Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ޔާމީނެވެ. ސިޔާސީ ވެރިން ބަންދުކުރަން ފަރިކުރި ގޮޅިއަށް އެންމެ ފަހުން މަނިކުފާނު ވެސް ވެއްޓުނީތޯއެވެ؟

ސިޔާސީ ވެރިން ބަންދުުރަން ވަކި ޔުނިޓެއް ޔާމީންގެ ވެރިކަމުގައި ވަކި ޔުނިޓެއް ހެއްދެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2019 | ހޯމަ 13:18
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޖަލުތަކުގައި މީހުން ތިބެން ޖެހެނީ ޖަލުތައް ހެދިފައިވާތީ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވި އަޑު އަދިވެސް ތާޒާ ކަންމަތީ އިވިއިވި ހުންނަ ކަހަލައެވެ. ވެރިކަމުގެ އާރާއި ބާރުގައި މުޅި ޤައުމު ޖަލަށް ލަމުން ދިޔަ އިރު، އެއިރުގެ އިދިކޮޅު ފަރާތްތަކަށް މަލާމަތެއްގެ ގޮތުގައި މަނިކުފާނު މިހެން ވިދާޅުވި އަޑު އަލިމަސް ކާނިވަލުން ނުކެނޑިގެން އުޅެނިކޮށް މަނިކުފާނު ވެސް ތި ވަޑައިގަންނަނަވަން ޖެހުނީ ހަމަ އެތަނެށެވެ.

ހަޤީޤަތުގައި ވެސް މީހަކު ޖަލުގައި އިންނަންޖެހޭ ސަބަބަކީ ޖަލު ހެދިފައި ހުރުމުން ކަމަށް މަނިކުފާނު ވިދާޅުވެ މަލާމާތް ކުރެއްވުމުން އެދުވަހެއް މަނިކުފާނާ ބައްދަލު ނުވެދާނެކަމަށް ހަމަ ހީފުޅު ކުރެއްވީތޯއެވެ. ނަމަވެސް މިފަހަރު މަނިކުފާނު ޖަލަށް ވަޑައިގަންނަވަން ޖެހުނީ މާ ލަދުވެތި ކޮށެވެ. ބަޔަކު ސިޔާސީ ވެގެން ވެސް ނޫނެވެ. މަނިކުފާނަށް އެޅުނު ޅަ އެއްޗެއްގެ ސަބަބުންނެވެ.

ރާއްޖޭގައި އެތައް ރައީސުންނެއް ވެރިކަން ކޮށްފިއެވެ. އަދި އެކި ކަންކަމުގައި އެކި ރައީސުން ޖަލަށް ވެސް ލިއެވެ. ނަމަވެސް އެއީ ސިޔާސީ ކަންކަމުގެ ސަބަބުންނެވެ. ނަމަވެސް މަނިކުފާނުގެ ނަންފުޅަށް އަމިއްލަފުޅަށް ހުތުރުކޮށް އަމިއްލައަށް ޅަ އެއްޗެއް ހައްދަވައިގެން ޖަލަށް ތި ވަޑައިގެންނެވީ ހުތުރުކަން ބޮޑު ލަޤަބަކާއެކުގައެވެ. މިއަދު މަނިކުފާނަށް ވަގެކޭ ކިޔާފައި ގޮވިދާނެއެވެ. ރައްޔިތުންގެ ފައިސާ ބަނޑު އަޅައިގެން ހުންނެވީއޭ ވެސް ބުނެވިދާނެއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު ކާނިވަލުގައި މަނިކުފާނު އާރާއި ބާރުގައި ހުންނަވައިގެން، އެއިރު އިދިކޮޅު ސިޔާސީ ވެރިން ހައްޔަރުކުރަމުން ގެންދަވާ އެކަމަށް މަލާމާތް ކުރައްވާ ދެއްކެވި ވާހަކައަށް ކޮންމެވެސް ވަރަކަށް ބަލާލާނަމެވެ.

މަނިކުފާނު ވިދާޅުވީ މަނިކުފާނު ދެރަފުޅުވަނީ އެމަނިކުފާނާއި މީހުން ކުރިމަތިކުރުވާ ސުވާލުތަކަކީ މީހަކު ޖަލުގައި އިންނަނީ ކީއްވެގެންތޯ ފަދަ ސުވާލުތަކަށް ވުމުން ކަމަށެއެވެ. ސަމާސާ ރާގަކަށް އެ ސުވާލުގެ ޖަވާބު އަރުވަމުން މަނިކުފާނު ވިދާޅުވީ މީހަކު ޖަލުގައި އިންނަންޖެހޭ ސަބަބަކީ ޖަލު ހެދިފައި ހުރުމުން ކަމަށެވެ.

ތިމާ ފޭހުނު އިލޮށި ތިމާގެ ލޮލަށް ހެރޭނޭ މުސްކުޅިން ބުނެއުޅެއެވެ. ނަމަވެސް އާރާއި ބާރާ ވެރިކަމުގެ ދަހިވެތިކަމާއި ޖާހަތުގައި މުސްކުޅިން ބުނި ބަސް މަނިކުފާނަށް ފަހުމެއް ނުވިއެވެ. އެންމެ ފަހުން ޖަލަށް ވަޑައިގެންނެވީ ހުތުރު ނަމަކާއެކު އަމިއްލަފުޅަށް ފޭހުނު އިލޮށި އަމިއްލަފުޅު ލޮލަށް ހެރިގެންނެވެ.

ދެން ދައްކަން އޮތީ އަނެއް ވާހަކައެވެ. މި ސަރުކާރުން މަގުމަތީގައި އެއްވެ އުޅުމުގެ ފުރުޞަތު ނުދެއްވާކަމަށް މަނިކުފާނު ކަރަށް ބާރުލައްވާފައި ދެއްކެވި ވާހަކައެވެ. މަނިކުފާނާއި މަނިކުފާނުގެ ބައިވެރިން ކިތައްމެ ވަރަކަށް ހަޤީޤަތް ބަދަލުކުރަން އުޅުއްވި ނަމަވެސް މަނިކުފާނު އެވާހަކަ ދައްކަން ލަދުފުޅުގަންނަން ޖެހޭނެއެވެ.

މަނިކުފާނުގެ ވެރިކަން ދިފާޢުކުރުމަށް އެއިރު އިދިކޮޅު ފަރާތްތަކަށް ހުރަސް އެޅުއްވުމުގެ ގޮތުން ޤާނޫނުތައް ބޭނުންގޮތަކަށް ފާސްކުރައްވާ އިދިކޮޅުގެ އަނގައިގައި ޓޭޕް އަޅުއްވަން މަސައްކަތް ކުރެއްވިއެވެ. އަދި ނުވިތާކަށް ބޭރުގައި ތިއްބައިގެން އިދިކޮޅު ލީޑަރުން އެއިރު ކުރެއްވި މަސައްކަތް ދިވެހިންނާ ހަމައަށް އައިސްދާނެތީ އެކަން ވެސް ހުއްޓުވަން މަސައްކަތް ކުރެއްވިއެވެ. އެއްވެ އުޅުމުގެ ޤާނޫނާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ފަސް އަޅާ ނޫސްވެރިކަމަށް ވެސް ހުރަސް އެޅުއްވީއެވެ.

މަނިކުފާނެވެ. ޤާނޫނަށް ގެނައި ބަދަލު އަދި އުވައެއް ނުލައެވެ. އެއީ މަނިކުފާނު ގެންނެވި ބަދަލުތަކެކެވެ. މިއަދު މަނިކުފާނާއި މަނިކުފާނުގެ ސަޕޯޓަރުންނަށް މަގުމައްޗަށް ނުނުކުމެވެނީ އެހެންވެގެންނެވެ. ސަރުކާރު ގޯސް ވެގެން ނޫނެވެ. މަނިކުފާނަށް އެޅުނު ޅަ އެއްޗެހީގެ ގިނަކަމުންނެވެ. މަނިކުފާނުގެ ސަރުކާރު ގޯސްކޮށް ހެއްދެވި ގޯސްތައް މަލުން ޖަރީކުރައްވަން މިއަދު އުޅުއްވި ނަމަވެސް އެކަން ވާކަށް ނެތެވެ.

ނަމަވެސް މަނިކުފާނު މިއަދު މި ސަރުކާރަށް ޝުކުރުވެރިވުން ޙައްޤެވެ. މަނިކުފާނުގެ ބައިވެރިން ވެސް ހަމަ އެފަދައިން މި ސަރުކާރަކަށް ޝުކުރުވެރިވުން ޙައްޤެވެ. މިހެން ބުނަން މި ޖެހެނީ ސަބަބުތަކެއް ހުރީމައެވެ. މަނިކުފާނުގެ ބައިވެރިން މަގުތަކަށް ނުކުމެ އަޑުގަދަކޮށް ޢާންމު ދިރިއުޅުމަށް އުނދަގޫ ކުރަން ފެށުމުން މިއަދަކު ފުލުހުން ނުކުމެ މޫނަށް ޕެޕަރ ސުޕްރޭ ނުޖަހައެވެ. އަދި ޙައްޤަކާ ނުލައި ޖަލަށް ވެސް ނުލައެވެ. ނުވިތާކަށް ބުނަން ބޭނުންވާ އެއްޗެއް ބުނުމުގެ ފުރުޞަތު ވެސް ލިބެއެވެ.

ހަމަ ޔަޤީނުން ވެސް މަނިކުފާނު ފަރިކުރެއްވި ދަންތުރަތަކުގައި މަނިކުފާނު މެހިއްޖެއެވެ. ރައްޔިތުންގެ އަޑު އެއިރު އައްސަވާ ރައްޔިތުންނަށް ވެރިކަމެއް ކުރެއްވި ނަމަ، މިއަދު މަނިކުފާނު ގޮޅިއަކަށް ވެސް ނުފެތުނީހެވެ. މަނިކުފާނުގެ ދިފާޢުގައި އުފުލާ އަޑުތަކަށް ވެސް ހުރަހެއް ނޭޅުނީހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!

ސޮވެރިން ބޮންޑް އިތުރުވެ، ދަރަނި އިންތިހާއަށް!

15 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު