Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޗައްޕަކް

ފިލްމު ''ޗައްޕަކް'' ގެ ޓްރެއިލަރ އަށް ތައުރީފު އޮހެނީ!

13 ޑިސެމްބަރު 2019 | ހުކުރު 14:08

ފިލްމު ރިލީޒް ކުރަނީ އަންނަ މަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 13 ޑިސެމްބަރު 2019 | ހުކުރު 14:08
\'ޗައްޕަކްގެ ޓްރެއިލަރގައި ދިޕިކާ

\'ޗައްޕަކްގެ ޓްރެއިލަރގައި ދިޕިކާ

އެސިޑްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމު ''ޗައްޕަކް'' ގެ ޓްރެއިލަރ ދާދި ފަހުން ނެރެފައިވާއިރު އެ ޓްރެއިލަރ އަށް ގިނަ ބައެއް ދަނީ ތައުރީފު ކުރަމުންނެވެ.

ދިޕިކާ ޕަދުކޮށް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލަރ އޭނާ ވަނީ އިންސްޓަގްރާމްގައި އާންުމުކޮށްފައެވެ. މި ޓްރެއިލަރ އާންމު ކުރުމާއި ގުޅިގެން ދިޕިކާގެ އެކްޓިންގްއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. އެގޮތުން މި ރޯލަށް އެންމެ ރަނގަޅީ ދިޕިކާ ކަމަށް ވެސް އެއްބަޔަކު ބުންޏެވެ. ގިނަ ބަޔަކު ބުނެފައިވަނީ މި ޓްރެއިލަރ ފެނިފައި ވަރަށް ދެރަވި ކަމަށެވެ. އަދި މި ފިލްމްގައި ހަމަ ޔަޤީނުން ވެސް ދިޕިކާގެ އެކްޓިންގްއަށް އެވޯޑެއް ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބުނެ ވަރަށް ގިނަ ފަރާތްތަކުން ކޮމެންޓް ކޮށްފައިވާއިރު އެ އެންމެން ވެސް ތިބީ ފިލްމް ނިކުންނާނެ ދުވަހެއްގެ އިންތިޒާރުގައި ކެތް މަދުވެފައެވެ.

މި ފިލްމުގެ ޓްރެއިލަރ ފެނިގެންދަނީ ލަކްޝްމީގެ މޫނަށް އެސިޑް ޖެހުމަށްފަހު ދިމާވާ ކަންތައްތަކެވެ. އެގޭތެރެގައި އެސިޑްގެ ހަމަލާތައް ހުއްޓުވުމަށް ލަކްޝްމީ އިސް ހުރެ ކުރި ކެމްޕޭނުތައްވެސް ދައްކުވައިދެއެވެ. ޓްރެއިލަރގައި، އެސިޑް ވިއްކުން މަނާކުރުމަށް ލަކްޝްމީ ކުރާ މަސައްކަތްވެސް ފެނިގެންދެއެވެ.

ޓްރެއިލާ ލޯންޗު ކުރުމުގެ ހަފްލާގައި ލަކްޝްމީގެ ހަޔާތުގެ ވާހަކަތައް ދައްކަމުންގޮސް ދިޕިކާ ފެންކަޅިވެ ވާހަކަ ކުރިޔަށް ނުގެންދެވިގެން އިރުކޮޅަކަށް ހުއްޓާލަން ޖެހުނެވެ.

މޭގްނާ ގުލްޒާރު ޑައިރެކްޓް ކުރާ މި ފިލްމު ނެރެން ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. އިންޑިއާގެ ވެރިރަށް ދިއްލީ އަށް އުފަންވި ލަކްޝްމީގެ މޫނަށް އެސިޑް ޖަހާފައިވަނީ އޭނާގެ އުމުރުން 15 އަހަރުގައި ދިއްލީގެ ހާން މާރުކޭޓުގައި ހުއްޓާއެވެ. ލަކްޝްމީގެ މޫނަށް އެސިޑް ޖެހީ އޭނާގެ ރައްޓެއްސެއްގެ ބޭބެއާ ކައިވެނި ކުރަން ދެކޮޅު ހެދުމުންނެވެ.

އެ ހާދިސާ އަށް ފަހު އާއިލާގެ އެހީއާ އެކު ލަކްޝްމީ ވަނީ އެމީހުންނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. ހަތަރު އަހަރުވަންދެން ކޯޓުގައި ކުރިޔަށް ދިޔަ މައްސަލަ އަށް ފަހު ލަކްޝްމީ މޫނަށް އެސިޑް ޖެހި ގުއްޑޫ 10 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމް ކުރިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

21 ފެބުރުއަރީ 2017
"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ
12 ފެބުރުއަރީ 2017

ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި

12 ފެބުރުއަރީ 2017
ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
12 ޖެނުއަރީ 2017

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް

12 ޖެނުއަރީ 2017
ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
10 ޖެނުއަރީ 2017

ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

10 ޖެނުއަރީ 2017
ފިލްމު "ކޮންގް: ސްކަލް އައިލޭންޑް" ގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
10 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ

10 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ
08 ޖެނުއަރީ 2017

"ރަންގޫން" ގެ އޮފިޝަލް ޓްރެއިލަރ އަށް އެއްދުވަސްތެރޭ ނުވަ މިލިއަން ވިއުސް

08 ޖެނުއަރީ 2017
 "ރަންގޫން" ގެ އޮފިޝަލް ޓްރެއިލަރ އަށް އެއްދުވަސްތެރޭ ނުވަ މިލިއަން ވިއުސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް