Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް 2019

ޕޮލިސް އެކެޑަމީގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހު ނިންމާލެވޭނެ: އިމްރާން

އެކެޑަމީ އެޅުމުގެ އަމަލީ މަސައްކަތް ފެށިގެން ދިޔައީ 26 ޑިސެމްބަރު 2016 ގައި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2019 | އަންގާރަ 07:32
މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝެއިހް އިމްރާން އަބްދުﷲ

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝެއިހް އިމްރާން އަބްދުﷲ

ޕޮލިސް އެކެޑަމީގެ މަސައްކަތް 2020 ވަނަ އަހަރުގެ ޖުލައި މަހަށް ނިންމާލެވޭނެކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު އައްޑޫ ސިޓީގައި ހަދަމުންދާ ޢިމާރާތަކީ މިލިޓަރީ ބޭހެއް ހިންގުމަށް އަޅާ އިމާރާތެއްތޯ ސާފުކުރުކުރެއްވުމަށް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެންއެސްއެސް އިން ވަކިވެ، ސަލާމަތީ ޚިދުމަތް ދޭ ވަކި މުއައްސަސާއެއްގެ ގޮތުގައި ޤާއިމުވުމަށް ފަހު ފުލުހުންނަށް ބޭނުންވާ ތަމްރީނާއި، ހުނަރާއި، ތަޖުރިބާ ލިއްބައިދިނުމަށް ބޭނުންވާ، އެކަށީގެންވާ ތަމްރީނުދޭ މަރުކަޒެއް އެޅުމުގެ މަސައްކަތް އޭރުއްސުރެ ފެށިގެން ކުރަމުން ގެންދިޔަކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ކުރަމުންދިޔަ ގިނަ މަސައްކަތްތަކާއި މަޝްވަރާތަކުގެ ތެރެއިން 2009 ވަނަ އަހަރު އިންޑިއާގެ ސަރުކާރާއެކު ދިވެހިރާއްޖެއިން ފުލުހުންނަށް ތަމްރީނުދޭ މަރުކަޒެއް ނުވަތަ ޕޮލިސް އެކެޑަމީއެއް އެޅުމުގެ މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އެކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން 26 ސެޕްޓެމްބަރު 2012 ގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި އެކުގައި އެމްއޯޔޫއެއްގައި ސޮއި ކުރެވުނުކަމަށެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އޭރުގެ ހޯމް މިނިސްޓަރ ޑރ މުޙައްމަދު ޖަމީލް އަޙްމަދު އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސުޝިލް ކުމާރުކަމަށެވެ.

އެ އެމްއޯޔޫގައި ހުރި ކަންކަމަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ އެ އެމްއޯޔޫގައި ނެޝަނަލް ޕޮލިސް އެކެޑަމީއެއް އެޅުމުގެ އެއްބަސްވުމެއްކަން ސާފުކޮށް ލިޔެފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އޭރު އެ އެމްއޯޔޫގައި އެ އެކެޑަމީ އެޅުމަށް ހަމަޖެހިފައި އޮތީ ޅ. ދިއްފުށިމާދޫ ގައި ކަމުގައި ކަމަށެވެ. ނަމަވެސް އެމްއޯޔޫގައި ސޮއި ކުރުމަށްފަހު މި ޕޮލިސް އެކެޑަމީ އަޅާނެ ތަނަކާއި މެދުގައި ސަރުކާރުން އެކި ފަހަރު މަޝްވަރާތައް ބަދަލުވަމުން ގޮސް ޅ. ދިއްފުށިމާދޫގައި ފުރަތަމަ އެޅުމަށް ކަނޑައެޅުނު ޕޮލިސް އެކެޑަމީ ފަހުން ދ. ވާނީ ގައި އެޅުމަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅެވި، އޭގެ ފަހުން ސ ހިތަދޫ ރުއްޖެހި ޞަރަޙައްދަށް ބަދަލުކުރެވުނު ކަމަށެވެ. ނަމަވެސް އޭގެ ފަހުން މިހާރު އެކެޑަމީ އެޅުމަށް ނުވަތަ، އަޅަމުންގެންދާ ޞަރަޙައްދު ކަމުގައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ދެކުނު ޞަރަޙައްދުގައި އޮންނަ ބިން ކަނޑައަޅާ ފާހަގަކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 18 ނޮވެމްބަރު 2014ގައި މި ބިން އައްޑޫ ސިޓީން ކަނޑައެޅުމަށްފަހުގައި ޙަވާލު ކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި އެކެޑަމީ އެޅުމުގެ އަމަލީ މަސައްކަތް ފެށިގެން ދިޔައީ 26 ޑިސެމްބަރު 2016 ގައި ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޝެޑިއުލަށް ބަދަލަށް ނައިސް ކުރިއަށް ދާނަމަ 1 ޖުލައި 2020 ގައި ނިމިގެންދާނެ ކަމަށެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި އިންސްޓިޓިއުޓް ފޯރ ސެކިއުރިޓީ އެންޑް ލޯ ( އައިއެސްއެލްއީއެސް) އެއް ގާއިމު ކުރުމުގެ ގޮތުން ދެޤައުމުގެ ދެމެދުގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ސޮއި ކުރެވުނު އިރު މި އިންސްޓިޓިއުޓް އައްޑޫ ސިޓީގައި ޤާއިމު ކުރުމަށް ނިންމެވީ ދިވެހި ސަރުކާރުންނެވެ.

މިކަމާއި ބެހޭ ގޮތުން ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން، އިންޑިއާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ އިންޑިއާގެ އެހީގައި ފުލުހުންނަށް ތަމްރީނު ދިނުމަށް ދިވެހި ސަރުކާރުން ޤާއިމުކުރާ މަރުކަޒާއި ބެހޭ ގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކުން ޢާންމުންނަށް އޮޅޭ ފަދަ ގޮތަކައް މަޢުލޫމާތުތައް ފަތުރަމުންދާތީ އެކަމާއި ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ. އަދި ދެޤައުމުގެ ދޭދޭ ގާތްގުޅުމުގެ ތެރެއިން އިންޑިއާ ސަރުކާރުން ވެދިން މިއެހީއާއި ބެހޭ ގޮތުން މައުލޫމާތު ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އެމްބެސެޑަރ އިތުރަށް ވިދާޅުވީ، އިންސްޓިޓިއުޓް ޤާއިމު ކުރެވެނީ ފުލުހުންނަށް ބޭނުންވާ ހުނަރާއި، ފަންނީ ތަޖުރިބާ ލިއްބައިދިނުމަށް ބޭނުންވާ، އެކަށީގެންވާ ތަމްރީނު ދިނުމުގެ ބޭނުމުގައި ކަމަށާއި އެއްވެސް ގޮތަކަށް މި މަރުކަޒު މިލިޓަރީ ބޭނުމަކަށް ބޭނުން ކުރުމަށް ނިންމާފައި ނުވާ ކަމަށެވެ.

އެމްބެސެޑަރ ސުދީރު ވިދާޅުވީ، މި މަޝްރޫއުއަކީ އިންޑިއާ ސަރުކާރުގެ ފަރާތުން އެއްފަހަރާ އެންމެ ބޮޑު ފައިސާގެ އެހީއެއް ރާއްޖެއަށް ދިން މަޝްރޫޢުކަމަށެވެ. އެގޮތުން މި މަޝްރޫއަކީ 31 މިލިއަން އެމެރިކާ ޑޮލަރުކަން އެމްބެސެޑަރ ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު