Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިނާއީ އިޖުރާއަތުގެ ގާނޫން

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ބޮޑެތި އިޞްލާޙުތައް ގެންނަނީ

ވަކީލަކު ޢައްޔަންކުރުމުގެ ޙައްޤު ލިބިދިނުމުގައި އޮތް ހަނިކުރުން އިޞްލާޙުކުރުމަށް ބިލުގައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2019 | ބުރާސްފަތި 12:18
ބިލު ހުށަހެޅުމުގެ ބޭނުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އެ ޤާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުން

ބިލު ހުށަހެޅުމުގެ ބޭނުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އެ ޤާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުން

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބިލެއް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، އެ ޤާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމެވެ. އަދި އެ ޤާނޫނުގައި އިތުރަށް ބަޔާންކުރަންޖެހޭ އިޖުރާޢަތުތައް ކަނޑައެޅުމަށާއި، އަދި އެ ޤާނޫނުގައި ފުރިހަމަކުރުމަށް ހުރި މުހިންމުކަންކަން ފުރިހަމަކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން ކަމަށް އެޓަރނީ ޖެނެރަލް އޮފީސް (އޭޖީ) އިން ބުނެއެވެ.

Advertisement - newsAdvertisement

އޭޖީ އޮފީހުން ބުނީ މި ބިލުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ޖިނާޢީ ބޮޑެތި ކުށްތަކުގެ ތެރޭގައި ބައެއް މުހިއްމު ޖިނާޢީ ބޮޑެތި ކުށް ހިމެނިފައިނުވާތީ، އެފަދައިން ހިމެނިފައި ނުވާ މުހިންމު ކުށްތައް އިތުރުކުރުން ހިމެނޭ ކަމަށެވެ. އެގޮތުން ރޭޕް ކުރުމަކީ ޖިނާޢީ ބޮޑެތި ކުށެއްގެ ގޮތުގައި ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.

ތަންތަން ބަލައި ފާސްކުރުމަށް ތަޙްޤީޤީ އިދާރާތަކަށް މިހާރު ލިބިދީފައިވާ ބާރުތައް އިތުރަށް ތަފްޞީލުކުރުން ވެސް މީގައި ހިމެނެއެވެ. ޤާނޫނުގައި ތަޙްޤީޤުކުރަމުންދާ ޖިނާޢީ ކުށަކާ ގުޅިގެން ޢާންމު ތަނަކަށް ވަންނަންޖެހިއްޖެނަމަ، ކޯޓު އަމުރަކާ ނުލައި، އެތަނަކަށް ވަނުމުގެ ބާރު، ހަމަ އެކަނި ފުލުހުންނަށް އޮތް ނަމަވެސް އޭޖީ އޮފީހުން ހުށަހެޅި އިޞްލާޙުގައި ވަނީ ތަޙްޤީޤު ކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން ޢާންމު ތަނަކަށް ވަންނަންޖެހިއްޖެނަމަ، ކޯޓު އަމުރަކާ ނުލައި، އެ ތަނަކަށް ވަނުމުގެ ބާރު، ޤާނޫނު ތަންފީޒު ކުރާ ކޮންމެ އިދާރާއަކަށް ލިބޭ ގޮތަށެވެ.

މީގެއިތުރުން ވަކީލަކު ޢައްޔަންކުރުމުގެ ޙައްޤު ލިބިދިނުމުގައި އޮތް ހަނިކުރުން އިޞްލާޙުކޮށް، ވަކީލަކު ޢައްޔަންކުރުމަށް ލިބިދޭ ވަގުތު އިތުރުކުރުމަށް މި ބިލުގައިވެއެވެ. އަދި ބަންދުގައި ބަހައްޓާފައި ހުންނަ މީހާ ބަލާފާސްކުރުމުގައި މިހާރު ޢަމަލުކުރަމުން އަންނަ އިޖުރާޢަތު އިތުރަށް ތަފްޞީލުކުރުމަށް ވެސް ބިލުގައިވެއެވެ.

އަދި ހައްޔަރުކުރުކުރެވޭ މީހާ ހައްޔަރުކުރުމަށްފަހު ޢަމަލުކުރާނެ އިޖުރާއަތު އިތުރަށް ތަފްޞީލުކުރުމަށްވެސް މި ޤާނޫނަށް ގެނެވޭ އިޞްލާޙުތަކުގައި ހިމެނެއެވެ. އެގޮތުން ހައްޔަރު ކުރުމުގެ ކުރިން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކިން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ހޯދަން ލާޒިމު ނުވާގޮތަށް އިޞްލާޙު ގެނައުމަށް ބިލުގައިވެއެވެ. އެހެންނަމަވެސް، ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތެއްގައި ފުލުހުންގެ އޮފިސަރަކު މީހަކު ހައްޔަރު ކޮށްފިނަމަ، އެކަން ކުރުމަށްފަހު، ވީ އެންމެ އަވަހަކަށް، އެ ރޭންކްގެ އޮފިސަރަކަށް އަންގަން ޖޭހޭނެއެވެ. އަދި ހައްޔަރުކުރެވޭ މީހާ ހައްޔަރަށް ދެކޮޅުނުހަދާނަމަ، އޭނާ ގައިގައި ބިޑިނޭޅުވުމަށް ޤާނޫނުގައި އޮތް މާއްދާއަށް އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ހައްޔަރުކުރެވޭ މީހާގެ ގައިގައި ބިޑިއެޅުވޭ ގޮތަށް އިޞްލާޙު ގެނައުމަށް ބިލުގައި ވެއެވެ.

ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާ އުޞޫލު އިޞްލާޙުކޮށް، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާ ޙާލަތެއްގައި އެ ނިންމުން ކޮންމެ 30 ދުވަހަކުން މުރާޖަޢާކޮށް، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް އޮތްތޯ ބަލަން ލާޒިމުކުރުން ވެސް އިޞްލާޙު ތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް

ނަޑެއްލާގެ ބޮޑުބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް

18 މެއި 2017
އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

އައްޑޫއަށް ނަގޫ ރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

17 މެއި 2017
 ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް އިމާރާތްކުރުމުގެ ބިލް ތަސްދީގު ކުރައްވައިފި

24 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު