަރވިސް ޗާރޖުގެ ގޮތުގައި ދެނީ 11 ޑޮލަރު ކަމަށް ބުނުމުން، ރިސޯޓުގެ ވާހަކަ އެގޮތަށް ދެއްކުމަކީ މަނާކަމެއް ކަމަށް ބުނެ ކަމަށެވެ. އެގޮތުން ރިސޯޓުން ފުރަތަމަ ޝިމްހާޒްއަށް ހުށައެޅީ އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ކަމަށާއި، ނަމަވެސް އެގޮތަށް އެއްބަސް ނުވުމުން ވަޒީފާއިން ވަކިކުރީކަމަށް އޭނާ ބުންޏެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު