ހަތް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކެނދިކުޅުދޫގައި އާ އިންޖީނުގެއެއް ތަރައްޤީކުރަނީ!
29 ޑިސެމްބަރު 2019 | އާދީއްތަ 14:40މިމަޝްރޫއަށް 07 މިލިއަން ރުފިޔާ ހަރަދުވާނެ


އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން
ނ. ކެނދިކުޅުދޫގަ އަލަށް ޢިމާރާތް ކުރާ އިންޖީނުގޭގެ އެއްބަސްވުމުގައި ޓޫއެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ފެނަކަ ކޯޕްރޭޝަން ލިމިޓެޑުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އާދިއްތަ ދުވަހު ފެނަކަ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫއެލް ކޮންސްޓްރަކްޝަންއާ މިމަސައްކަތް ޙަވާލުކޮށް، ފެނަކައިގެ ފަރާތުން އެއްބަސްވުމުގަ ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ. އަދި ޓޫއެލް ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީ އޮޕަރޭޝަންސް ޑިރެކްޓަރ ޙުސައިން އިބްރާހީމެވެ.
މި މަސައްކަތް ޓޫއެލް ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފައިވަނީ 29 ޑިސެންބަރު 2019 އިން ފެށިގެން 01 އޮކްޓޫބަރު 2020 ވަނަ ދުވަހުގެ ނިޔަލަށް ނިންމާ ގޮތަށެވެ.
މި މަޝްރޫޢަށް ހަތް މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.








