Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން

ޔާމީނުގެ އެކައުންޓުގައި ހުރި ފައިސާ ނަގަން އެދުމަކީ ޙުކުމަށް އުނި އިތުރު ގެންނަން މަސައްކަތްކުރުން: ވަކީލުން

ފައިސާއެއް ނަގަން ޖެހޭނަމަ އެކަމެއް އެ މައްސަލާގައި ކޯޓުން ކުރާ ހުކުމުގައި ހިމަނަން ޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޑިސެމްބަރު 2019 | ބުރާސްފަތި 17:36
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

މަނީ ލޯންޑަރިންގެ މައްސަލައިގައި ޖަލު ޙުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ އެކައުންޓުގައި ހުރި ފައިސާ ދަޢުލަތަށް ނެގުމުގެ ޢަމުރަކަށް އެދުމަކީ އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޙުކުމަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުން ކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ޔާމީނުގެ ވަކީލުން މިހެން ވިދާޅުވެފައިވަނީ ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާތީ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 192 ވަނަ މާއްދާއާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އެމަނިކުފާނުގެ އެކައުންޓުގައި ހުރި މައްސަލައާ ގުޅޭ ފައިސާ ދަޢުލަތަށް ނެގުމުގެ ޢަމުރަކަށް އެދި ކުރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ހުށައަޅާފައިވާތީއެވެ.

ޢަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ އެމަނިކުފާނުގެ އެކައުންޓުގައިވާ 1 މިލިއަން ޑޮލަރުގެ މައްސަލާގަ އެވެ. އެހެންކަމުން އަބްދުﷲ ޔާމީނުގެ މައްޗަށް އިއްވާފައިވާ ޙުކުމާއި ގުޅުންހުރި ފައިސާގެ ޢަދަދަކީ 1 މިލިއަން ޑޮލަރެވެ.

ޔާމީނުގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢަބްދުﷲ ސިޔާޒު ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ނުވާކަމެއް، އަދި މައްސަލައިގެ ޙުކުމް ލިޔުނު ފަރާތަށްވެސް ޙުކުމް ތެރޭގައި ހިމެނުމަށް ހަނދާން ނެތިފައި އޮތް ކަމެއް ކުއްލިއަކަށް ހަނދާންވެ، ކޯޓު ޢަމުރަކަށް އެދުމަކީ ޙުކުމަށް ބަދަލު ގެނައުން ކަމުގައި ނޫނީ ނުވާނެ ކަމަށެވެ.

ވަކީލު އަޙްމަދު އާސިފު ވިދާޅުވީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ޤާނޫނުގައިވާ ގޮތުން އެފަދަ މައްސަލަތަކުގައި ދަޢުލަތަށް އެއްވެސް ފައިސާއެއް ނަގަން ޖެހޭނަމަ އެކަމެއް އެ މައްސަލާގައި ކޯޓުން ކުރާ ޙުކުމުގައި ހިމަނަން ޖެހޭ ކަމަށެވެ. ޤާނޫނުގައި އެ ބުނާ މާއްދާގައި ވަނީ އެފަދަ ކުށެއް ސާބިތުވާ ކަމަށް ކަނޑައަޅައި ޙުކުމް ކުރާއިރު ދަޢުލަތަށް ނަގަން ޖެހޭ ފައިސާއެއް ނުވަތަ މުދަލެއްވާނަމަ އެއެއް ނެގުމަށް ޙުކުމުގައި ހިމަނަން އޮންނަ ކަމަށެވެ.

ވަކީލު އާދަމް ޝަމީމް ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިޢުނާފުކޮށްފައި ވަނިކޮށް އަދި ކުރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރު ދަޢުލަތަށް މުދާ ނެގުމުގެ ޢަމުރަކަށް އެދުމަކާނުލައި، ޕީޖީން މިހާރު މި ޖަހަނީ ކޮން ސަކަރާތެއްތޯ ސުވާލު އުފައްދާފައެވެ. އަދި ދަޢުލަތަށް މުދާ ނެގުމުގެ ޢަމުރަކީ މައްސަލައިގެ ޙުކުމުގައި އޮންނަންޖެހޭ ވާހަކައެއް ކަމަށާއި، ރައީސް ޔާމީނުގެ އެކައުންޓުގައިވާ ފައިސާ ދަޢުލަތަށް ނަގާކަށް ދަޢުލަތުން ދަށުކޯޓުގައި ނޭދޭ އިރު އަދި ޙުކުމުގައި ވެސް ނެތް ކަމަށެވެ.

ރައީސް ޔާމީނުގެ މައްޗަށް ދަޢލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، 5 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކުރީ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ދަޢުލަތަށް ދައްކަންޖެހޭ 5 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ މި ޙުކުމުގައި ބުނެފައިވެއެވެ.

ރައީސް ޔާމީނުގެ މައްޗަށް އިއްވި ޙުކުމުގައި ބުނެފައިވަނީ ދަޢުލަތުގެ ހުށަހެޅި ހެކިތަކާއި، ހެކިވެރިން ހެކިބަހުން ޔާމީނުގެ މައްޗަށް އުފުލާފައިވާ ދަޢުވާ ސާބިތުވެފައިވާކަމަށެވެ. މައްސަލަ ބަލާ ފަސް ޤާޟީން ދިރާސާކޮށް ބަހުޘްކޮށް 5 ޤާޟީންނަށް އިއްތިފާޤުވެވިފައިވަނީ 8 ކަމަކަށް ރިޢާޔަތްކޮށް ކުށް ސާބިތުވާކަމަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު