Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮޑިޓް ރިޕޯޓު

މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ ތެރެއިން 114 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް ރިޕޯޓު

ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް 1166 ދަރިވަރަކަށް މަތީ ތައުލީމް ހާސިލު ކުރުމަށް ލޯނު ދޫކޮށްފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2019 | އަންގާރަ 12:04
ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް 1166 ދަރިވަރަކަށް މަތީ ތައުލީމް ހާސިލު ކުރުމަށް ލޯނު ދޫކޮށްފައިވޭ

ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް 1166 ދަރިވަރަކަށް މަތީ ތައުލީމް ހާސިލު ކުރުމަށް ލޯނު ދޫކޮށްފައިވޭ

މަތީ ތައުލީމަށް ދޫކުރި ލޯނުތަކުގެ ތެރެއިން 114 މިލިއަން ރުފިޔާ ނުލިބޭކަން އޮޑިޓް ރިޕޯޓްއިން ހާމަވެއްޖެ އެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ 2018ގެ އޮޑިޓް ރިޕޯޓްގައި ބުނީ 1990 އިން ފެށިގެން 2018ގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް 1166 ދަރިވަރަކަށް މަތީ ތައުލީމް ހާސިލު ކުރުމަށް ދޫކޮށްފައިވެއެވެ. އެގޮތުން 140،089،935 (ސަތޭކަ ސާޅީސް މިލިއަން އަށްޑިހަ ނުވަހާސް ނުވަ ސަތޭކަ ތިރީސް ފަހެއް) ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށެވެ. މީގެ ތެރެއިން އެ ތާރީޚުގެ ނިޔަލަށް 140.09 މިލިއަން ރުފިޔާ މަތީ ތައުލީމްގެ ލޯންގެ ގޮތުގައި ދޫކޮށްފައިވާ އިރު 114،128،300 (ސަތޭކަ ސާދަ މިލިއަން އެއްސަތޭކަ އަށާވީސް ހާސް ތިންސަތޭކަ) ރުފިޔާ ލިބިފައިނުވާ ކަމަށް މިނިސްޓްރީގެ ރިކޯޑުތަކުން ދައްކާ ލަމަށެވެ.

Advertisement - newsAdvertisement

އޭގެއިތުރުން މަތީ ތައުލީމް ހާސިލްކުރުމަށް ދޫކޮށްފައިވާ ލޯންތަކުގެ ތެރެއިން މިހާތަނަށް ލިބެންޖެހޭ ފައިސާގެ އަދަދު ކަށަވަރުކުރެވޭ ގޮތަށް ކަމާގުޅޭ ކޮންޓްރޯލްތައް ގާއިމްކޮށްފައިނުވާ ކަމަށާއި އަދި އެކަމާ ގުޅޭ ހިސާބުތައްވެސް ރަނގަޅަށް ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ވާގޮތުން ފައިސާ ބަލައިގަންނަ ކޮންމެ އޮފީހަކުން ނުވަތަ ފައިސާ ބަލައިގަންނަ ކޮންމެ ތަނަކުންވެސް ބަލައިގަންނަ ފައިސާގެ ހިސާބު ބަލަހައްޓަންވާނެއެވެ.

މީގެއިތުރުން މަތީ ތައުލީމު ހާސިލްކުރުމަށް އެކި ސްކީމްތަކުގެ ދަށުން ދޫކޮށްފައިވާ ލޯންތަކަށް މިހާތަނަށް ލިބެންޖެހޭ އަދަދާއި ދަރިވަރުން ފައިސާ ނުދައްކައި ހޭދަވަނީ ކިހާ މުއްދަތެއް ބެލެހެއްޓިފައި ނެތް ކަންވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެ މައްސަލައިގައި ހިސާބުތައް ފުރިހަމައަށް ބަލަހައްޓައި އަދި އެކަށީގެންވާ މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ފޮނުވުމަށް އޮޑިޓް އޮފީހުން ލަފާދީފައިވެއެވެ.

ބީއެމްއެލް މެދުވެރިކޮށް ދޫކޮށްފައިވާ ލޯންތައްވެސް ގަވާއިދުން ދައްކާފައި ނުވާކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައިވެއެވެ. އެ ލޯންތައް އަނބުރާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަން 2017 ވަނަ އަހަރުވެސް އޮޑިޓް އޮފީހުން ނެރުނު ޕަރފޯރމެންސް އޮޑީޓުގައި ފާހަގަކޮށްފައިވެއެވެ.

'ނެޝެނަލް ސްޓޫޑަންޓް ލޯން ސްކީމް'ގެ ދަށުން 2018 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 1،396،199،973 (އެއް ބިލިއަން ތިން ސަތޭކަ ނުވަ ދިހަ ހަ މިލިއަން އެއް ސަތޭކަ ނުވަދިހަ ނުވަ ހާސް ނުވަ ސަތޭކަ ހަތްދިހަ ތިނެއް) ރުފިޔާ ދޫކޮށްފައިވާއިރު އެ އަހަރުގެ ނިޔަލަށް 'އޯވަރޑިއު' ގެ އަދަދު 40،450،081 (ސާޅީސް މިލިއަން ހަތަރަރު ސަތޭކަ ފަންސާސް ހާސް އަށްޑިހަ އެކެއް) ރުފިޔާއަށް އަރައެވެ. އަދި ލޯން ސްކީމް ފޯ އެޑިއުކޭޝަނަލް އެސިސްޓެންޓްގެ ދަށުން 3.4 މިލިއަން ރުފިޔާ އަނބުރާ ލިބިފައެއް ނުވެއެވެ.

އޮޑިޓް ރިޕޯޓުގައި ވާގޮތުން "ނެޝަނަލް ސްޓޫޑަންޓް ލޯން ސްކީމް 2" ގެ ދަށުން އެ ބޭންކުން 85 ދަރިވަރަކަށް ޖުމްލަ 7،133،493 (ހަތް މިލިއަން އެއް ސަތޭކަ ތިރީސް ތިން ޙާސް ހަތަރު ސަތޭކަ ނުވަދިހަ ތިނެއް) މިލިއަން ރުފިޔާ ލޯންގެ ގޮތުގައި ދޫކޮށްފައިވެއެވެ. 21 ދަރިވަރުން ލޯން އެއްކޮށް ދައްކާ ޚަލާސްކޮށްފައިވާއިރު 64 ދަރިވަރަކު މިދޔަ އޯގަސްޓް މަހާއި ހަމައަށް 4.8 މިލިއަން ރުފިޔާ ދައްކާފައިނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި

މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ މަސައްކަތް ފަށައިފި

01 މާރިޗު 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު