Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމްގެ މަރު

ގާސިމްގެ މަރު: އިއުތިރާފްވި ނަމަވެސް ހެއްކާއި ގަރީނާ ހުރުން މުހިއްމު

ގާސިމް މަރާލި މައްސަލައިގައި މީހަކު ހައްޔަރުކުރީ ބުރާސްފަތި ދުވަހު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2019 | ހޮނިހިރު 04:28
ޕީޖީ ޝަމީމް

ޕީޖީ ޝަމީމް

ރަހުމު ކުޑަގޮތަކަށް ހުޅުމާލޭގައި މަރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރު ޤާސިމް ހަސަންގެ މަރާއި ގުޅިގެން ހައްޔަރުކުރި މީހާ އިޢުތިރާފްވި ނަމަވެސް، ހެއްކާއި ޤަރީނާ ހުރުން މުހިއްމު ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

މިހެން ޕީޖީ ވިދާޅުވީ ހުކުރުދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

Advertisement - newsAdvertisement

ޕީޖީ ޓްވީޓު ކުރެއްވީ ގާސިމްގެ މަރާއި ގުޅިގެން ހައްޔަރުކުރި މީހާ އެކަމަށް އިޢުތިރާފުވެއްޖެ ކަމަށް ހާމަކޮށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓްވީޓަށް ރިޕްލައިކޮށް މީހަކު، މި ފަދަ ކޯޓު ކޭސްތައް އަވަސް މުއްދަތެއްގައި ކުރިއަށް ގެންދަން ނުޖެހޭތޯ ޕީޖީ އާއި ސުވާލު ކުރުމާއި ގުޅިގެން، އެ ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ ގާސިމުގެ މަރާއި ގުޅިގެން ހައްޔަރު ކުރި މީހާ އެކަމަށް އިޢުތިރާފުވި ނަމަވެސް، އަނބުރާ ނަގަން ނިންމައިފިނަމަ ބަރޯސާވާން ޖެހޭނީ ހެއްކާއި ޤަރީނާއަށް ކަމަށެވެ. ޕީޖީ ވިދާޅުވީ ހުރިހާ ހެއްކާއި ޤަރީނާއެއް ހޯދުން މުހިއްމު ކަމަށާއި އަދި އެއީ 'ބެސްޓް ޕްރެކްޓިސް' ކަމަށެވެ. ޝަމީމުގެ ޓްވީޓުގައި ވަނީ ޕީޖީ އޮފީހުން ގާސިމުގެ މަރު ތަހުޤީޤިކުރުމަށް ފުލުހުންނާއި ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ޑްރައިވަރު ގާސިމް މަރާލާފައިވަނީ، ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ، ހުޅުމާލެއިންނެވެ.

މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އަދި މި މައްސަލައިގައި ބޭނުންކުރި ހަތިޔާރު ފުލުހުން ހޯދާފައިވާއިރު، އޭތި ފެނިފައިވަނީ ގާސިމް މަރާލި ޞަރަޙައްދު ކައިރިން ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު