Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

އެޗްއާރްސީއެމްއިން ޖަލަށް ވަޑައިގެން ޔާމީން އާއި ބައްދަކުރި: ކޮމިޝަނަރ އޮފް ޕްރިޒަންސް

30 ނޮވެމްބަރު 2019 | ހޮނިހިރު 13:10

އެޗްއާރްސީއެމްއިން ރައީސް ޔާމީންގެ ހައްޔަރުކޮށްފައި ހުރި މާލޭ ޖަލުގެ ހާލަތު ބެލި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 30 ނޮވެމްބަރު 2019 | ހޮނިހިރު 13:10
ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން

ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެ ފަރާތުން މާލެ ޖަލަށް ވަޑައިގެން މަނީ ލޯންޑާރ ކުރި ކަމުގެ ކުށް ސާބިތުވެ، 5 އަހަރުގެ ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އާއި ބައްދަލުކޮށްފައިވާ ކަމަށް ކަރެކްޝަނަލް ސާރވިސް އިން ބުނެފިއެވެ.

މިކަން ކަށަވަރު ކޮށްދެއްވައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވިސް (އެޗްއާރްސީއެމް)އިން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ވިދާޅުވީ، އެ އިދަރާއަށް ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމްގެ ފަރާތުން ހުކުރު ދުވަހު ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އެ މައްސަލަ ބަލަމުން ދާކަމަށާއި ރައީސް ޔާމީން ހުކުމް ތަންފީޒުކުރުމަށް ބަހައްޓާފައި ހުރި ތަން ބަލައިފައިވާކަމަށެވެ. އެޗްއާރްސީއެމުން ބުނީ އެ މައްސަލައާއި ބެހޭ އިތުރު ތަފްސީލެއް މިވަގުތު ހާމަކުރެވެން ނެތްކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން މާލެ ޖަލުގައި ހުންނެވި ތަން އެޗްއާރްސީއެމުން ބަލާފައިވަނީ، ލޯޔަރުންގެ ޓީމުން އެމަނިކުފާނާއި ބައްދަލުކުރެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ހައްޔަރުކޮށްފައި ހުންނެވީ އާދައިގެ ގައިދީން ބަހައްޓާފަދަ ހާލަތެއްގައި ހުރި ތަނެއްގައިކަން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެޗްއާރްސީއެމް އަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކުރީގެ ރައީސް ޔާމީން އާއި ބައްދަލުކުރެއްވުމަށް އެ އިދާރާއިން 3 ބޭފުޅަކު މާލެ ޖަލަށް ވަޑައިގެންނެވުމުން ބައްދަލުކުރެއްވުމަށް ހުއްދަދީފައިވާކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރ ކުރީގެ ރައީސް ޔާމީނަށް މަނީ ލޯންޑްރިންގް ދައުވާ ސާބިތުވެ 5 އަހަރުގެ ހުކުމެއް އިއްވުމާއެކު އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އެފަރާތްތަކުން ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއްކަމަށާއި އެ ހުކުމެއް ބަލައި ނުގަންނާނެކަމަށެވެ.

ރައީސް ޔާމީން މިހާރު ވަނީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް ބަދަލުކޮށްފައެވެެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް