Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފިޝަރީޒް އެކްސްޕޯ 2019

ފިޝަރީޒް އެކްސްޕޯ 2019 ހުޅުވައިފި

މި އެކްސްޕޯގައި ޖުމްލަ 14 ފަރާތަކުން ވަނީ ބައިވެރިވެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 6 ޑިސެމްބަރު 2019 | ހުކުރު 14:18
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ފިޝަރީޒް އެކްސްޕޯ ބައްލަވާލައްވަނީ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ފިޝަރީޒް އެކްސްޕޯ ބައްލަވާލައްވަނީ

މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، ފިޝަރީޒް އެކްސްޕޯ 2019 ހުޅުމާލޭގައި ފަށައިފިއެވެ.

ހުކުރު ދުވަހު ހަވީރު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކްސްޕޯ ހުޅުއްވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު އެވެ.

މި އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ މަހުގެ އުފެއްދުންތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި ބައެއް އީޖާދީ އުފެއްދުންތަކުގެ އިތުރުން ކުންފުނިތަކުން މަސްވެރިކަމުގެ ދާއިރާގައި ދެމުންގެންދާ ބައެއް ޚިދުމަތްތައް ބައްލަވާލައްވައި އެކްސްޕޯގެ ބައިވެރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ.

ފިޝަރީޒް އެކްސްޕޯ އާއި ގުޅޭ ގޮތުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވީ މި އެކްސްޕޯއަކީ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ހިންގާ ހަރަކާތެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި އެކްސްޕޯގެ މަގްސަދަކީ މަސްވެރިކަމުގައި ބޭނުންކުރާ ތަފާތު އާލާތްތަކާއި ވަސީލަތްތަކާއި އައު ޓެކްނޮލޮޖީތައް މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް އެއްފުރާޅެއްގެ ދަށުން ފެނިގެންދިއުން ކަމަށެވެ. އަދި ދިވެހި ކުންފުނިތަކުގެ އުފެއްދުންތައް އެންމެހާ ފަރާތްތަކަށް ހާމަކޮށްދިނުން ކަމަށެވެ.

މިއީ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް މުހިއްމު ހަރަކާތެއް ކަމަށާއި އަމާޒަކީ ކުރިމަގުގައި މި އެކްސްޕޯ މިއަށްވުރެ ފުޅާކޮށް ސިނާޢަތަށް ބޭނުންވާ ތަފާތު ކަންތައްތައް އެއް ފުރާޅެއްގެ ދަށުން މިއަށްވުރެ ފުރިހަމަކޮށް ގެންދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަހުގެ 6 އިން 8 ގެ ނިޔަލަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯގައި ޖުމްލަ 14 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

އެންސިސް އިން ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދާ މި އެކްސްޕޯގައި އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ބޭރުގެ ކުންފުންޏަކުން ވެސް ވަނީ ބައިވެރިވެފައެވެ. މިއީ މި އެކްސްޕޯ ރާއްޖޭގައި ބާއްވާ ތިންވަން ފަހަރެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
23 ފެބުރުއަރީ 2017

ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި

23 ފެބުރުއަރީ 2017
ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު