Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބީއެމްއެލް

ބީއެމްއެލް އިން ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގައި ބައިވެރިވެއްޖެ

ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން ބީއެމްއެލްގެ މުއައްޒަފުނަށް މަތީ ތައުލީމު ހާސިލްކުރުމަށް ރާއްޖެ އާއި ރާރްޖޭން ބޭރުން ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ނޮވެމްބަރު 2019 | ބުރާސްފަތި 18:37
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް އިން މަތީ ތަޢުލީމާއި ޓްރެއިނިންގ ގެ ފުރުޞަތު ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރއެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން އެވެ.

Advertisement - newsAdvertisement

ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން ބީއެމްއެލްގެ މުއައްޒަފުނަށް މަތީ ތަޢުލީމު ޙާޞިލުކުރުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ގިނަ ފުރުޞަތުތަކެއް ހުޅުވިގެން ދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އެކި ކޮލްޖުތަކާއި ޔުނިވަރސިޓީތަކާއެކު ބަދަހިކުރެވިފައިވާ ގުޅުންތަކުގެ ތެރެއިން އުނގެނުމުގެ ހަރުދަނާ މާޙައުލެއް އުފެއްދުމަށާއި ސްޓާފުންނަށް އިތުރު ފުރުޞަތުތައް ހޯދައި ދިނުމަށް ބީއެމްއެލް އިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި ގުޅިގެން ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން ވަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތައް އެކުލަވާލައިފައެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ޙަރަކާތްތައް ބާއްވައެވެ.

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2017

ވޯލްޑް އިލެކްޝަން ބޮޑީސްގެ އެސެމްބްލީގައި އީސީ ބައިވެރިވެއްޖެ

06 ސެޕްޓެމްބަރު 2017
ވޯލްޑް އިލެކްޝަން ބޮޑީސްގެ އެސެމްބްލީގައި އީސީ ބައިވެރިވެއްޖެ
06 ސެޕްޓެމްބަރު 2017

ރާއްޖެ ޓީވީން ހިންގާ ޓެލެތޯންގައި ޓްރޭޑް ޔޫނިއަންއިން ބައިވެރިވެއްޖެ

06 ސެޕްޓެމްބަރު 2017
ރާއްޖެ ޓީވީން ހިންގާ ޓެލެތޯންގައި ޓްރޭޑް ޔޫނިއަންއިން ބައިވެރިވެއްޖެ
17 ޖޫން 2017

ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ

17 ޖޫން 2017
ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތުގައި 100 ވުރެ ގިނަ މީހުން ބައިވެރިވެއްޖެ
22 މެއި 2017

އައިޖީއެމްއެޗް ގައި ހުންނަ ބީއެމްއެލް އޭޓީއެމްގެ ދޮރު ވަޔާއެކު ވެއްޓި ތެޅިއްޖެ!

22 މެއި 2017
އައިޖީއެމްއެޗް ގައި ހުންނަ ބީއެމްއެލް އޭޓީއެމްގެ ދޮރު ވަޔާއެކު ވެއްޓި ތެޅިއްޖެ!
14 މެއި 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު