Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔަޢުޤޫބު ޢަބްދުﷲ

ޑިވިޑެންޑުން ޓެކްސް ނުނަގާ ގޮތަށް ނިންމުމުން އިންވެސްޓަރުންގެ އިތުބާރު ބޮޑުވާނެ: ޔައުގޫބް

5 ޑިސެމްބަރު 2019 | ބުރާސްފަތި 18:47

ޑިވިޑެންޑް ޓެކްސް ނެގުމާއި މެދު މެމްބަރުންގެ ތެރޭގައި ހިޔާލު ތަފާތުވި

އަލީ ސަމާޚް
އަލީ ސަމާޚް | 5 ޑިސެމްބަރު 2019 | ބުރާސްފަތި 18:47
ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބު ޢަބްދުﷲ

ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބު ޢަބްދުﷲ

ޑިވިޑެންޑުން ޓެކްސް ނުނަގާ ގޮތަށް ނިންމުމުން ރާއްޖެއަށް އިންވެސްޓްކުރާ ފަރާތްތަކުގެ އިތުބާރު ބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޢާމްދަނީން ޓެކްސް ނަގަން ފަށާގޮތަށް ޢާމްދަނީ ޓެކްސް ނެގުމާއި ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ބުދަ ދުވަހު އެވެ.

Advertisement - newsAdvertisement

ޢާމްދަނީން ޓެކްސް ނެގުމުގެ ބިލު މަޖިލީހަށް ހުށަހެޅި ބަހުސް ކުރައްވަމުން ދިޔައިރުވެސް އެމްޑީޕީގެ ބައެއް މެމްބަރުންގެ މެދުގައި ވަނީ ޑިވިޑެންޓުން ޓެކްސް ނެގުމާމެދު ތަފާތު ޚިޔާލުތަކެއް ފާޅުކުރައްވާފަ އެވެ.

ރާއްޖެ.އެމްވީ އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ރައްޔިތުންގެ މެމްބަރު ޔަޢުޤޫބު ވިދާޅުވީ، ޓެކްސް ނެގުމުގެ ބިލް ރައީސް އޮފީހުން މަޖިލީހަށް ފޮނުވިއިރު އޮތީ ޑިވިޑެންޑް ޓެކްސް ނަގާ ގޮތަށް ނޫން ކަމަށެވެ.

ނަމަވެސް ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހުރުމާއި އެކު ކޮމިޓީ މަރުޙަލާގައި ޑިވިޑެންޑުން ޓެކްސް ނުނަގާ ގޮތަށް ބިލު ފާސްކުރި ކަމަށް ވިދާޅުވި އެވެ.

ޑިވިޑެންޑުން ޓެކްސް ނެގުމަކީ ދެ ފަހަރެއްގެ މަތިން ޓެކްސް ނެގުންކަން ފާހަގަ ކުރައްވަމުން ޔަޢުޤޫބް ވިދާޅުވީ، އެއީ ވިޔަފާރިވެރިންވާ ''ޑިސްކަރޭޖެއް''ވާ ކަމަށެވެ. އަދި ހަމައެއާއެކު ޑިވިޑެންޑުން ޓެކްސް ނުނަގާ ގޮތަށް ނިންމުމުން އިންވެސްޓަރުންގެ އިތުބާރު ބޮޑުވާނެ ކަމަށް ޔަޢުޤޫބް ވިދާޅުވި އެވެ.

ކޮމިޓީގެ މެންބަރުންގެ ތެރޭގައި މަޝްވަރާ ކުރެވި ޑިވިޑެންޑުން ޓެކްސް ނުނަގާ ގޮތަށް ބިލު ފާސްކޮށްފައިވާއިރު، އެއަކީ ރައްޔިތުންނަށާއި ޓެކްސް ނަގާ ފަރާތްތަކަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުޔެއް ކަމަށް ޔަޤުޤޫބް ފާހަގަކުރެއްވި އެވެ.

ޢާމްދަނީން ޓެކްސް ނެގުމުގެ ބިލު ފާސްކޮށްފައިވާއިރު އެ ބިލުގައިވަނީ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ. ނަމަވެސް ޢާމްދަނީން ޓެކްސް ނަގާނީ އަންނަ އަހަރުގެ އެޕްރީލް މަހުން ފެށިގެންކަމަށް ވަނީ ފާސްކޮށްފަ އެވެ.

މިބިލުގައި ވާގޮތުން ފަރުދުންގެ ޢާމްދަނީގެ ޓެކްސް ނެގުމުގެ އެބިލުގައި ވާގޮތުން، މަހަކު 60،000ރ މަތީގެ ޢާމްދަނީއެއް ލިބޭ ކޮންމެ ފަރުދެއްގެ އަތުންވެސް ޓެކްސް ނެގޭނެ އެވެ. އެބިލުގައި ކުރިން އޮތީ، 40،000ރ އިން މަތިން ޢާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގުން ކަމަށްވިޔަސް ފަހުން އެ ޢަދަދު ވަނީ 60،000ރ އަށް މަތިކޮށްފަ އެވެ. އަދި ޓެކްސް ނެގޭ ޕަސެންޓޭޖްތައް މަތިކޮށް، ގިންތިތަކަށް ބަދަލުތަކެއް ވެސް ވަނީ ގެނެސްފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް