Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުގޮޅަ ރިހަ ކޭންތަ

"ލާމު ގޮޅަ ރިހަ ކޭންތަ" އިވެންޓުން މުޅި ލ. އަތޮޅު އިޝްތިހާރު ކޮށްލައިފި

8 ޑިސެމްބަރު 2019 | އާދީއްތަ 06:30

މިއީ ލ. އަތޮޅަށް ހާއްސަ ރިހައެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޑިސެމްބަރު 2019 | އާދީއްތަ 06:30
ގޮޅަ ރިހަ ކޭންތަ އިވެންޓްގެ ތެރެއިން

ގޮޅަ ރިހަ ކޭންތަ އިވެންޓްގެ ތެރެއިން

ކޮންމެ އަތޮޅަކަށް ވެސް ތަފާތު ކެއުމެއް ޚާއްޞަވެއެވެ. އައްޑޫ ބޮނޑި، ދިއްގަރު ރިހާކުރު ފަދައިން ލ. އަތޮޅަށް ޚާއްޞަ އެއްޗަކީ "ގޮޅަ ރިހަ" އެވެ.

އެ އަތޮޅުގެ ޒުވާނުންތަކެއް އިސްނަގައިގެން ލ. އަތޮޅު ޕްރޮމޯޓް ކުރުމަށް ހޮނިހިރު ދުވަހު ވަނީ މުޅި އަތޮޅުގެ އެކި ރަށްރަށުގައި ގޮޅަ ރިހަ ކެއްކުމުގެ ޚާއްޞަ ޙަރަކާތެއް ބާއްވާފައެވެ. ލާމު ޓުއަރޒް އިން ބުނީ މި އިޙަރަކާތަކީ އެ އަތޮޅުގެ އާދަ ކާދައާއި ޘަޤާފަތް ދިރުވާ އާލާކުރުމުގެ ގޮތުންނާއި، އެ އަތޮޅު ފަތުރުވެރިންނަށް އިޝްތިހާރު ކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ޙަރަކާތެއް ކަމަށެވެ.

މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ކޮންމެ ރަށެއްގެ ވެސް އަންހެނުން ކުރިއަރުވާ ކޮމިޓީއާއި ރަށު ކައުންސިލުތަކާއި އަދި ސިކްސް ސެންސަސް ލާމު ރިސޯޓާއި ގުޅިގެންނެވެ. މި ޙަރަކާތުގައި ކޮންމެ ރަށެއްގައި ވެސް ވަނީ ގޮޅަ ރިހަ ކައްކާ ޚާއްޞަ ކެއުމެއް ވެސް ބާއްވާފައެވެ.

ދިވެހިންގެ މެދުގައި މަޤުބޫލުކަމެއް ހޯދާފައި މި ރިހަ އަކީ ފަރުމަހާއި، ދިވެހި ހަވާދާއި، ހަވާދުގެ އެކި ބާވަތްތައް ބޭނުންކޮށްގެން ތައްޔާރު ކުރާ ރިހައެކެވެ. ޚާއްޞަ ޙަފުލާތަކުން ފެށިގެން ކައިވެނި ޕާޓީތަކުގައި ވެސް ބޭނުން ކުރާ މި ރިހަ އަކީ އެ އަތޮޅަށް އަންނަ ފަތުރުވެރިންގެ މެދުގައި ވެސް މަޤުބޫލު ރިހައެކެވެ.

ފޭސް ބުކް މެދުވެރިކޮށް ލައިވްކޮށް ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ މި ޙަރަކާތަކީ ވަރަށް ކާމިޔާބު ޙަރަކާތެއް ކަމަށް ލާމު ޓުއަރޒް އިން ބުނެއެވެ. އަދި މި ޙަރަކާތް ބޭއްވި މަޤުޞަދު ޙާޞިލުވެފައިވާ ކަމަށާއި، ބައެއް ރަށްރަށުން ކެއްކި ވީޑިއޯތަކަށް މިހާތަނަށް 20،000 އަށްވުރެ ގިނަ ވިއުސް އަދި އެތައް ބަޔަކު ސޯޝަލް މީޑީއާ ޕްލެޓްފޯރމްތަކުގައި ޝެއަރކޮށްފައިވާ ކަމަށް ލާމު ޓުއަރޒް އިން ބުނެއެވެ.

ވާދަވެރިކަމާއެކު ކުުރިއަށް ގެންދިޔަ މި ޙަރަކާތުގެ ތެރެއިން ފޭސްބުކް ވީޑިއޯތަކުގެ ތެރެއިން އެންމެ ގިނަ ވިއުސް މިހާތަނަށް ލިބިފައިވަނީ ލ. ހިތަދޫގެ ކެއްކުމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

18 ޖޫން 2023

އަމިއްލަ ނަފުސަށް އޮންނަ އިތުބާރަކީ ލޮލުގެ ފެނުމަށްވުރެ ފުރިހަމަ ނިޢުމަތެއްކަން ސާބިތުކޮށްދިން ރާޝިދުއާ ބައްދަލުކޮށްލަމާ؟

18 ޖޫން 2023
އަމިއްލަ ނަފުސަށް އޮންނަ އިތުބާރަކީ ލޮލުގެ ފެނުމަށްވުރެ ފުރިހަމަ ނިޢުމަތެއްކަން ސާބިތުކޮށްދިން ރާޝިދުއާ ބައްދަލުކޮށްލަމާ؟
03 ޖުލައި 2022

އަތްމަތި ދަތިވެ، އަޟްޙާ ޢީދުގެ ފުރިހަމަ އުފަލުން ޕާކިސްތާން މަޙްރޫމު ވަނީ

03 ޖުލައި 2022
އަތްމަތި ދަތިވެ، އަޟްޙާ ޢީދުގެ ފުރިހަމަ އުފަލުން ޕާކިސްތާން މަޙްރޫމު ވަނީ
08 ސެޕްޓެމްބަރު 2020

ސުޝާންތުގެ ހުވަފެނެއް އަންކިތާ ފުރިހަމަ ކޮށްދެނީ

08 ސެޕްޓެމްބަރު 2020
ސުޝާންތުގެ ހުވަފެނެއް އަންކިތާ ފުރިހަމަ ކޮށްދެނީ
21 އޯގަސްޓު 2020

ޔޫކޭގައި އަކްޝޭ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު "ބެލް ބޮޓޮމް"ގެ ޝޫޓިންތައް ފަށައިފި

21 އޯގަސްޓު 2020
ޔޫކޭގައި އަކްޝޭ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު "ބެލް ބޮޓޮމް"ގެ ޝޫޓިންތައް ފަށައިފި
23 ޖެނުއަރީ 2020

ސީއެންއެންގެ "ކަރީ" ލިސްޓަށް ދިވެހިންގެ މަސްރިހަ!

23 ޖެނުއަރީ 2020
ސީއެންއެންގެ "ކަރީ" ލިސްޓަށް ދިވެހިންގެ މަސްރިހަ!
25 އޮކްޓޯބަރު 2019

"ނޮވެމްބަރު"ގެ ލާމުގެ ޝޫޓިން ވެސް ވަރަށް ސަޅި!

25 އޮކްޓޯބަރު 2019
"ނޮވެމްބަރު"ގެ ލާމުގެ ޝޫޓިން ވެސް ވަރަށް ސަޅި!
10 ޖޫން 2019

މާމުއިގެ ޕްރޮމޯޝަނަލް ލަވަ ވަރަށް ފުރިހަމަ، ޓިކެޓް ވިއްކަން ފަށަނީ ހޯމަ ދުވަހު

10 ޖޫން 2019
މާމުއިގެ ޕްރޮމޯޝަނަލް ލަވަ ވަރަށް ފުރިހަމަ، ޓިކެޓް ވިއްކަން ފަށަނީ ހޯމަ ދުވަހު
07 ސެޕްޓެމްބަރު 2018

ޝާހިދު ކަޕޫރުގެ އާއިލާ މިހާރު އެވަނީ ފުރިހަމަ ވެފައި: ޝާހިދުގެ ބައްޕަ

07 ސެޕްޓެމްބަރު 2018
ޝާހިދު ކަޕޫރުގެ އާއިލާ މިހާރު އެވަނީ ފުރިހަމަ ވެފައި: ޝާހިދުގެ ބައްޕަ
27 ސެޕްޓެމްބަރު 2017

ކިމްއަށް ދިމާވި ފޭރުމުގެ ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް ކޯޓްނީ ޕެރިހަށް

27 ސެޕްޓެމްބަރު 2017
ކިމްއަށް ދިމާވި ފޭރުމުގެ ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް ކޯޓްނީ ޕެރިހަށް
03 މެއި 2017

ޔޫކޭގައި ހުރި އިންޑިއަން ރެސްޓޯރެންޓަކުން ރިހަ ވަސް ދުވާތީ ޖޫރިމަނާ ކޮށްފި

03 މެއި 2017
ޔޫކޭގައި ހުރި އިންޑިއަން ރެސްޓޯރެންޓަކުން ރިހަ ވަސް ދުވާތީ ޖޫރިމަނާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް