Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުހައްމަދު ސަލާހު

ބަޔާން އާއި ޕީއެސްޖީން ސަލާހުގެ ސޮއި ހޯދަން މަސައްކަތް ފަށައިފި

ބަޔާން އާއި ޕީއެސްޖީގެ އިތުރުން ރެއާލް އާއި ބާސާއިންވެސް އަންނަނީ ސަލާހު ހޯދަން މަސައްކަތް ކުރަމުން

ލީވާން އަލީ
ލީވާން އަލީ | 30 ނޮވެމްބަރު 2019 | ހޮނިހިރު 17:49
މުހައްމަދު ސަލާހު

މުހައްމަދު ސަލާހު

ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހުގެ ސޮއި ހޯދަން ބަޔާން މިއުނިކް އާއި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މަސައްކަތް ފަށައިފިއެވެ.

ޑޮން ބަލޮން އިން ބުނީ، ކުރިޔަށް އޮތް ސީޒަނުގައި ސަލާހު ހޯދަން ބަޔާން އާއި ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ދެ ކްލަބުންވެސް ލިވަޕޫލާއެކު މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށެވެ.

ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބުތަކުން އަންނަނީ ސަލާހު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑްވެސް ހިމެނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ސަލާހުގެ ޓްރާންސްފާއާ ބެހޭގޮތުން ލިވަޕޫލްއިން ހަމައެކަނި މަޝްވަރާކުރާނީ 200 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގެއް ހުށަހަޅާ ކްލަބަކާ އެވެ.

މީގެ ކުރިން ބަސެލް އާއި ޗެލްސީއަށް ކުޅެފައިވާ ސަލާހު ވަނީ ފިއޮރެންޓީނާ އަދި ރޯމާއަށްވެސް ކުޅެފައެވެ. އޭނާ ލިވަޕޫލަށް ބަދަލުވީ 2017 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެގޮތުން ސަލާހު ވަނީ ލިވަޕޫލަށް މިހާތަނަށް ކުޅުނު ތިން ސީޒަނުގައި 122 މެޗުން 80 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ޗެމްޕިއަންސް ލީގު އެއްފަހަރު، ޗެމްޕިއަންސް ލީގުގެ ދެވަނަ އެއްފަހަރު އަދި ޔުއެފާ ސުޕަކަޕް ކާމިޔާބުކޮށްފައެވެ.

ބަސެލްއާއެކު ދެ ސްވިސް ސުޕަ ލީގު ކާމިޔާބުކޮށްފައިވާ ސަލާހު ވަނީ ސްވިސް ސުޕަ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2013 ވަނަ އަހަރު ހޯދާފައެވެ.

މިސްރުގެ 20 އަހަރުން ދަށުގެ ޓީމު އަދި 23 އަހަރުން ދަށުގެ ޓީމާއެކު ކާމިޔާބީ ހޯދާފައިވާ ސަލާހު ވަނީ 2017 ވަނަ އަހަރު މިސްރުގެ ސީނިއަރ ޓީމާއެކު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެވަނަ ހޯދާފައެވެ.

ސަލާހު ވަނީ މިހާތަނަށް މިސްރު ގައުމީ ޓީމަށް ކުޅުނު 67 މެޗުގައި 41 ލަނޑު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު