Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑިޓިއުން ބޭންޑް

ޑިޓިއުންގެ "ނަށާލާ" ޗެލެންޖް: ބޭންޑާއެކު ސްޓޭޖް މައްޗަށް

"ނަށާލާ ކަވަރ ޗެލެންޖް" ކުރިއަށް ދާނީ 30 ސެޕްޓެމްބަރުގެ ނިޔަލަށް

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 17 ސެޕްޓެމްބަރު 2017 | އާދީއްތަ 10:32
ޑި ޓިއުން ބޭންޑްގެ މެމްބަރުން: ފާތިމަތު "ފެޒޫ" ފެޒްލީން، އަހްމަދު "ފުޖީ" ފުރްގާން، އަލީ "އައްޔަ" ޝާފިއު، ހަސަން "ފާތި" ފާތިހު އަދި އަހްމަދު "އައްމަޑޭ" އާސިފް

ޑި ޓިއުން ބޭންޑްގެ މެމްބަރުން: ފާތިމަތު "ފެޒޫ" ފެޒްލީން، އަހްމަދު "ފުޖީ" ފުރްގާން، އަލީ "އައްޔަ" ޝާފިއު، ހަސަން "ފާތި" ފާތިހު އަދި އަހްމަދު "އައްމަޑޭ" އާސިފް

ޑިޓިއުން ބޭންޑްގެ ފުރަތަމަ އަލްބަމް "ވަން ޑައުން"ގެ ލަވައެއް ކަމަށްވާ "ނަށާލާ"އަކީ ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ ލަވައެކެވެ. ލަވައާ އެއްވަރަށް ލަވައިގެ ވީޑިއޯއަށް ވެސް އެހާމެ ތަރުހީބު ވަނީ ލިބިފައެވެ.

ޖުލައި 2015 ވަނަ އަހަރު ރިލީޒް ކޮށްފައިވާ މިލަވައިގެ ތަރުހީބު އަދިވެސް އެހާމެ ބޮޑެވެ. އެހެންކަމުން ޑިޓިއުން އިން ވަނީ ފޭނުންނާއި މިއުޒިކަށް ޝައުގު ހުންނަ ފަރާތްތަކަށް އަމާޒްކޮށް ވަރުގަދަ ޗެލެންޖެއް ކޮށްފައެވެ.

"ނަށާލާ ކަވަރ ޗެލެންޖް" ކިޔާ މި ޗެލެންޖްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަމިއްލަ ހިޔާލު ބޭނުން ކޮށްގެން ވީޑިއޯއެއް ތައްޔާރު ކުރުމަށް ފަހު ބޭންޑްގެ ފޭސްބުކް ޕޭޖަށް ޑައިރެކްޓް މެސެޖެއް ފޮނުވުމަށް ޑިޓިއުން އެދިފައިވެއެވެ.

އަދި ކަވަރ ފޮނުވާ ފަރާތްތަކުގެ ތެރެއިން ގަދަ ދޭއް ހޮވާނެ ކަމަށް ބޭންޑުން ބުންޏެވެ. އަދި ގަދަ ދޭކަށްދާ ކަވަރތައް ހުށަހެޅި ފަރާތްތަކަށް ބޭންޑާ އެކު، ރިސޯޓެއް އަދި މާލޭގައި، ސްޓޭޖް މަތީ ޕަރޕޯމް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ޑިޓިއުންއިން ބުންޏެވެ.

އަދި "ވަން ޑައުން" އަލްބަމްގެ ސޮއި ކޮށްފައިވާ ކޮޕީއެއް ވެސް އެ ދެ ފަރާތަށް ލިބޭނެއެވެ.

"އެއްވެސް ކުއްޖަކު ފަސް ނުޖެހޭތި. އަވަހަށް ވީޑިއޯތައް ފޮނުވާ. މަޖާކޮށްލަން ވާނެ،" ޑިޓިއުން އިން ބުންޏެވެ.

"ނަށާލާ ކަވަރ ޗެލެންޖް" ކުރިއަށް ދާނީ 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

އިތުރަށް ކިޔާލަން

21 ޖުލައި 2019

ސްޓޭޖް މަތީ ހުއްޓާ ސައިމަން އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި

21 ޖުލައި 2019
ސްޓޭޖް މަތީ ހުއްޓާ ސައިމަން އަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި
24 ޖޫން 2018

މައިކަލް ޖެކްސަން ބައްޕަ، ޖޯއަށް ޓަރމިނަލް ކެންސަރ ޖެހި ހަތަރުވަނަ ސްޓޭޖްގައި، ހާލު ވަރަށް ދެރަ

24 ޖޫން 2018
މައިކަލް ޖެކްސަން ބައްޕަ، ޖޯއަށް ޓަރމިނަލް ކެންސަރ ޖެހި ހަތަރުވަނަ ސްޓޭޖްގައި، ހާލު ވަރަށް ދެރަ
03 އޮކްޓޯބަރު 2017

ޑިޓިއުންގެ "ނަށާލާ" ޗެލެންޖް: 23 އަށް ވުރެ ގިނަ ވީޑިއޯ ލިބުނު

03 އޮކްޓޯބަރު 2017
ޑިޓިއުންގެ "ނަށާލާ" ޗެލެންޖް: 23 އަށް ވުރެ ގިނަ ވީޑިއޯ ލިބުނު
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު