Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްރޯޑްކޮމް

ބްރޯޑްކޮމްއަށް އަލީ ޔޫސުފާއި ގައިސް، މަރިޔަމް ވަހީދާ

މަރިޔަމް ވަހީދާ އައްޔަނުކުރުމަށް 68 މެމްބަރުން ވޯޓު ދެއްވާފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 3 ޑިސެމްބަރު 2019 | އަންގާރަ 09:04
ބްރޯޑްކޮމްގެ މެމްބަރުކަމަށް އަލީ ޔޫސުފް، މަރިޔަމް ވަހީދާ އާއި އެމްޑީޕީގެ އެކްޓިވިސްޓު އަހުމަދު ގައިސް

ބްރޯޑްކޮމްގެ މެމްބަރުކަމަށް އަލީ ޔޫސުފް، މަރިޔަމް ވަހީދާ އާއި އެމްޑީޕީގެ އެކްޓިވިސްޓު އަހުމަދު ގައިސް

މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެމްބަރު ކަމަށް އަލީ ޔޫސުފް، މަރިޔަމް ވަހީދާ އާއި އެމްޑީޕީގެ އެކްޓިވިސްޓު އަހުމަދު ގައިސް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ބްރޯޑްކޮމްގެ ކުރީގެ މެމްބަރުން ކަމަށްވާ އިސްމާއިލް ސޮފްވާން އާއި ހަސަން ނަބާހުއާއި އިސްތިއުފާދެއްވުމުން ހުސްވެފައިވާ އެ ދެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވުނެވެ. އަދި އެ ދެ މަގާމަށް އައްޔަނުކުރުމަށް ރައީސް އިސްކަންދެއްވާ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ 36 ނަންފުޅުގެ ލިސްޓުގެ ކުރީގައި އޮތީ ގ. މަސްއޮޑިގެ ޝިފްލާ އިބްރާހީމް އާއި, ގ. ޑޭޒީފެހި މުހައްމަދު ހިލްމީއެވެ.

މިނަންތައް ދިރާސާކުރި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ރިޕޯޓްގައި ބްރޯޑްކޮމް އިން ހުސްވެފައިވާ ދެ މަގާމަށް އައްޔަނުކުރުމަށް ކޮމިޓީގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްކޮށްފައިވާ ލިސްޓުގެ ކުރީގައި އުޅެނީ ޝިފްލާ އިބްރާހީމް އާއި އަހުމަދު ޤައިސް އެވެ. އަދި ތިން ވަނަ އަށް ލިސްޓުގައި ހިމެނިފައިވަނީ އަލީ ޔޫސުފްއެވެ.

ޝިފްލާގެ ނަމަށް އެންމެ ފުރަތަމަ ވޯޓަށް އަހާފައިވާއިރު އޭނާއަށް ރުހުންދިނުމަށް މަޖިޅިހުން ފާސްވެފައެއް ނުވެއެވެ. ޝިފްލާ މެމްބަރު ކަމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 7 މެމްބަރުންނެވެ. ގައިސް މެމްބަރު ކަމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުންދީފައިވަނީ 64 މެމްބަރުންގެ ވޯޓުންނެވެ. އަދި އަލީ ޔޫސުފްއަށް ލިބިލެއްވީ 66 ވޯޓެވެ.

ކޮމިޝަންގެ މެމްބަރުކަމަށް މަޖިލީހުން ރުހުން ދިން ގައިސް އަކީ ނިމިދިޔަ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގެންނެވި ފަރާތެކެވެ. އަދި އޭނާއަކީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވާ، ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ކަމަށް އެއްބަސްވި ފަރާތެކެވެ. ޕާޓީއެއްގެ މެންބަރަކަށްވުމަކަށް ކޮމިޝަންގެ ގާނޫނު ހުރަސް ނާޅާ ކަމަށް އަހްމަދު ގައިސް ވަނީ ކޮމިޓީގައިވެސް ވަކާލާތު ކުރައްވާފައެވެ. ސޯޝަލް މީޑިއާގައި ވެސް އަދި ދާދި ފަހަކާ ޖެހެންދެން ވެސް އެމްޑީޕީގެ ހަރަކާތްތަކުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޕޯޑިއަމްތަކުން ވެސް ގައިސް ވަނީ ފެނިގެންގޮސްފައެވެ.

ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވުމާއި ގުޅިގެން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ލިސްޓުގެ ކުރީގައިވެސް ވަނީ ގ.ހި ލްމަން މަރިޔަމް ވަހީދާއެވެ. މަރިޔަމް ވަހީދާ އައްޔަނުކުރުމަށް 68 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އެހެންކަމުން ތަޅުމަ ފޮނިވި ލިސްޓުގެ ތަރުތީބުން ފުރަތަމަ ނަމަކަށް މަރިޔަމް ވަހީދާގެ ނަމަށް ވޯޓަށް އަހާފައިވާއިރު، އެނަން ފާސްވުމުން ދެން ހުރި ނަންތަކަކަށް ވޯޓަކަށް އަހާފައެެއް ނުވެއެވެ.

ކޮމިޝަންގެ މެމްބަރުކަމަށް މަޖިލީހުން ރުހުންދެއްވި އަލީ ޔޫސުފް އަކީ 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމަޔަށް ރާއްޖެޓީވީގެ ނިއުސް ޑައިރެކްޑަރުކަން ކުރައްވާފައިވާ ފަރާތެކެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ހަމަޔަށް އަލީ ޔޫސުފްވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަންވެސް ކުރައްވާފައެވެ. އަލީ ޔޫސުފް ވަނީ މީޑިއާ ކައުންސިލް އިން އެންމެ ފަހުން ބޭއްވި ނޫސްވެރިކަމުގެ އިނާމް 2018 ގައި ނޫސްވެރިކަމުގެ ރަން ގަލަން ވެސް ހާސިލްކުރައްވާފައެވެ.

މީގެއިތުރުން ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސާ ފާތުމަތު ޒައިނާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ހުސްވެފައިވާ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމާއެކު ކުރިމަތިލި 3 ފަރާތުގެ ނަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު ނެގުނު ވޯޓުގައި އެއިން އެއްވެސް ފަރާތަކަށް ކޮމިޓީގެ އަޣްލަބިއްޔަތެއް ލިބިފައެއް ނުވެއެވެ. އަދި އަލުން މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށް މަޖިލީހުގެ ޖަލްސާއިން ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ފާސްކޮށްފައިވަނީ 66 މެމްބަރުންގެ ވޯޓުންނެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު