Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން މާފުށީ ޖަލަށް ބަދަލުކޮށްފި!

ޔާމީން ވަނީ މާފުށީ ޖަލަށް ހޮނިހިރު ދުވަހުގެ މެންދުރު ބަދަލުކުރެވިފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 30 ނޮވެމްބަރު 2019 | ހޮނިހިރު 12:57
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

މަނީ ލޯންޑާރ ކުރި ކަމުގެ ކުށް ސާބިތުވެ، 5 އަހަރުގެ ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މާފުށި ޖަލަށް ބަދަލުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ރައީސް ޔާމީން މާލޭ ޖަލުން މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް(އެސްޕީޔޫ) އަށް ބަދަލުކޮށްފައިވާކަމަށެވެ. ކަރެކްޝަނުން ވަނީ ރައީސް ޔާމީން މާފުށި ޖަލަށް ބަދަލުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު ހޮނިހިރު ދުވަހު މެންދުރު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ މެޑިކަލް އެސެސްމަންޓް އަދި އެހެނިހެން އިޖުރާޢަތްތައް ފުރިހަމަވެފައި ވާތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދުގެ ވަގުތެއްގައި ޖަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މަނީ ލޯންޑަރިންގގެ ދަޢުވާ ސާބިތުވެ ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން މާލެ ޖަލު ކުރިމަތީގައި ހުކުރު ދުވަހުގެ ރޭ ވަނީ މުޒާހަރާކޮށްފައެވެ. މި މުޒާހަރާ ފުލުހުން ރޫޅާލާފައިވާއިރު، މުޒާހަރާގެ ބައިވެރިންގެ ތެރެއިން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ފެނިފައިވާކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯރޓް ކޮށްފައިވެއެވެ.

މުޒާހަރާގެ ވީޑިއޯތައް މީސް މީޑިއާގައި ދައުރުވަމުންދާއިރު، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން ރައީސް ޔާމީނު ވަގުތުން ދޫކޮށްލުމަށް ގޮވާލާފައިވެއެވެ. ހުކުރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖޮއިންޓް ކައުންސިލް ބައްދަލުވުމެއްގައި ވަނީ ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމް ބަލައިނުގަންނަ ކަމަށާއި، އެކަމާއި ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖްތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

މަނީ ލޯންޑަރ ކުރި ކަމުގެ ކުށް ސާބިތުވެ 5 އަހަރުގެ ޙުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޙުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ސްޕެޝަލް ޕްރޮޓެކްޝަންގެ ދަށުން މާލޭ ޖަލުގައެވެ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު