Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހު

ދީނުގެ މަތިވެރި ޢަޤީދާގައި ސާބިތުވެ ތިބުމަކީ، ދީނީ އަދި ޤައުމީ ވާޖިބެއް: ރައީސް ސޯލިހު

29 ނޮވެމްބަރު 2019 | ހުކުރު 10:38

ރާއްޖެއަށް ލިބިފައިވާ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމް ދީނުގެ މަތިވެރި ނޫރުން، ދިވެހިންގެ ހިތްތައް އުޖާލާކޮށްދެއްވުން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 29 ނޮވެމްބަރު 2019 | ހުކުރު 10:38
ރައީސުލްޖުމްހޫެރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫެރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

އިސްލާމް ދީނުގެ މަތިވެރި ޢަޤީދާގައި ސާބިތުވެ ތިބުމަކީ، ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް، ދީނީ އަދި ޤައުމީ ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި ދެއްވި ހިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މީގެ 893 އަހަރު ކުރިން، މާތް ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާއިން، ދިވެހިންގެ ހިތްތައް އުޖާލާވެގެން ދިޔަ މަތިވެރި ހަނދާންތައް އައު ކުރައްވައި މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް، އެމަނިކުފާނުގެ އިޚްލާޞްތެރި މަރުޙަބާ ދަންނަވައި، ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ރާއްޖެއަށް ލިބިފައިވާ ހުރިހާ ނިޢުމަތްތަކެއްގެ ތެރެއިންވެސް، އެންމެ މަތިވެރި އަދި އެންމެ އަގު ބޮޑު ނިޢުމަތަކީ، އިސްލާމް ދީނުގެ މަތިވެރި ނޫރުން، ދިވެހިންގެ ހިތްތައް އުޖާލާކޮށްދެއްވުންކަން ފާހަގަކުރެއްވާފައިވެއެވެ. އަދި ރާއްޖެ އިސްލާމުވި ދުވަހުގެ ހަނދާންތައް އައުކުރާއިރު އެމަތިވެރި ނަސީބު އަޅުގަނޑުމެންގެ މެދުގައި ދެމެހެއްޓުމުގެ މުހިންމުކަމާ މެދު ވިސްނަންޖެހޭކަން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ދީނީ ޢަޤީދާ، ހިތްތަކުގައި ވަރުގަދަވަނީ، ދީނީ ކަންކަމަށް ފަރުވާތެރިވެ، ކުރަން އަންގަވާފައިވާ ކަންކަން ޢަމަލީ ގޮތުން ކުރުމާއެކު، ދުރުހެލިވުމަށް އަންގަވާފައިވާ އެންމެހައި މުންކަރާތްތަކުން ދުރުހެލިވުމުންކަން ވެސް، ހަނދާނުގައި ބަހައްޓަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާޙަގަކުރައްވާފައިވެއެވެ.

ވަކިން ޚާއްޞަ ގޮތެއްގައި، ޒުވާނުންނާއި ޅަދަރިންގެ ހިތްތަކުގައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ސާބިތުކުރުމަށް މަސައްކަތް ކުރުމަކީ، މައިންބަފައިންނާއި ބެލެނިވެރިން އަދި ތަޢުލީމީ މުއައްސަސާތަކުގެ ޒިންމާއެއްކަމަށް ދެކި، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށްވެސް އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.އިސްލާމް ދީނުގެ ތަޞައްވުރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާ މެދު، ފަރުވާތެރިވެ، އެފަދަ ކަންކަމުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއްކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައި ވެއެވެ.

އެގޮތުން އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަންކަން، އިސްލާމް ދީނުގެ ނަމުގައި، އަޅުގަނޑުމެންގެ ތެރޭގައި ފެތުރުން ހުއްޓުވޭނީ، އަދި، އިސްލާމް ދީނަށް އިހާނެތިކޮށްހިތުމާއި، ކުޑައިމީސްކުރުމުގެ އެންމެހައި ޢަމަލުތަކުން އަޅުގަނޑުމެންގެ ޅަދަރީން ސަލާމަތް ކުރެވޭނީ ވެސް، ދީނުގެ ޞައްޙަ ޢަޤީދާ އޮޅުންފިލުވައިދީގެންކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީވެސް އަދި ދިވެހިންގެ ހިތްތަކުގައި، އެންމެ ލޯބި ދެވޭ، އެންމެ ޤަދަރުކުރެވޭ އަދި އެންމެ އިޙްތިރާމްކުރެވޭ އެއްޗަކީ ވެސް އިސްލާމީ ޢަޤީދާކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފައި ވެއެވެ. އަދި އިސްލާމް ދީނުގެ އެންމެ މުހިންމު ބަހާތައް ކަމުގައިވާ، އެކަކު އަނެކަކަށް އޯގާތެރިވުމާއި، މަޢާފްކުރުމާއި، ތަޙައްމަލްކުރުމާއި، ގުޅިގެން އުޅުމުގެ މަތިވެރި ސިފަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ބަޔާންކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޚިޠާބު ނިންމަވާލައްވާފައި ވަނީ އެމީހަކަށް ކިޔާ ނަމަށްވުރެ ބޮޑަށް، ތިމާގެ އުޅުމާއި އަޚްލާޤުން އިސްލާމީ ޢަޤީދާ ހާމަކޮށްދިނުމަށް އަޒުމު ކަނޑައެޅުމަށް އިލްތިމާސްކުރައްވަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2017

އިސްލާމް ދީނުގެ ވާހަކަތަކަކީ ހަމައެކަނި ނަމާދާއި ރޯދައިގެ ވާހަކައެއް ނޫން: ޑރ. މަޖީދު

21 ޑިސެމްބަރު 2017
އިސްލާމް ދީނުގެ ވާހަކަތަކަކީ ހަމައެކަނި ނަމާދާއި ރޯދައިގެ ވާހަކައެއް ނޫން: ޑރ. މަޖީދު
07 ނޮވެމްބަރު 2017

ރާއްޖެއިން ސަޢޫދީއާ އެކު ސާބިތުވެ އޮންނާނެ: ރައީސް

07 ނޮވެމްބަރު 2017
ރާއްޖެއިން ސަޢޫދީއާ އެކު ސާބިތުވެ އޮންނާނެ: ރައީސް
02 ނޮވެމްބަރު 2017

ރައީސް ޔާމީންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކުރިކަން ސާބިތުވެއްޖެ، މިފަހަރު މާފަށް އެދެންޖެހޭނީ ބްރޯޑްކޮމްއިން: ރާއްޖެޓީވީ

02 ނޮވެމްބަރު 2017
ރައީސް ޔާމީންގެ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކުރިކަން ސާބިތުވެއްޖެ، މިފަހަރު މާފަށް އެދެންޖެހޭނީ ބްރޯޑްކޮމްއިން: ރާއްޖެޓީވީ
21 ޖޫން 2017

އިސްލާމްދީނުގެ ހަގީގަތް ދެނެގަތުމަށް ސުވާލު ކުރަންޖެހޭ: ރައީސް މައުމޫން

21 ޖޫން 2017
އިސްލާމްދީނުގެ ހަގީގަތް ދެނެގަތުމަށް ސުވާލު ކުރަންޖެހޭ: ރައީސް މައުމޫން
29 އެޕްރީލު 2017

މަތިވެރިއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި

29 އެޕްރީލު 2017
މަތިވެރިއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސްފި
12 އެޕްރީލު 2017

ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް

12 އެޕްރީލު 2017
ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް
04 އެޕްރީލު 2017

މިރުޒާ މަރާލިކަން ސާބިތުވެ ނަސީފާއި ޝިފާއު މެރުމަށް ހުކުމް ކޮށްފި

04 އެޕްރީލު 2017
މިރުޒާ މަރާލިކަން ސާބިތުވެ ނަސީފާއި ޝިފާއު މެރުމަށް ހުކުމް ކޮށްފި
28 މާރިޗު 2017

ސްޓޭޝަންގެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވަނީ އަސްލެއްް ނެތް ދައުވާތަކެއްކަން ސާބިތުވެއްޖެ: ރާއްޖެޓީވީ

28 މާރިޗު 2017
ސްޓޭޝަންގެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވަނީ އަސްލެއްް ނެތް ދައުވާތަކެއްކަން ސާބިތުވެއްޖެ: ރާއްޖެޓީވީ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް