Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖާބިރު

29 މިލިއަން ރުފިޔާ ނުދީފިނަމަ ކިނބިގަސްދޮށުގެ ނަގަން އެދި ޖާބިރު ކޯޓަށް

ފުރަތަމަ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، ހެކި ހުށަހަޅާފައި ނެތްކަމަށްބުނެ ފުލުހުން ބަލައިގަނެފައެއް ނުވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 2 ޑިސެމްބަރު 2019 | ހޯމަ 09:53
29 މިލިއަން ރުފިޔާ ނުދެއްކިއްޖެ ނަމަ، ރައީސް މައުމޫންގެ ގެކޮޅު މއ. ކިނބިގަސްދޮށުގެ ނަގައިދިނުމަށް ވަނީ އެދިފަ

29 މިލިއަން ރުފިޔާ ނުދެއްކިއްޖެ ނަމަ، ރައީސް މައުމޫންގެ ގެކޮޅު މއ. ކިނބިގަސްދޮށުގެ ނަގައިދިނުމަށް ވަނީ އެދިފަ

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ދެއްވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ނުދެއްކިއްޖެ ނަމަ، ރައީސް މައުމޫންގެ ގެކޮޅު މއ. ކިނބިގަސްދޮށުގެ ނަގައިދިނުމަށް އެދި ޖާބިރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

ރާއްޖެއެމްވީއަށް ކުރިން ދެއްވި އިންޓަވިއުއެއްގައި މެމްބަރު ޖާބިރު ވިދާޅުވީ އެ ފައިސާ ރައީސް މައުމޫނަށް ދެއްވީ ޑިމޮކްރެސީ އަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ކަމަށެވެ. ޖާބިރު ވިދާޅުވީ ރައީސް މައުމޫނަށް ދެއްވި ފައިސާ އަނބުރާ އިންޓްރެސްޓާއި އެއްކޮށް ދެއްވާނެ ކަމަށް ވިދާޅުވިކަމަށެވެ. ރައީސް މައުމޫނަށް ސިޔާސީ ގޮތުން ލިބިލައްވާ ފައިސާއިން 50 އިންސައްތަ ޖާބިރު އަށް ދެއްވާނެ ކަމުގެ ޔަޤީންކަން އެރުވިކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

މެންބަރު ޖާބިރު ވަނީ 29 މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ. އަދި އެ ފައިސާ ނުދެއްކިއްޖެ ނަމަ މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގެ ނަގައިދިނުމަށް ޙުކުމްކޮށްދިނުމަށްވެސް އެދިފައިވެއެވެ.

ޖާބިރު އެންމެ ފުރަތަމަ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، ހެކި ހުށަހަޅާފައި ނެތްކަމަށްބުނެ ފުލުހުން ބަލައިގަނެފައެއް ނުވެއެވެ. ނަމަވެސް ފަހުން ޖާބިރު އެ މައްސަލަ ހުށަހެޅުއްވީ ހެއްކާއިވެސް އެކުގައެވެ. ނަމަވެސް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނެގުމަށް ޖާބިރުގެ މަންމަ މަރިޔަމް މަނިކެ އެގޮތަށް އެދިލެއްވުމުން މައްސަލަ އަނބުރާ ނެންގެވިއެވެ. ޖާބިރު ވިދާޅުވާ ގޮތުން ޖާބިރުގެ މަންމާފުޅާއި ރައީސް މައުމޫނާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށާއި އެ މައްސަލައާ ގުޅިގެން މައުމޫންގެ މައްޗަށް ދައުވާ ކުރައްވަން ބޭނުންނުވާ ކަމަށް ވެސް އޭރު ޖާބިރު ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން ވަނީ 29 މިލިއަން ރުފިޔާ ޖާބިރު ދެއްވި ކަމަށް ބުނާ މައްސަލަ ދޮގުކުރައްވާފަ އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު