Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެޓެރިނަރީ ކްލިނިކް

ވެޓެރިނަރީ ކްލިނިކް ހިންގުމަށް ޝައުޤުވެރި ވާނަމަ މިނިސްޓްރީން އެހީވާނެ: ފިޝަރީޒް މިނިސްޓްރީ

އެއީ ޕްރައިވެޓް ސެކްޓަރ އިން ކުރަން ރަނގަޅު މަސައްކަތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޑިސެމްބަރު 2019 | ހުކުރު 07:32
ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ޝަބާއު

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ޝަބާއު

ޖަނަވާރުންނަށް ޚިދުމަތް ދޭ "ވެޓެރިނަރީ ސަރވިސް" ދިނުމަކީ ރަނގަޅު މަސައްކަތެއް ކަމަށާއި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ބުރާސްފަތި ދުވަހު "ނުވަގަޑިމީޑިއާ" ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ޝަބާއު ވިދާޅުވީ، ވެޓެރިނަރީ ޚިދުމަތް ދިނުމަށް އެންމެ ތަނެއް ހުރުމުން ރައްޔިތުންގެ ޑިމާންޑް އެކަމަށް ވަރަށް ބޮޑު ކަމަށާއި، ޕްރައިވެޓް ސެކްޓަރ އިން ޝަައުޤުވެރިވާނަމަ އެއީ ކުރަން ރަނގަޅު މަސައްކަތެއް ކަަމަށެވެ.

އެގޮތުން އެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ ގައިޑްލައިންސްއާއި، ކްލިނިކުގެ ލޭއައުޓު ފަދަ ކަންކަމުގެ އިތުރުން، އެފަދަ ހުރިހާ ޚިދުމަތެއް ޤާއިމު ކުރުމުގައި މިނިސްޓްރީގެ އެއްބާރުލުން ދޭނެ ކަމަށް ޝަބާއު ވިދާޅުވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖަނަވާރަށް ފަރުވާދޭ ކްލިނިކް ހުޅުވާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތުން ވިލިމާލޭގައި ޤާއިމުކޮށްފައިވާ މި ސެންޓަރުން ހަމައެކަނި ފަރުވާ ދެނީ ބުޅަލަކަށް ނޫނެވެ. އޭގެ އިތުރުން، ރާއްޖޭގައި ގިނަ އަދަދަކަށް ގެންގުޅޭ ގުރާގެ އާއިލާގެ ވައްތަރުތަކާއި ދޫނިސޫފާ ސޫފީގެ އިތުން ބައެއް ޖަނަވާރުތަކަށް ވެސް މި ސެންޓަރުން ފަރުވާ ދެއެވެ.

ނަމަވެސް އެންމެ ސެންޓަރެއް ހުރުމާއެކު ޖާގައިގެ ދަތިކަމާއި، އެޕޮއިންޓްމަންޓް ލިބުމުގެ ދަތިކަމުގެ އިތުރުން ބައެއް ވެކްސިންތައް އަދިވެސް ނުލިބޭ ކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރެއެވެ.

އެކަމާ ގުޅޭގޮތުން ޝަބާއު ވިދާޅުވީ، އެކަންކަން ހައްލު ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށާއި، ވެޓް ކްލިނިކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

އޭގެ އިތުުރުން، ކޮންޓްރެކްޓެއްގެ ދަށުން މިއަހަރު އަލަށް ފިލިޕީންސް އިން ވެޓް ޚިދުމަތްދޭ ޑޮކްޓަރެއްވެސް ގެނެސްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީން ޤާއިމު ކޮށްފައިވާ ނޭޝަނަލް ވެޓް ކްލިނިކުން ޖަނަވާރުންނަށް ފަރުވާދޭ ޑޮކްޓަރަށް ދައްކަން 50ރ. ނަގާއިރު އެހެން ހުރިހާ ހިދުމަތަކަށް ނަގަނީ 100ރ. އެވެ. އެގޮތުން ޕްރައިވެޓް ސެކްޓަރ އިން މި މަސައްކަތް ފެށުމަށް މިނިސްޓްރީން ވަރަށް ބޮޑަށް ބާރުއަޅައެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ

20 އެޕްރީލު 2017
ޤާސިމްގެ ޗެލެންޖު ރައީސް ޔާމީނަށް: ކެރިވަޑައިގަންނަވާނަމަ ވެރިކަމުގެ ސައްހަކަން ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަންނަވާ
15 އެޕްރީލު 2017

ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ

15 އެޕްރީލު 2017
ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ
01 އެޕްރީލު 2017

އައިޖީއެމްއެޗް ފްލޫ ކްލިނިކް މާދަމާ ބަންދުކުރަނީ!

01 އެޕްރީލު 2017
އައިޖީއެމްއެޗް ފްލޫ ކްލިނިކް މާދަމާ ބަންދުކުރަނީ!
23 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

23 މާރިޗު 2017
 ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ
23 މާރިޗު 2017

އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި

23 މާރިޗު 2017
އޭޑީކޭ ފްލޫ ކްލިނިކްތަކުގެ ޚިދުމަތް މެދުކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު