Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
2019 ވަނަ އަހަރު

2019: ބައިނަލްއަގުވާމީ މުބާރާތް ތަކުން އެންމެ ކާމިޔާބު އަހަރު

މި އަހަރުގެ މިހާތަނަށް ރާއްޖެއިން ވަނީ 13 ރަން މެޑައްޔެއް ނަގައިފަ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2019 | ހޯމަ 19:31
އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ކާމިޔާބީ ފާހަގަކުރަނީ

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ ކާމިޔާބީ ފާހަގަކުރަނީ

2019 ވަނަ އަހަރަކީ މިއިން ޒަމާނެއްގައިވެސް ނުހޯދާ މިންވަރަށް އެކި ކުޅިވަރުތަކުން ބައިނަލްއަޤުވާމީ ފެންވަރުގަ ރާއްޖޭގެ އެތުލީޓުން ކާމިޔާބު ހޯދާފައިވާ އަހަރެކެވެ. އެގޮތުން ނިމި މިދާ 2019 ވަނަ އަހަރު ރާއްޖޭގެ އެތުލީޓުން ބައިވެރިވި ކުޅިވަރުތަކުން 46 މެޑަލް ރާއްޖެއަށް ހޯދައިދިނެވެ.

ބައިނަލްއަޤުވާމީ މުބާރާތްތަކުން މި އަހަރުގެ މިހާތަނަށް ރާއްޖެއިން ވަނީ 13 ރަން މެޑެއްޔާއި، 10 ރިހި މެޑަލް ހޯދާފައެވެ. ވާދަކުރި މުބާރާތްތަކުން އެންމެ ގިނައިން ހޯދާފައިވަނީ ލޯ މެޑެއްޔެވެ. ރާއްޖެއިން ބައިވެރިވި އެކި ކުޅުވަރުތަކުންވަނީ 23 ލޯ މެޑެލް ހޯދާފައެވެ.

ފުޓުބޯޅަ:-

2019 ވަނަ އަހަރަކީ ފިރިހެން ފުޓުބޯޅަ އަށް ނާކާމިޔާބީ އަހަރެކެވެ. އެގޮތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް ގުރޫޕު ސްޓޭޖުން ކެޓިއިރު، ޑިސެންބަރު މަހު އޮތް އޭޝިއަން ގޭމްސް އަށް ރަން މެޑައްޔަށް ޓާގެޓް ކޮށްގެން ދިޔަ ޓީމުން މުބާރާތް ނިންމާލަންޖެހުނީ އެއްވެސް މެޗަކުން މޮޅު ނުވެއެވެ. ނަމަވެސް ސާފް އަންޑަރ 18 ޗެމްޕިއަންޝިޕް އިން ޤައުމީ 18 އަހަރުން ދަށުގެ ފިރިހެން ޓީމު ވަނީ ލޯ މެޑަލް ހޯދާފައެވެ.

2019 ވަނަ އަހަރަކީ އަންހެން ފުޓުބޯޅައަށް ކާމިޔާބު އަހަރެކެވެ. އެގޮތުން ދާދި ފަހުން ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ޤައުމީ އަންހެން ފުޓުބޯޅަ ޓީމުން ވަނީ ފުރަތަމަ ފަހަރަށް މެޑައްޔެއް ހޯދާފައެވެ. ނޭޕާލުގައި ކުޅުނު މި މުބާރާތުގެ ލޯ މެޑަލް ރާއްޖެއިން ހޯދީ ނޭޕާލް ބަލިކުރުމަށް ފަހުގައެވެ. ޤައުމީ 18 އަހަރުން ދަށުގެ އަންހެން ޓީމުން ވަނީ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ.

2019 ވަނަ އަހަރަކީ ފުޓުބޯޅަ ކުލަބުތަކަށް ވެސް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު އަހަރެކޭ ބުނެވިދާނެއެވެ. އެގޮތުން މާޒިޔާ އަދި ޔުނައިޓެޑް ވިކްޓްރީ ނަގާފަ ދެން ހުރި ކުލަބުތައް އިނދަ ޖެހިފައިވާއިރު، އެންމެ ބޮޑު ދެ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓާއި، ވިކްޓްރީ ސްޕޯރްޓްސް ކުލަބު މިވަނީ ސަސްޕެންޝަނާއި ކުރިމަތިލާން ޖެހިފައެވެ. އަދި ވެލެންސިޔާ ރެލިގޭޓް ވެފައިވާއިރު ކުލަބުތަކުގެ ކުރިމަގާ މެދު މިވަނީ ސުވާލު އުފެދިފައެވެ.

ބާސްކެޓް ބޯޅަ:-

ޤައުމީ ބާސްކެޓް ޓީމަށް މިއަހަރަކީ ހަމަ ޔަޤީނުން ވެސް ކާމިޔާބު އަހަރެކެވެ. އަންހެން ބާސްކެޓް ޓީމުން މިއަހަރު ވަނީ ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ. ސެމީ ފައިނަލުން ބަލިވި ކަމުގައި ވިޔަސް އަންހެން ބާސްކެޓް ޓީމުން ވަނީ ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ބާސްކެޓްގެ ތިންވަނަ ހޮވާ މެޗުގައި ބޫޓާން ފަސޭހަ ކަމާއެކު ބަލިކޮށް ފުރަތަމަ ފަހަރަށް ލޯ މެޑަލް ހޯދައި ތާރީޚޫން ޖާގަ ހޯދާފައެވެ.

ޓޭބަލް ޓެނިސް:-

ޓޭބަލް ޓެނިސް އިން މި އަހަރު ބައިނަލްއަޤުވާމީ ހަތަރު މުބާރާތެއްގަ ވާދަކޮށްފައިވާއިރު، މިއަހަރަކީ ޓޭބަލް ޓެނިސް އަށް އެންމެ ކާމިޔާބު އަހަރޭ ބުނުމަކުން ހަމަގައިމުވެސް ދޮގަކަށް ނުވާނެއެވެ. އެގޮތުން ޓޭބަލް ޓެނިސް އިން މިއަހަރު ޖުމުލަ ހަތަރު ރަން މެޑައްޔާއި، ދެ ރިހި މެޑަލްގެ އިތުރުން އެއް ލޯ މެޑަލް ހޯދިއެވެ.

ވޮލީ ބޯޅަ:-

ވޮލީ ބޯޅައިން މިއަހަރު މެޑައްޔެއް ހޯދި ކަމުގައިވިޔަސް މިއަރަކީ ރާއްޖޭގެ ދެ ނަންބަރު ކުޅިވަރު ކަމަށްވާ ވޮލީ ބޯޅައަށް ބަނަ އަހަރެކެވެ. އެގޮތުން ވޮލީ ބޯޅައިގެ ކުރިމަގު ސިފަ ކުރާއިރު، ވޮލީ އެސޯސިއޭޝަން އޮތީ ސުވާލު މާކެއްގެ ތެރޭގައެވެ. ވޮލީ ބޯލް އެސޯސިއޭޝަނުން ވަނީ އިންތިޚާބީ ރައީސް މުޙައްމަދު ލަޠީފު (ލަތީބެ) މަޤާމުން ދުރު ކޮށްފައެވެ. ނަމަވެސް އެފްއައިވީބީން ބުނީ ލަތީބެ ވަކިކުރީ ޤާނޫނާ ޚީލާފަށް ކަމަށެވެ.

ވޮލީ ބޯޅައިން މިއަހަރު ބައިނަލްއަޤުވާމީ ތިން މުބާރާތެއްގަ ބައިވެރިވެފައެވެ. އެގޮތުން އަންހެނުންގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ރިހި މެޑަލް ވަނީ ހޯދައިފައެވެ. މީގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބީޗު ވޮލީ ޓީމު ވަނީ ޓީމް އިވެންޓުން ރިހި މެޑަލް ހޯދާފައެވެ.

ބޮޑީ ބިލްޑިންގ:-

ބޮޑީ ބިލްޑިންގ އަށް މިއަހަރު ވެގެންދިޔައީ ކާމިޔާބު އަހަރަކަށެވެ. އެގޮތުން މިއަހަރު ރާއްޖޭގެ ބޮޑީ ބިލްޑަރުން ވާދަކުރި މުބާރާތް ތަކުން ބޮޑީ ބިލްޑަރުން ވަނީ ތިން ރަން މެޑެއްޔާއި، ފަސް ލޯ މެޑަލް ހޯދާފައެވެ.

ބޮޑީ ބިލްޑިންގ އެސޯސިއޭޝަނުން ވަނީ މިއަހަރު މުޅިން އަލަށް ޤައުމީ ބޮޑީ ބިލްޑިންގ ޓީމަށް ބިދޭސީ ކޯޗަކު ހަމަޖައްސާފައެވެ.

ބެޑްމިންޓަން:-

މިއަހަރަކީ ބެޑްމިންޓަނަށް ކާމިޔާބު އަހަރެކެވެ. އެގޮތުން ބެޑްމިންޓަނުން ވަނީ މިއަހަރު ޖުމުލަ ތިން ރަން މެޑައްޔާއި، ރިހި އެއް މެޑައްޔާއި ހަ ލޯ މެޑަލް ހޯދާފައެވެ. މިއީ މިހާތަނަށް ބެޑްމިންޓަނުން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް:-

މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ ދިވެހިރާއްޖޭގެ ކުޅިވަރު މިހާރު އޮތް ހިސާބު އެނގިގެންދިޔަ ގޭމްސްއެކެވެ. މި ގޭމްސްއަށް ދިވެހި ކޮންޓިންޖެންޓް ދިޔައީ 15 މެޑައްޔަށް ޓާގެޓްކޮށްގެންނެވެ. ދިވެހި ކޮންޓިޖެންޓް މި މުބާރާތް ނިންމާލުމަށްފަހު އެނބުރި ޤައުމަށް އައީ ކަނޑައެޅި ޓާރގެޓަށް ޙާޞިލުކޮށްގެންނެވެ. އެގޮތުން މިއަހަރުގެ އައިއޯއައިޖީގައި ދިވެހި ކޮންޓިޖެންޓުން ވަނީ ހަތަރު ރަން މެޑައްޔާއި، ހަތަރު ރިހި މެޑަލްގެ، އިތުރުން ހަތް ލޯ މެޑަލް ހޯދާފައެވެ. މި އަހަރުގެ ގޭމްސްގައި ރާއްޖެއިން އެންމެ ގިނަ މެޑަލް ހޯދީ ޓީޓީ ގެ އިތުރުން ބެޑްމިންޓަނުންނެވެ.

ސައުތު އޭޝިއަން ގޭމްސް

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަކީ ރާއްޖެއަށް ކާމިޔާބު ގޭމްސްއެކެވެ. ފެންވަރުގެ ގޮތުން އެތަށް ގުނައެއް ވަރުގަދަ މި ގޭމްސްގައި ދިވެހި އެުލީޓުން ވަނީ ފަސް މެޑަލް ހޯދާފައެވެ. މިއީ މިހާތަނަށް މި ގޭމްސްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބުވެސްމެއެވެ. މީގެއިތުރުން މިއަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ 35 އަހަރުގެ ތާރީޚު ބަދަލުކޮށްލާ ފުރަތަމަ ފަހަރަށް ރާއްޖެއަށް ރަން މެޑައްޔެއް ހޯދާފައެވެ. މި މެޑަލް ރާއްޖެއަށް ހޯދައިދިނީ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އަދި މިވަގުތު ސައުތު އޭޝިއާގަ ހުރި އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު (ސާއިދު ކަޅޭ) އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
"ޓިއުބްލައިޓް" ކާމިޔާބުތަ؟

"ޓިއުބްލައިޓް" ކާމިޔާބުތަ؟

08 ޖުލައި 2017
"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟

"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟

13 މެއި 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު