Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ މަޖީދު

އިސްލާމް ދީނުގެ ވާހަކަތަކަކީ ހަމައެކަނި ނަމާދާއި ރޯދައިގެ ވާހަކައެއް ނޫން: ޑރ. މަޖީދު

އަދުލު އިންސާފު ޤާއިމް ނުކުރެވޭނަމަ އެވާހަކަ ދައްކަން ޖެހޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 21 ޑިސެމްބަރު 2017 | ބުރާސްފަތި 00:06
ބުދަ ދުވަހުގެ ރޭ އިދިކޮޅު އިއްތިޙާދުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑރ. މަޖީދު (މ) ބައިވެރިވެވަޑައިގަންނަވަނީ

ބުދަ ދުވަހުގެ ރޭ އިދިކޮޅު އިއްތިޙާދުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ޑރ. މަޖީދު (މ) ބައިވެރިވެވަޑައިގަންނަވަނީ

އިސްލާމް ދީނުގެ ވާހަކަތަކަކީ ހަމައެކަނި ނަމާދާއި ރޯދައިގެ ވާހަކަ ނޫންކަމަށާއި، އަދުލު އިންސާފަކީ އިސްލާމް ދީނުގެ އެންމެ މުހިއްމު އެއް އަސާސްކަމަށް ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ އަބްދުލް މަޖީދު އަބްދުލްބާރީ ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ގުޅިފައިވާ އިދިކޮޅު ކޯލިޝަންގެ ފަރާތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޑރ މަޖީދު ވިދާޅުވީ އަދުލު އިންސާފު ޤާއިމްވާން ޖެހޭކަމަށާއި، އަދުލު އިންސާފު ޤާއިމް ނުކުރެވޭނަމަ އެވާހަކަ ދައްކަން ޖެހޭކަމަށެވެ. އަދި ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކަން ޖެހޭކަމަށް ޑރ މަޖީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް ސަރުކާރުގެ ތެރޭގައި ހުރި ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދެއްކުމަށް ދީނީ އިލްމުވެރިން ބިރުގަނެ، ފަސްޖެހޭކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ. އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން އަބްދުﷲގެ މިސާލު ނަންގަވަމުން ޑރ މަޖީދު ވިދާޅުވީ ދީނީ އިލްމުވެރިން ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތަކުގެ ވާހަކަ ދެއްކުމުން އެބޭފުޅުންނަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާކަމަށެވެ. އަދި ޝަރުޢީ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ ދެއްކުމުން، އަބުރު ގެއްލެނީއޭ، ނުވަތަ ކޯޓުގެ ޙުރުމަތް ކެނޑެނީއޭ ބުނެ، އެވާހަކަ ދައްކާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އަޅަމުންދާކަމަށާއި، އެކަންކަން އިސްލާހުކުރުމަށް ފުރުސަތު ނުދޭކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ. އަދި އެކަންތައްތައް އިސްލާހުކުރަން އޮތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، އިތުބާރު ނެތް ރައީސަކު ހުންނަވައިގެން އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް އެމަޖިލީހުގެ އިސްލާހަށް މަސައްކަތްކުރާ މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ނިންމާފައިވާތީ ޑރ. މަޖީދުވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ދީނީ ކަންކަމަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ، ޑރ މަޖީދު ވިދާޅުވީ ފަތުވާ ކޮމިޓީއިން ފަތުވާނެރެ، ހުކުރު ޚުޠުބާވެސް ކިޔަމުންދަނީ ސަރުކާރުން ބޭނުންވާ ގޮތަށްކަމަށެވެ. އަދި ދުނިޔޭގައި މިހާރަކަށް އައިސް ދިމާވާ ދީނީ އެންމެ ބޮޑެތި މައްސަލަތައް ދިމާވަނީ ސަރުކާރުތަކުން ބޭނުންވާ ގޮތަށް ދީނީ އިލްމުވެރިން ދީނީ ފަތުވާ ނެރެމުންދާތީކަމަށް ވިދާޅުވެ، އެކަމާއިވެސް ޑރ މަޖީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކާއިއެކު ބޭއްވި މި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޑރ. މަޖީދު އިތުރަށް ވިދާޅުވީ އިސްލާމް ދީނަކީ ދިރިއުޅުމުގެ ފުރިހަމަ ނިޒާމްކަމަށާއި، ދީނީ ވާހަކަތަކުގެ ތެރޭގައި ވެރިކަން ހިންގުމުގެ ވާހަކަތައް ހިމެނޭކަމަށެވެ. އަދި ވެރިކަމުގައި ހުރި މައްސަލަތަކުގެ ވާހަކަވެސް ދެކެވޭނެކަމަށް ޑރ. މަޖީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 މެއި 2017

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

30 މެއި 2017
ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ
14 މެއި 2017

ޤާނޫނުތައް ބާތިލްކުރުމުގެ ބާރަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް: މައުމޫނު

14 މެއި 2017
ޤާނޫނުތައް ބާތިލްކުރުމުގެ ބާރަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއް: މައުމޫނު
14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު