Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކޮމިޝަން

އީސީން އިންޑިއާއެކު ސޮއިކުރި އެއްބަސްވުމަކީ ސިއްރު އެއްޗެއް ނޫން: އިލެކްޝަންސް

15 ޑިސެމްބަރު 2019 | އާދީއްތަ 07:04

އެ އެއްބަސްވުމުގެ މައިގަނޑު ދެ ކަމެއް ވަނީ ހިމަނާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 ޑިސެމްބަރު 2019 | އާދީއްތަ 07:04
ހުކުރު ދުވަހު ދެ ގައުމުގެ އީސީ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހުކުރު ދުވަހު ދެ ގައުމުގެ އީސީ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންޑިއާއެކު ސޮއިކުރި އެއްބަސްވުމަކީ ސިއްރު އެއްޗެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

އަކްރަމް މިހެން ވިދާޅުވީ، ދިވެހި ސަރުކާރު އަޑީގައި އޮވެގެން ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން އިންޑިއާ އާއިއެކު ސޮއިކުރި އެއްބަސްވުމުގެ ތަފްސީލް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަކާ ހިއްސާ ކުރުމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ގޮވާލެއްވުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އަކްރަމް ވަނީ އިލެކްޝަންސް ކޮމިޝަނުން އިންޑީއާއެކު ވެފައިވާ އެއްބަސްވުމުގެ މައުލޫމާތު ޓްވީޓާގައި ހިއްސާކުރައްވާފަ އެވެ. އަކްރަމް ވިދާޅުވީ އެ އެއްވަސްވުމުގައި ފާހަގަކޮށްފައިވާނީ މައިގަނޑު ދެ ކަމެއް ކަމަށެވެ. ފުރަތަމަ ކަމަކީ އިލެކްޝަންސް ކޮމިޝަނުގެ ސްޓާފުން ތަމްރީން ކުރުމުގައި، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާއެކު ވެފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި 2011 ވަނަ އަހަރުން ފެށިގެން އިންޑިއަން އިންސްޓިޓިއުޓް އޮފް ޑިމޮކްރަސީ އެންޑް އިލެކްޝަން މެނޭޖްމެންޓް (އައިއައިއައިޑީއެމް) އާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

ދެވަނަ ކަމަކަށް އެއެއްބަސްވުމުގައި ފާހަގަކޮށްފައިވަނީ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާ ދެމެދު ގުޅުން ބަދަހިކޮށް، އިންތިހާބުތަކުގެ ތަޖުރިބާއާއި މައުލޫމާތު ދެ ކޮމިޝަނުގެ ދެމެދުގައި ހިއްސާ ކުރުުން ކަމަށް އަކްރަމް ވިދާޅުވި އެވެ.

އިންތިހާބާ ގުޅެކަންކަމުގެ ހާމަކަން އިތުރުކުރުމުގެގޮތުން އިންތިހާބާބެހޭ ޤައުމީ ލަފާދޭ ކޮމެޓީގެ މެމްބަރުންނަށް ވޯޓު ގުނުމުގެ ޕްރޮސެސް ކުރިއަށްގެންދާގޮތުގެ ޑްރިލްއަށް ހޮނިހިރު ދުވަހު ވަނީ ދައުވަތުވެސްދީފަ އެވެ. އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީގައި ސިޔާސީ ޕާޓީތަކުގެ އިސްވެރިން ތިއްބަވަ އެވެ.

ގައުމީ ލަފާދޭ ކޮމެޓީގައި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އިސްވެރިން ހިމެނޭއިރު، ބައެއް އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ތިން ޖަމިއްޔާ ހިމެނެ އެވެ. އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ހިމެނެއެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަކީ، ވަރަށް ތަފާތު އިންތިހާބަކަށްވާއިރު، ރައްޔިތުންނަށާއި ވޯޓުލުމާއި ވޯޓު ގުނުމުގައި ކަންކަން ކުރައްވާނެ ގޮތްތަކާމެދު ފުޅާދާއިރާއެއްގައި އިލެކްޝަންސް ކޮމިޝަނުން ދަނީ މަޝްވަރާ ކުރެވި އަދި ބައެއް "ޑްރިލްތައް" ވެސް ބާއްވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެކޮމިޝަނުން ބާއްވާ އިންތިހާބުތަކަކީ ދެފުއްފެންނަ، މިނިވަން އިންސާފުވެރި އިންތިހާބުތަކެއް ކަމަށެވެ. އަދި މިހާރު ބާއްވަން ތައްޔާރުވާ ލޯކަލް ކައުންސިލް އިންތިހާބު ވެސް ދެފުއްފެންނަ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހައްދަވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުންތައްވެސް، މީޑިއާއަށް ހުޅުވާއިގެން ބޭއްވުމަށް ނިންމާފަ އެވެ. މީގެކުރިން އެކުލަވާލެވުނު އެކިއެކި އިންތިހާބުތަކާބެހޭ ލަފާދޭ ކޮމެޓީތަކުގެ ބައްދަލުވުންތައް މީޑިއާތަކަށް ހުޅުވާލާފައެއް ނުވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމެއް ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު ބާއްވަން ޖެހެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ޒައިދުލް އަމީންގެ ޝަރީޢަތް ސިއްރުކޮށްފި

25 އެޕްރީލު 2017
ޒައިދުލް އަމީންގެ ޝަރީޢަތް ސިއްރުކޮށްފި
20 އެޕްރީލު 2017

ރިޔާޒުގެ ޝަރީޢަތް ސިއްރުކޮށްފި

20 އެޕްރީލު 2017
ރިޔާޒުގެ ޝަރީޢަތް ސިއްރުކޮށްފި
13 އެޕްރީލު 2017

ޤާސިމްގެ ޝަރީއަތް ސިއްރުކޮށްފި

13 އެޕްރީލު 2017
ޤާސިމްގެ ޝަރީއަތް ސިއްރުކޮށްފި
16 މާރިޗު 2017

ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން

16 މާރިޗު 2017
ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
14 މާރިޗު 2017

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ
15 ފެބުރުއަރީ 2017

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް