Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމާޅޮސް

މާޅޮހުން ހައްޔަރުކުރީ ހައްމާދަށް ހަމަލާދިން އާސިފުގެ ބަފައިބެ!

28 ޑިސެމްބަރު 2019 | ހޮނިހިރު 19:14

ހައްޔަރު ކުރި މީހާގެ 4 އަންހެން ދަރިން ތިބޭ، އޭގެ ތެރޭގައި 18 އަހަރު ނުފުރޭ 3 ކުދިން އެބަތިބި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޑިސެމްބަރު 2019 | ހޮނިހިރު 19:14
އއ. މާޅޮސް

އއ. މާޅޮސް

ދީނީ ހަރުކަށި ފިކުރަށް ތާޢީދުކޮށް، ޝަރުޢީ ކޯޓުން ބޭރުން ދަރިންގެ ކައިވެނި ކުރުވިކަމުގެ ތުހުމަތުގައި އއ. މާޅޮހުން ހައްޔަރުކުރީ މިދިޔަ މަހު ލަނޑާނަގާ ދޯންޏެއްގައި މީހަކަށް ވަޅިން ޙަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި އިސްމާޢީލް އާސިފުގެ ބަފައިބެކަން "ރާއްޖެ" އެމްވީއަށް ކަށަވަރުވެއްޖެއެވެ.

"ރާއްޖެ އެމްވީ" އަށް އެނގިފައިވާ ގޮތުގައި މާޅޮހުން ހައްޔަރު ކުރި މީހާއަކީ ލަނޑާ ނަގާ ދޯނީގަ މިދިޔަ ނޮވެންބަރު މަހުގެ 22 ވަނަ ދުވަހު ދެމީހެއްގެ ދެމެދުގައި ހިނގި ދެބަސްވުމެއްގަ ވަޅިން ޙަމަލާދިން އިސްމާޢީލް އާސިފުގެ އަންހެނުންގެ ބައްޕަކަން ވަނީ ކަށަވަރުވެފައެވެ.

ފުލުހުން މިއަދު ބުނީ ދީނީ ހަރުކަށި ފިކުރަށް ތާޢީދުކޮށް، 18 އަހަރު ނުފުރެނީސް ޝަރުޢީ ކޯޓުން ބޭރުން ދަރިންގެ ކައިވެނި ކުރުވި މީހަކު އއ. މާޅޮހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ދަރިންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތަކުން މަޙުރޫމުކޮށް، ބައެއް ދަރިން 18 އަހަރު ނުވަނިސް ކޯޓުން ބޭރުގައި ކައިވެނި ކުރުވާފައިވާކަމުގެ ތުހުމަތުތައްވެސް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހު މެންދުރު 11:44 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް 18 އަހަރު ނުފުރެނީސް ކޯޓުން ބޭރުގައި ކައިވެނި ކުރީ ހައްޔަރު ކުރި މީހާގެ ކޮން އަންހެން ދަރިއެއްކަމެއް ނޭނގެއެވެ. "ރާއްޖެ އެމްވީ" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގަ އެމީހާގެ 4 އަންހެން ދަރިން ތިބެއެވެ. އަދި އޭގެ ތެރެއިން އެންމެ ދޮށީ ދަރި ކައިވެނިކޮށްގެން އުޅެނީ ލަނޑާ ނަގާ ދޯނީގައި ހިނގި ދެބަސްވުމުގައި ޒަޚަމްވި ރ. މަޑުއްވަރީއަށް ނިޞްބަތްވާ ޒުވާނާއަށް ޙަމަލާދިން އިސްމާޢީލް އާސިފާއެވެ. އެ އަންހެން ކުއްޖާ ކައިވެނި ކޮށްފައިވަނީ ކޯޓުން ބޭރުގައެވެ. އަދި އެކައިވެނި ކޮށްދިނީ އެ އަންހެން ކުއްޖާގެ ބައްޕަ ކަމަށް އިތުބާރު ހުރިގޮތަކަށް މަޢުލޫމާތު ލިބެއެވެ.

އެ އަންހެން ކުއްޖާ ދިރިއުޅެމުން އަންނަނީ ރ. މަޑުއްވަރީގައެވެ. ދިނީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ލަނޑާ ނަގާ ދޯންޏެއްގަ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދަށް ޙަމަލާދިން އިސްމާޢީލް އާސިފުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ވަނީ މި މަހުގެ 22 ވަނަ ދުވަހު އިތުރުކޮށްދީފައެވެ.

މާޅޮހުން ހައްޔަރު ކުރި މީހާގެ ޢާއިލާއަކީ ވަކިން އެހެން މީހުންނާ އެކަހެރިކޮށް އުޅެމުން އަންނަ ޢައިލާއެއްކަމަށް ވެސް "ރާއްޖެ އެމްވީ" އަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މީގެ އިތުރުން އެމީހާގެ ދަރިން ސްކޫލަށް ނުފޮނުވާ ކަމަށާއި، ވެކްސިން ވެސް ނުދޭކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.

ފުލުހުން އަންނަނީ މި މީހާ ހައްޔަރުކޮށް އެ މައްސަލަ ތަހުޤީޤުކުރަމުންނެވެ. މީގެ ކުރިން ރ. މަޑުއްވަރީން ވެސް ފުލުހުން ވަނީ މިފަދަ މައްސަލައެއްގަ ބަޔަކު ހައްޔަރުކޮށްފައެވެ.

ހަރުކަށި ފިކުރުތައް ފަތުރާކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް މީހުން ގެންގޮސް، ފުލުހުންގެ އޮޕަރޭޝަންތައް ވަރުގަދަ ކުރަމުންދާއިރު، އެފިކުރު ފަތުރަން ގިނަގުނަ ރޭވުންތައް ރާވާ، އެކަން ފެތުރުމަށްޓަކައި ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިންވެސް ވަނީ ބުނެފައެވެ.

އެގޮތުން އެފަދަ ނުރައްކާތަކާއި މެދު ސަމާލުވެ، ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާއި ބެހޭ މަޢުލޫމާތު ސަލާމަތީ ޚިދުމަތްތަކަށް ފޯރުކޮށްދެއްވަމުން ގެންދެވުމަށް އެ ސެންޓަރުންވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

4

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

5

ރައިޓް ސައިޒް ކުރަން އާރްޑީސީ އުވާލުމަށްފަހު އެކުންފުނީގެ 1200 އެއްހާ މުވައްޒަފުން އެހެން ކުންފުންޏަކަށް!

އިތުރަށް ކިޔާލަން

24 މާރިޗު 2024

ނަރީޝް އަށް ހަމަލާދިން ކަމަށް ބުނުން - އަސްލު ކަން ހިނގީ ކިހިނެތް؟

24 މާރިޗު 2024
ނަރީޝް އަށް ހަމަލާދިން ކަމަށް ބުނުން - އަސްލު ކަން ހިނގީ ކިހިނެތް؟
28 ޖެނުއަރީ 2021

ހައިރިސްކް މީހަކު ހައްޔަރުކުރީ ގޭގައި ނިދާފަ އޮއްވާތަ؟ ނޫނީ ވެކްސިން ނުޖަހަން ބޮޑާ ހޭކީމަތަ؟

28 ޖެނުއަރީ 2021
ހައިރިސްކް މީހަކު ހައްޔަރުކުރީ ގޭގައި ނިދާފަ އޮއްވާތަ؟ ނޫނީ ވެކްސިން ނުޖަހަން ބޮޑާ ހޭކީމަތަ؟
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް