Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަހްމަދު މަހްލޫފް

މިއަހަރުގެ ސައުތް އޭޝިއަން ގޭމްސްއަކީ ރާއްޖެއަށް ކާމިޔާބު ގޭމްސް އެއް: މަހްލޫފް

11 ޑިސެމްބަރު 2019 | ބުދަ 04:30

މިއަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ ފަސް މެޑަލް ހޯދައިފަ

އަތޫފް އާތިފް
އަތޫފް އާތިފް | 11 ޑިސެމްބަރު 2019 | ބުދަ 04:30
ހަސަން ސާއިދު (ކ) އަހްމަދު މަހްލޫފް (ވ)

ހަސަން ސާއިދު (ކ) އަހްމަދު މަހްލޫފް (ވ)

ޑިސެމްބަރު މަހު 1 ކުން 10 އަކަށް ނޭޕާލުގައި ކުރިޔަށްދިޔަ ސައުތު އޭޝިއަން ގޭމްސް އަކީ ރާއްޖެއަށް މިހާތަނަށް އެންމެ ކާމިޔާބު ގޭމްސް ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ކުޅިވަރާއި ބެހޭ ވަޒީރު މަޚްލޫފް ވިދާޅުވީ ސައުތު އޭޝިއަން ގޭމްސްގެ 35 އަހަރުވީ ދިގު ތާރީޚުގައި މިހާތަނަށް ރާއްޖެއަށް ހޯދިފައިވަނީ އެންމެ ހަތަރު މެޑަލް ކަމަށާއި ނަމަވެސް މިއަހަރުގެ ގޭމްސްގައި ރާއްޖެއިން ފަސް މެޑައްޔެއް ހޯދައިފައިވާ ކަމަށެވެ.

މިއަހަރުގެ ގޭމްސްއަށް ތައްޔާރުވުމަށް އެސޯސިއޭޝަނުން އެދުނު ހުރިހާ ކަމެއް ސަރުކާރުން ކޮށްދީފައިވާ ކަން ފާހަގަ ކުރައްވައި މިނިސްޓަރ މަޚްލޫފް ވިދާޅުވީ މިއަހަރުގެ ގޭމްސްއަށް ވެސް ސަރުކާރުން ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށާއި އެ ކުރެވުނު ޚަރަދާއި، މަސައްކަތަށް ބަލާފައި މިއަހަރުގެ މުބާރާތުން ނެރުނު ނަތީޖާ އާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. ނަމަވެސް ބައެއް ކުޅިވަރުތައް ނިމިގެންދިޔައީ އެންމެ އެދޭ ގޮތަކަށް ނޫން ކަމަށާއި އެގޮތުން ފުޓުބޯޅަ ދިޔައީ ހީކުރި ގޮތާއި ޚިލާފަށް ކަމަށެވެ.

މިއަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ ޖުމުލަ ފަސް މެޑައްޔެއް ހޯދައިފައެވެ. އެގޮތުން މިއަހަރުގެ ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދި ރަން މެޑައްޔަކީ މި މުބާރާތުގައި ދިވެހި އެތްލީޓަކު ހޯދި ފުރަތަމަ ރަން މެޑައްޔެވެ. ސާއިދު ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމުންނެވެ. މީގެ އިތުރުން ސާއިދު ވަނީ 200 މީޓަރު ދުވުމުން ލޯ މެޑަލް ވެސް ހޯދައިފައެވެ. މި މެޑަލް ތަކާއެކު ސާއިދު ވެގެން ގޮސްފައިވަނީ މި މުބާރާތުގައި ރާއްޖޭގެ އެންމެ ކާމިޔާބު އެތްލީޓަށެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީޓީ ޓީމު ވަނީ ޞަރަޙައްދުގެ ގަދަ ބާރުތަކާ ވާދަކޮށް ލޯ މެޑަލް ހޯދައިފައެވެ. ޓީޓީގެ އިތުރުން އަންހެން ފުޓުބޯޅަ ޓީމުން ވެސް ވަނީ މި މުބާރާތުގައި ފުރަތަމަ ފަހަރަށް މެޑައްޔެއް ހޯދައިފައެވެ. މީގެ އިތުރުން ޤައުމީ އަންހެން ބާސްކެޓް ބޯޅަ ޓީމުން ވަނީ ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ މުބާރާތަކުން މެޑައްޔެއް ހޯދައިފައެވެ. އަންހެން ބާސްކެޓް ޓީމުން ހޯދައިފައިވަނީ ލޯ މެޑައްޔެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

04 މާރިޗު 2017

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް
04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
12 ފެބުރުއަރީ 2017

މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

12 ފެބުރުއަރީ 2017
މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ
11 ފެބުރުއަރީ 2017

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް