Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޗައްޕަކް

އެސިޑްގެ ޝިކާރައަކަށްވި ލަކްޝްމީގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމު ''ޗައްޕަކް'' ގެ ޓްރެއިލާ ނެރެފި

ފިލްމު ރިލީޒް ކުރަނީ އަންނަ މަހު

އަލީ ސަމާޚް
އަލީ ސަމާޚް | 10 ޑިސެމްބަރު 2019 | އަންގާރަ 13:45
\'ޗައްޕަކްގެ ޓްރެއިލާ ގައި ދިޕިކާ

\'ޗައްޕަކްގެ ޓްރެއިލާ ގައި ދިޕިކާ

އެސިްޑްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމު ''ޗައްޕަކް'' ގެ ޓްރެއިލާ ނެރެފިއެވެ.

ދިޕިކާ ޕަދުކޮށް ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގެ ޓްރެރިއލަރ ފެނިގެންދަނީ ލަކްޝްމީގެ މޫނަށް އެސިޑް ޖެހުމަށްފަހު ދިމާވާ ކަންތައްތަކެވެ.

އެގޭތެރެގައި އެސިޑްގެ ހަމަލާތައް ހުއްޓުވުމަށް ލަކްޝްމީ އިސްވެގެން ކުރި ކެމްޕޭނުތައްވެސް ދައްކުވައިދެއެވެ. އަންގާރަ ދުވަހު އާއްމު ކޮށްފައިވާ ޓްރެއިލާގައި، އެސިޑް ވިއްކުން މަނާކުރުމަށް ލަކްޝްމީ ކުރާ މަސައްކަތްވެސް ފެނިގެންދެއެވެ.

ޓްރެއިލާ ލޯންޗު ކުރުމުގެ ހަފްލާގައި ލަކްޝްމީގެ ހަޔާތުގެ ވާހަކަތައް ދައްކަމުންގޮސް ދިޕިކާ ފެންކަޅިވެ ވާހަކަ ކުރިޔަށް ނުގެންދެވިގެން އިރުކޮޅަކަށް ހުއްޓާލަން ޖެހުނެވެ.

މޭގްނާ ގުލްޒާރު ޑައިރެކްޓް ކުރާ މި ފިލްމު ނެރެން ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. އިންޑިއާގެ ވެރިރަށް ދިއްލީ އަށް އުފަންވި ލަކްޝްމީގެ މޫނަށް އެސިޑް ޖަހާފައިވަނީ އޭނާގެ އުމުރުން 15 އަހަރުގައި ދިއްލީގެ ހާން މާރުކޭޓުގައި ހުއްޓާއެވެ. ލަކްޝްމީގެ މޫނަށް އެސިޑް ޖެހީ އޭނާގެ ރައްޓެއްސެއްގެ ބޭބެއާ ކައިވެނި ކުރަން ދެކޮޅު ހެދުމުންނެވެ.

އެ ހާދިސާ އަށް ފަހު އާއިލާގެ އެހީއާ އެކު ލަކްޝްމީ ވަނީ އެމީހުންނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅާފައެވެ. ހަތަރު އަހަރުވަންދެން ކޯޓުގައި ކުރިޔަށް ދިޔަ މައްސަލަ އަށް ފަހު ލަކްޝްމީ މޫނަށް އެސިޑް ޖެހި ގުއްޑޫ 10 އަހަރަށް ޖަލަށްލާން ކޯޓުން ހުކުމް ކުރިއެވެ.

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2017

އާމިރު ޚާންގެ މައްޗަށް އަޖޭ ބޮކްސް އޮފީހުގައި ކުރި ހޯދައިފި

28 އޮކްޓޯބަރު 2017
އާމިރު ޚާންގެ މައްޗަށް އަޖޭ ބޮކްސް އޮފީހުގައި ކުރި ހޯދައިފި
17 ސެޕްޓެމްބަރު 2017

ޑިޓިއުންގެ "ނަށާލާ" ޗެލެންޖް: ބޭންޑާއެކު ސްޓޭޖް މައްޗަށް

17 ސެޕްޓެމްބަރު 2017
ޑިޓިއުންގެ "ނަށާލާ" ޗެލެންޖް: ބޭންޑާއެކު ސްޓޭޖް މައްޗަށް
19 އޯގަސްޓު 2017

އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ މައްޗަށް ދައުވާކޮށްފި

19 އޯގަސްޓު 2017
އެންޖެލީނާ ޖޯލީ އާއި ބްރެޑް ޕިޓްގެ މައްޗަށް ދައުވާކޮށްފި
19 އޯގަސްޓު 2017

އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ

19 އޯގަސްޓު 2017
އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ
31 ޖުލައި 2017

މާދުރީގެ ހަޔާތުގެ މައްޗަށް އިނގިރޭސި ކޮމެޑީ ސީރީޒް އެއް އުފައްދަން ޕްރިޔަންކާ ނިންމައިފި

31 ޖުލައި 2017
މާދުރީގެ ހަޔާތުގެ މައްޗަށް އިނގިރޭސި ކޮމެޑީ ސީރީޒް އެއް އުފައްދަން ޕްރިޔަންކާ ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު