Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނުއަސާސީ އިސްލާހު ކުރުން

ސިއްރު ވޯޓަކުން ކައުންސިލްގެ ރައީސުން އިންތިހާބުކުރަންޖެހޭގޮތަށް، ގާނޫނު އަސާސީ އިސްލާހްކޮށްފި

ކައުންސިލްތަކުގެ އުމުރު 5 އަހަރަށް އިތުރުކުރުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 ޑިސެމްބަރު 2019 | އާދީއްތަ 10:36
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު

ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދިމިގްރާތީ އުސޫލުތަކުގެ މަތިންނެގޭ ސިއްރު ވޯޓަކުން ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިޚާބު ކުރަންޖެހޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރައްވައިފި އެވެ.

އެގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ފާސްކޮށްފައިވަނީ، މިމަހުގެ ތިން ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި، 69 މެމްބަރުންގެ ވޯޓާއިއެކުއެވެ.

އެ އިސްލާހުގައިވާ ގޮތުން، އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން، އެ ކައުންސިލުގައި ހިމެނެންވާނީ އެ އިދާރީ ދާއިރާގައި ހިމެނޭ ރަށު ކައުންސިލުތަކަށް އިންތިޙާބު ކުރާ ރައީސުން ކަމަށް ވެސް އިސްލާހު ގެނެސްފައިވެއެވެ.

ކައުންސިލްތަކުގެ ރައީސުންނާއި، ސިޓީ ކައުންސިލްތަކުގެ މޭޔަރުން ސިއްރު ވޯޓަކުން އިންތިޚާބު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމުގެ އިތުރުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ އުމުރު 5 އަހަރަށް ދިގު ކުރުމަށްވެސް ވަނީ އިސްލާހުކޮށްފައެވެ.

11 މެމްބަރުންގެ މައްޗަށް އެކުލަވާލެވުނު ސަބްކޮމެޓީއިން ބިލު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް އިސްލާހު ހުށަހެޅުއްވުމަށް މުޅި މަޖިލީހުގެ ކޮމެޓީގެ ބައްދަލުވުމުގައި މެމްމަބަރުންނަށް ދެވުނު ފުރުސަތުގައި އެއްވެސް އިސްލާހެއް ފޮނުއްވާފައެއް ނުވެއެވެ. ނަމަވެސް މުޅި މަޖިލީހުގެ ކޮމެޓީއިން ބިލް ދިރާސާ ކުރުމަށްފަހު އެކުލަވާލި ރިޕޯޓަށް އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދެ އިސްލާހެއް ހުށަހެޅުއްވިއެވެ.

މެމްބަރު ކޮމެޓީއިން އެކުލަވާލި ރިޕޯޓަށް ހުށަހެޅުއްވި އިސްލާހަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރަންވާނީ މިގާނޫނަށް އަމަލު ކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކަމަށެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ވާނީ ލޯކަލް ކައުންސިލްތައް އެކުލެވޭ ގޮތް ކަމަށް އަދި އެކައުންސިލްތައް އިންތިހާބުކުރަން ޖެހޭ ގޮތް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަމަށް ބިލުގެ 3 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމަށެވެ.

މި އިސްލާހަށް ވަކިން ވޯޓަށް އަހާފައިވާއިރު އިސްލާހު ފާސްވެފައިވަނީ 66 މެމްބަރުންގެ ވޯޓާއިއެކުއެވެ.

މެމްބަރު އާޒިމް ކޮމެޓީ ރިޕޯޓަށް ހުށަހެޅުއްވި ދެވަނަ އިސްލާހަކީ ބިލުގެ 4 ވަނަ މާއްދާއަށް ގެނައުމަށް ހުށަހެޅި އިސްލާހެކެވެ. 'ގާނޫނަށް އަމަލު ކުރަން ފަށާނީ މި ގާނޫނު ފާސްކޮށް ތަސްދީގު ކުރާ ފަހުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން' މިގޮތަށް މެމްބަރު ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ.

މި އިސްލާހަށް ވެސް ވަކިން ވޯޓަށް އަހާފައިވާއިރު އިސްލާހު ފާސްވެފައިވަނީ 66 ވޯޓާއިއެކުއެވެ.

ތަޅުމުގައި ހުށަހެޅުނު އިސްލާހުތަކާއި، މުޅި މަޖިލީހުގެ ކޮމެޓީއިން ހުށަހެޅު އިސްލާހުތަކާއި އެކު ގާނޫނު އަސާސީ އިސްލާހު ކުރުމަށް ފާސްކޮށްފައިވަނީ 69 މެމްބަރުންގެ ވޯޓާއި އެކުއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު