Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ދިރާގު ދިވެހި ޕްރިމިއާ ލީގު: މާޒިޔާއިން ޗެމްޕިއަން ޓީސީ ބަލިކޮށްފި

26 ޑިސެމްބަރު 2019 | ބުރާސްފަތި 19:26

މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 26 ޑިސެމްބަރު 2019 | ބުރާސްފަތި 19:26
މާޒިޔާ އަދި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އަދި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިން އެންމެ ފަހުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފިއެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ދެޓީމުން ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ މާޒިޔާއަށެވެ. މެޗުގެ 42 ވަނަ މިނެޓުގައި އަސައްދުﷲ އަބްދުﷲ އަށްވަނީ ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޓީސީ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް މާޒިޔާގެ ގޯލަށް ނުރައްކާ ކޮށްފައިވެއެވެ. އެގޮތުން މެޗުގެ 49 ވަނަ މިނެޓުގައި ޓީސީގެ މުހައްމަދު ސާދު ނިޒާރުވަނީ ނުރައްކާތެރި ހަމަލާއެއް މާޒިޔާގެ ގޯލާ އަމާޒުކޮށް ފޮނުވައިލައިފައެވެ. ނަމަވެސް މާޒިޔާގެ ކީޕަރުވަނީ މި ހަމަލާ ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ. މެޗުގެ 51 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ސްޓެވާޓްއެވެ. މެޗުގެ 58 ވަނަ މިނެޓުގައި އަސައްދުﷲ އަބްދުﷲ ވަނީ އިތުރު ލަނޑެއްޖަހާ މާޒިޔާގެ ލީޑު ފުޅާ ކޮށްދީފައެވެ. މި ލަނޑާއެކު ޓީސީއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް މާޒިޔާގެ ގޯލަށް ނުރައްކާކުރިއެވެ. އެގޮތުން މެޗުގެ 71 ވަނަ މިނެޓުގައި ޓީސީގެ އިބްރާހީމް އަތީޤް ހަސަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ 75

ވަނަ މިނެޓުގައި ޓީސީއިން ވަނީ ލަނޑު ޖަހައިފަރަގު ކުޑަކޮށްފައެވެ. މިލަނޑު ލިބުނު ހިލޭ ޖެހުމަކުން އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއީލް އީސަ (މެސީ) އެވެ. މެޗުގެ 84 ވަނަ މިނެޓުގައި ޓީސީގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އަސައްދުﷲ އަބްދުﷲ ވަނީ ލަނޑު ޖަހައިފައެވެ. މި ލަނޑާއި އެކު މާޒިޔާއިން އިތުރަށް އެޓީމުގެ އެޓޭކްތައް ވަނީ ވަރުގަދަކޮށްފައެވެ. މާޒިޔާގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ވަހީދު (އިއްބެ) އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ މިމެޗަށް ޓީސީއިން ނިކުތީ މޮޅުވާން ކަމަށާއި ނަމަވެސް ކަންދިމާވި ގޮތުން އެކަން ނުވި ކަމަށެވެ. އޭނާ އިތުރަށްބުނީ މެޗުގެ ފުރަތަމަ ހާފުގައި ޓީސީއިން ރަނގަޅަށް ކުޅުންކަމަށާއި ދެވަނަ ހާފު ފެށުން ދިޔައީ ގޯސްކޮށް ކަމަށެވެ. މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ އޭނާގެ ޓީމުން އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ބަލިކުރީ ކުޅުންތެރިން މޮޅަށް ކުޅެގެންކަމަށާއި މި މެޗުގައި ޓީސީއިން ރަނގަޅު ފައިޓްއެއް ދިންކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް