Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީއެން

ދީނަށް ފުރައްސާރަކުރި އެމްޑީއެން އުވާލައިފި

އެމްޑީއެން އުވާލުމަށް ނިންމެވީ ރަޖިސްޓްރަރ އޮފް އެންޖީއޯސް

އަލީ ސަމާޚް
އަލީ ސަމާޚް | 19 ޑިސެމްބަރު 2019 | ބުރާސްފަތި 09:51
އެމްޑީއެން

އެމްޑީއެން

އިސްލަމްދީނުގެ އަސްލުތަކާއިމެދު ސުވާލު އުފައްދާ، ކީރިތި ރަސޫލާ ކުޑައިމީސްކޮށް ހެދި މޯލްޑިވިއަން ޑިމްކޮރެސީ ނެޓްވޯކް (އެމްޑީއެން) އުވާލައިފިއެވެ.

އެމްޑީއެން އުވާލިކަން އިއުލާން ކުރަމުން ޔޫތް މިނިސްޓްރީން ނެެެރެފައިވާ ބަޔާނެއްގައި ބުނީ، ޖަމްއިއްޔާތަކުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެ ޖަމްއިއްޔާ އަށް ދީފައިވާ 45 ދުވަހުގެ މުއްދަތު ހަމަވިއިރުވެސް އެ ޖަމްއިއްޔާއިން އެއްވެސް އެއްޗެއް އަންގާފައި ނުވާތީ އެ ޖަމްއިއްޔާ އުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަމިއްލަ ޖަމްއިއްޔާ އެއް ކަމަށްވާ އެމްޑީއެނުން ދީނަށް ފުރުއްސާރަކޮށްފައިވަނީ ''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' ނަމުގައި އެ ޖަމްއިއްޔާ އިން ނެރުނު ރިޕޯޓުގަ އެވެ.

މީގެ އަހަރުތަކެއް ކުރިން ނެރެފައިވާ އެ ރިޕޯޓް މި އަހަރު ތެރޭގައި ފެންމަތިވުމުން އެކަމާއި ދެކޮޅަށް އެތައް ބަޔަކު ވަނީ އަޑު އުފުލައި ނުރުހުން ފާޅުކޮށްފަ އެވެ. އެއާއި އެކު ސަރުކާރު ހޫނު ފެނަށް ވެއްޓުމުން އިސްލާމިން މިނިސްޓްރީން ބުނެފައިވަނީ، އެމްޑީއެންގެ މައްސަލަ އިސްލާމިކް މިނިސްޓްރީ އަށް އަމިއްލަ ފަރާތަކުން ކުރީ ސަރުކާރުގައި ހުށައަޅަފާއިވާ ކަމަށެވެ.

އެމްޑީއެން ރިޕޯޓް ހެދުމުގައި ޝަމިލްވި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ރައީސް އޮފީހުގައި މަސައްކަތް ކުރައްވާމުން ގެންދަވާ ނޫޝިން ވަހީދުގެ މައްޗަށް ތުހުމަތު ކުރެވުނެވެ. އެކަމަކު ހަމީދު ކުޑަ ދުވަސް ކޮޅަކަށް އެ ޖަމްއިއްޔާގައި މަސައްކަތް ކުރެއްވި ކަމަށާއި އެކަމަކު ރިޕޯޓް އުފެއްދުމުގައި ބައިވެރިނުވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. ފާޑު ކިޔުންތައް އަމާޒުވުމުން ނޫޝިން ވަނީ އެ ޖަމްއިއްޔާއިން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވައި، ރިޕޯޓް ހެދުމުގައި އޭނާގެ ދައުރެއް ނުވާނެ ކަމަށް ބުނެފައެވެ. އެމްޑީއެންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދިޔައިރު ރިޕޯޓް ލިޔުމުގައި އިސްކޮށް އުޅުނު ޝަހިންދާ އިސްމާއިލްއާ ޑރ. އަޒްރާ ނަސީމް ފުލުހަށް ހާޒިރުކުރަން ޗިޓް ފޮނުވިއެވެ. އެ ދެ މީހުންވެސް ރާއްޖެއިން ބޭރުގައި އުޅޭތީ ފުލުހަށް ހާޒިރުކުރެވިފައިނުވާ ކަމަށެވެ.

އެމްޑީއެން ރިޕޯޓް ލިޔުމުގައި އެ ދެމީހުންގެ އިތުރުން އިތުރު ދެ މީހަކު ބައިވެރިވިއެވެ. އެ ރިޕޯޓްގެ މައްސަލަ ބޮޑުވުމުން އެ ޖަމްއިއްޔާއިން އިން ވަނީ އެކަމަށް މާފަށް އެދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ބުނެފައެވެ. އަދި ހަމައެއާއި އެކު އެ ރިޕޯޓު ހެދުމުގައި އިސްލާމިކް މިނިސްޓްރީން ބައިވެރިވުންވާ ކަމަށްވެސް ޖަމްއިއްޔާއިން ބުނެއެވެ.

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2017

އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި، އަދިވެސް 27 ވަކީލެއް ސަސްޕެންޝަނުގަ!

30 ސެޕްޓެމްބަރު 2017
އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި، އަދިވެސް 27 ވަކީލެއް ސަސްޕެންޝަނުގަ!
04 ސެޕްޓެމްބަރު 2017

ބީބީސީން މިޔަންމާގެ ޓީވީ ޗެނަލް އާއި އެއްކޮށް ހަދައިފައިވާ އެއްބަސްވުން އުވާލައިފި

04 ސެޕްޓެމްބަރު 2017
ބީބީސީން މިޔަންމާގެ ޓީވީ ޗެނަލް އާއި އެއްކޮށް ހަދައިފައިވާ އެއްބަސްވުން އުވާލައިފި
09 އޯގަސްޓު 2017

ޔާމީން މަރާލީ ދީނަށް ފުރައްސާރަކުރާތީ، މިއީ ބަޔަކު ފަންޑުކުރި ކަމެއް ނޫން: ޕޮލިސް

09 އޯގަސްޓު 2017
ޔާމީން މަރާލީ ދީނަށް ފުރައްސާރަކުރާތީ، މިއީ ބަޔަކު ފަންޑުކުރި ކަމެއް ނޫން: ޕޮލިސް
09 އޯގަސްޓު 2017

ޔާމީން މަރާލީ ދީނަށް ފުރައްސާރަ ކުރާ މީހަކަށް ވާތީ ކަމަށް ގާތިލުން ބުނޭ:ޕޮލިސް

09 އޯގަސްޓު 2017
ޔާމީން މަރާލީ ދީނަށް ފުރައްސާރަ ކުރާ މީހަކަށް ވާތީ ކަމަށް ގާތިލުން ބުނޭ:ޕޮލިސް
27 ޖުލައި 2017

މާފުށީ ޖަލުގައި ގައިދީނަށް ބޮޑެތި އަނިޔާތަކެއް!

27 ޖުލައި 2017
މާފުށީ ޖަލުގައި ގައިދީނަށް ބޮޑެތި އަނިޔާތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު