Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާން

އަހަރުތަކަކަށްފަހު ޖަޕާނުން އެހެން ޤައުމެއްގެ ރައްޔިތަކަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

އޭނާ މި ކުށް ކޮށްފައިވަނީ 2003 ވަނަ އަހަރުގެ މެދު ތެރޭގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޑިސެމްބަރު 2019 | ބުރާސްފަތި 08:36
ޖަޕާންގެ އަކަސަކަ ޕެލަސް

ޖަޕާންގެ އަކަސަކަ ޕެލަސް

ގިނަ އަހަރުތަކަކަށް ފަހު ޖަޕާނުން އެހެން ޤައުމެއްގެ ރައްޔިތެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.

ބުރާސްފަތި ދުވަހު ޖަޕާނުން މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ ޗައިނާއަށް ނިސްބަތްވާ ރައްޔިތެއްގެ މައްޗަށެވެ. އެގޮތުން އުމުރުން 40 އަހަރުގެ ވީވީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ އޭނާ ޖަޕާނުގެ އާއިލާއެއްގެ 4 މެމްބަރަކު މަރާލާފައިވާތީއެވެ.

މީޑިއާ ރިޕޯރޓްތައް ބުނާ ގޮތުގައި 2003 ވަނަ އަހަރުގެ މެދު ތެރޭގައި ވީވީ މި ކުށުގެ އަމަލު ހިންގާފައިވަނީ ޗައިނާއަށް ނިސްބަތްވާ އިތުރު ދެ މީހެއްގެ އެހީއާވެސް އެކުގައެވެ. އެގޮތުން އެ ދެ މީހުން ފިލައިގެން ޗައިނާއަށް ގޮސް އުޅެނިކޮށް ވަނީ ހައްޔަރު ކޮށްފައެވެ. އަދި އޭގެތެރެއިން އެކެއްގެ މައްޗަށް 2005 ވަނަ އަހަރު ޗައިނާގައި މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާއިރު، ދެން ހުރި މީހާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.

ޖަޕާނުގެ ޖަސްޓިސް މިނިސްޓްރީ ބުނާގޮތުން ވީވީގެ މައްޗަށް ތަންފީޒުކުރި މި ހުކުމަކީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭ 2012 ވަނަ އަހަރު މަޤާމާއި އަލުން ހަވާލުވެވަޑައިގަތް ފަހުން ތަންފީޒު ކުރި 39 ވަނަ މަރުގެ ހުކުމެވެ.

ޖަޕާނުގައި މަރުގެ ހުކުމް ތަންފީޒު ކުރަނީ ދަން ޖައްސައިގެންނެވެ. އެގޮތުން މިހާރުވެސް މަރަށް ހުކުމް ކޮށްފައިވާ 120 މީހުން އެ ޤައުމުގައި ތިބިއިރު، ފާއިތުވި އަހަރު އެކަނިވެސް 15 މީހެއްގެ މައްޗަށް ވަނީ މަރުގެ ހުކުމް ތަންފީޒު ކޮށްފައެވެ.

އޭގެއިތުރުން، ޖަޕާނުގައި މަރުގެ ހުކުމް ތަންފީޒު ކުރެވޭ މީހުންގެ ވަނަވަރު ހާމަކުރަން ފެށީ 2007 ވަނަ އަހަރުން ފެށިގެންނެވެ.

އިތުރަށް ކިޔާލަން

28 ޖުލައި 2018

ޖަޕާނުން އުފެއްދި މޮބައިލް މިސްކިތަށް މުސްލިމުން މަރުހަބާ ކިޔައިފި

28 ޖުލައި 2018
ޖަޕާނުން އުފެއްދި މޮބައިލް މިސްކިތަށް މުސްލިމުން މަރުހަބާ ކިޔައިފި
24 މާރިޗު 2018

އިނގިރޭސި ޕާސްޕޯޓްގެ ކުލަ ބަދަލުކުރަނީ އަމިއްލަވަންތަކަން ދައްކަން، އެކަމަކު ޕާސްޕޯޓް ހަދަނީ އެހެން ޤައުމަކުން!

24 މާރިޗު 2018
އިނގިރޭސި ޕާސްޕޯޓްގެ ކުލަ ބަދަލުކުރަނީ އަމިއްލަވަންތަކަން ދައްކަން، އެކަމަކު ޕާސްޕޯޓް ހަދަނީ އެހެން ޤައުމަކުން!
09 ފެބުރުއަރީ 2018

ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ ތިން ރައްޔިތަކަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

09 ފެބުރުއަރީ 2018
ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ ތިން ރައްޔިތަކަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
11 ޖެނުއަރީ 2018

އިންޑިއާއިން އެހެން ޤައުމުތަކުގެ ޓެރިޓަރީއަށް ލޮލެއް ނާޅަން: މޯދީ

11 ޖެނުއަރީ 2018
އިންޑިއާއިން އެހެން ޤައުމުތަކުގެ ޓެރިޓަރީއަށް ލޮލެއް ނާޅަން: މޯދީ
16 ނޮވެމްބަރު 2017

ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!

16 ނޮވެމްބަރު 2017
ސައަދް ހަރީރީ އަށް ފްރާންސްގެ ދައުވަތެއް. އެހެންނަމަވެސް ސިޔާސީ ހިމާޔަތެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު