Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް: ދައުރު ނިމިގެން ދިޔައިރު ޖުޑީޝަރީ އިސްލާހުކުރަން ކުރީ ކޮން ކަންތައްތަކެއް؟

14 ޑިސެމްބަރު 2019 | ހޮނިހިރު 14:47

މިދިޔަ ފަސް ދިހަ އަހަރެއްގެ ތެރޭގައި ފާހަގަވެފައިވާ ޖުޑީޝަރީ އާއި ގުޅުންހުރި ގިނަ ކަންކަމާއި ގުޅޭ ކަންކަން ދައުރުގެ ތެރޭގައި ހިންގިއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ޑިސެމްބަރު 2019 | ހޮނިހިރު 14:47
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

19 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެތައް ގޮތަކުން ތަފާތުވާނެ މަޖިލީހެއް ކަމަށް މަޖިލީހުގެ ރައީސް އާއި އެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ކަންކަން އިސްލާހުކޮށް ރާއްޖެ ހަމަމަގަށް އެޅުވުމަކީ އެމްޑީޕީން އެންމެ ގިނައިން ރައްޔިތުންގެ ކައިރީގައި ބުނާ ވާހަކަ އެވެ. ޚާއްސަކޮށް އަދުލު އިންސާފު ގާއިމުކޮށް ޖުޑީޝަރީ އިސްލާހުކުރުމުގެ ވައުދަކީ އެމްޑީޕީން ތަކުރާރުކޮށް ވަމުންދާ ވައުދަކަށް ވާއިރު އެމްޑީޕީން އެޖެންޑާ 19 ގެ ދަށުން ވެސް އެވައުދު ވަނީ ވެފައެވެ. އެ ވައުދާ އެއްގޮތަށް މަޖިލީހުގެ ތެރެއިން ކަންކަން ހިނގާތޯ ރައްޔިތުން ތިބީ ބަލާށެވެ. ވަކިން ޚާއްސަކޮށް ރައްޔިތުން އެމްޑީޕީއަށް އިތުބާރުކޮށް 65 މެމްބަރުންގެ ސުޕަރ މެޖޯރިޓީއެއް ދީ އެކަން އެމަގުން ކުރޭތޯ ރައްޔިތުން ބަލަން ބޭނުންވެއެވެ.

މިދިޔަ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ލ ގަމުގެ އެމްޑީޕީ ހަރުގޭގެ ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީން ރައްޔިތުންނަށް ދިން ތާޢީދުގެ ބޭނުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ހިފީ ފަނޑިޔާރުގެ އިސްލާހު ކުރުމަށްކަމަށް ކަމަށެވެ. އެހެންކަމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިންމާލާ މަޖިލިސް ދެ މަސްދުވަހުގެ ޗުއްޓީއަކަށް ގޮސްފައިވާއިރު ނިމިގެންދިޔަ ދައުރުގައި މަޖިލީހުގެ ތެރެއިން ޝަރުޢީ ނިޒާމު އިސްލާހުކުރުމަށް ކުރެވިފައިވާ ކަންތައްތަކަށް ކޮންމެހެން ބަލާލަން އެބަޖެހެއެވެ.

ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު އާންމުންނަށް މަޖިލީހުގެ ރައީސަށް ސުވާލުކުރުމުގެ ފުރުސަތު ދީގެން ކުރިޔަށްގެންދިޔަ " އާސްކް ސްޕީކާ" ޕްރޮގްރާމްގައި ނިމިގެންދިޔަ ދައުރުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޖުޑީޝަރީ އިސްލާހުކުރުމުގެ ގިނަ މަސައްކަތްތަކެއް ނިމިގެން ދިޔަ ދައުރުގެ ތެރޭގައި ކުރެވުނު ކަމަށެވެ. ވަކިން ޚާއްސަކޮށް ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ބަދަލުކުރެވި ފަނޑިޔާރުންގެ ޤާނޫނާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށްވެސް އިސްލާހު ގެނެވެފައިވާ ކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

ނިމިގެންދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުން ޖުޑީޝަރީ އާއި ގުޅުންހުރި މަސައްކަތްތަކުގެ ތެރެއިން ކޮށްފައިވާ މަސައްކަތްތަކަކީ :

މީގެއިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޟީގެ މަގާމުގައި ކުރިން ހުންނެވި އަލްއުސްތާޛު އަޙްމަދު ހައިލަމް ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ހައިލަމް އެމަގާމުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމާފައެވެ. ނަމަވެސް އެމައްސަލާގައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމުގެ ކުރިން ހައިލަމް ވަނީ އަމިއްލަފުޅަށް އިސްތިޢުފާ ދެއްވާފަ އެވެ.

މީގެއިތުރުން ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި އަލްއުސްތާޛު ޢައިނާން ޢަލީ މުޙައްމަދު، އާއި ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަދުނާން ޙުސައިން، ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ދިރާސާކޮށްފަ އެވެ. ޖުޑީޝަރީ ކޮމިޓީން ނިންމާފައިވަނީ މި ދެ މެޖިސްޓްރޭޓުންވެސް މަގާމުން ވަކިކުރުމަށެވެ. ނަމަވެސް މިމައްސަލަ އާއި ގުޅޭގޮތުންވެސް މަޖިލީހުގެ ތަޅުމުން ގޮތެއް ނުނިމި އުޅެނިކޮށް ދެ ބޭފުޅުންވެސް ވަނީ އަމިއްލަފުޅަށް އިސްތިޢުފާ ދެއްވާފަ އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު ޢައްޔަންކުރުމަށް ޖުޑީޝަރީ ކޮމިޓީން މިމައްސަލަ ދިރާސާކޮށް ނިންމި ގޮތް ތަޅުމާހަމައަށް އައި ނަމަވެސް ތަޅުމުން ވަނީ ކޮމިޓީން ތަޅުމާ ހަަމައަށް ގެނައި ދެ ނަން ފާސްކުރަން ނުފެންނަކަމަށް ވޯޓު ދީފަ އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެކޯޓަށް ޢައްޔަނުކުރުމަށް ފާސްކުރި ފަސް ފަނޑިޔާރުންނެވެ. އެއީ ޑރ އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނުކުރުމަށް ފާސްކުރި އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އާއި އެކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނުކުރުމަށް ފާސްކުރި އަލްއުސްތާޛު ޙުސްނުއްސުޢޫދު އެވެ. ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވަންޖެހެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ބެންޗު އާ ވެގެންދިޔުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއްގައި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ހަމައެކަނި ފަނޑިޔާރުން ބަދަލުވުމަކުން ޝަރުޢީ ނިޒާމު އިސްލާހުވެގެންދާނެ ކަަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ނިޒާމުތައް ހަރުދަނާ ކުރުމާއި މީހުން ތަމްރީނު ކުރުމާއި ފަނޑިޔާރުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން އަޅާލުމާއި ވަރަށް ގާތުން ފަނޑިޔާރުންގެ ހުރިހާ ކަމެއް ބެލުން އެއީ ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކުރަން ހުރި ކަންތައްތައް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މީގެއިތުރުން ޖުޑީޝަރީއާއި ގުޅުންހުރި ޤާނޫނުތަކަށް އިސްލާހު ގެންނަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޯޓުތަކާއި ގުޅޭ ޤާނޫނާއި ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލެއް ޑްރާފްޓްކުރުން ޖުޑީޝަރީ ކޮމިޓީގައި އޮތްއިރު އެ މަސައްކަތް ދެން ކުރެވިގެންދާނީ އަންނަ ދައުރުގަ އެވެ.

ޖުޑީޝަރީ އިސްލާހުކުރުމުގެ މުހިންމު ކަންތައްތަކެއް ރައްޔިތުންގެ މަޖިލީހުގައި ނިމިގެންދިޔަ ދައުރުގައި ކޮށްފައި ހުރި ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ދެން އޮތީ މިކަންކަމުން ނިކުންނަ ނަތީޖާ ބެލުމެވެ. ރައްޔިތުންގެ އަބަދުވެސް ދައްކާ ވާހަކައަކީ ހަރާބުވެފައިވާ ފަނޑިޔާރުގެ ސާފުކުރަންޖެހޭ ވާހަކަ އެވެ. އެކަން އެމްޑީޕީގެ މެޖޯރިޓީ އާއެކު މަޖިލީހުން އެދަނީ ކުރަމުންނެވެ. ދެން އޮތީ ޖުޑީޝަރީ އިސްލާހުކުރުމަށް ކުރަމުން މިދާ މަސައްކަތްތަކުގެ ނަތީޖާ ބެލުމެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް