Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސައްތަކިލޯ

ސައްތަ ކިލޯގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފި

އެންމެ ބޮޑު ބަދަލެއް އައިސްފައިވާ 3 ފަރާތަކަށް އިނާމު ދީފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ނޮވެމްބަރު 2019 | އަންގާރަ 13:21
ހުޅުމާލެ ފިޓްޒޯން

ހުޅުމާލެ ފިޓްޒޯން

ރަމަޟާން މަހު ރާއްޖެޓީވީން ގެނެސްދިން "ސައްތަކިލޯ" ޕްރޮގްރާމުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފިއެވެ.

ރާއްޖެޓީވީ އާއި ހުޅުމާލެ ފިޓްޒޯން ޖިމާއެކު ކުރިއަށް ގެންދިޔަ ސައްތަކިލޯ ޕްރޮގުރާމުގައި ބައިވެރިވެ އެންމެ ބޮޑު ބަދަލެއް އައިސްފައިވާ 3 ފަރާތަކަށް އިނާމު ދީފައިވާއިރު، ތިން މަސްދުވަހަށް ކުރިއަށްގެންދިޔަ މިޕްރޮގުރާމުގައި ބައިވެރިވި ހުރިހާ ބައިވެރިން ވެސް ވަނީ ވަރަށް ބޮޑަށް ބަރުދަން ލުއިކޮށްފައެވެ.

ތިން މަސް ދުވަހުގެ މި ޕްރޮގުރާމުން 28 ކިލޯ ލުއިކޮށްގެން އޭގެ ތެރެއިން 1 ވަނައަށް ހޮވިފައިވަނީ ޒިޔަމް އަބްދުﷲ ހާދީއެވެ. އެގޮތުން ޒިޔަމް ބުނީ، މި ޕްރޮގުރާމުގެ ސަބަބުން ދިރިއުޅުމަށް ރަނގަޅު ބަދަލުތަކެއް އައި ކަމަށާއި، މިހާރު ކުރިއަށްދަނީވެސް "ފިޓްނަސް" ގެ ދާއިރާއިން ކަމަަށެވެ.

މި ޕްރޮގުރާމުގެ 2 ވަނައަށް ގޮސްފައިވަނީ މުހައްމަދު ތަސްނީމްއެވެ. އެގޮތުން ތަސްނީމު ވަނީ 22 ކިލޯ ލުއިކޮށްފައެވެ. އަދި ޕްރޮގުރާމުގައި 3 ވަނައަށް ހޮވުނު ފާތިމަތު އިރުޒާނާ ވަނީ 92 ކިލޯއިން 73 ކިލޯއަށް ބަރުދަން ލުއިކޮށް، 18 ކިލޯ ލުއިކޮށްފައެވެ.

މި ޕްރޮގުރާމުގައި ލިބުނު ކާމިޔާބީއާއި ގުޅޭގޮތުން ޕްރޮގުރާމުން 3 ވަނައަށް ހޮވުނު ފާތިމަތު އިރުޒާނާ ބުނީ، މިފަދަ ޕްރޮގުރާމުތަކުގެ ސަބަބުން ވަރަށް ފައިދާވާ ކަމަށާއި، ގޮންޖެހުންތަކާއެކުވެސް 3 ވަނައަށް ހޮވުމުން އުފާވާ ކަމަށެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ފިޓްޒޯންގެ މޭނޭޖިންގ ޑިރެކްޓަރ އަހުމަދު ރިޔާޒް (ރިޔާ) ވިދާޅުވީ، 3 މަހުގެ މުއްދަތަކަށް ބަލާއިރު ބައިވެރިންގެ ފަރާތުން ލިބުނު އެއްބާރުލެއްވުން ފާހަގަކުރެވޭ ކަމަށާއި، ޕްރޮގްރާމް ދިޔަ ގޮތާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ރިޔާ އިތުރަށް ވިދާޅުވީ، ދުޅަހެއު ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ނުވަތަ ހިކެން ބޭނުންވާ ފަރާތެއް ހުރި ނަމަވެސް ފިޓްޒޯން ޖިމްއިން އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، އެފަދަ ފަރާތްތަކަށް އެ ޖިމްއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

މުޅިން ހިލޭ ބައިވެރިވެވޭގޮތަށް ރާއްޖެޓީވީން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމް ފާއިތުވި 2 އަހަރުވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން މި ޕްރޮގުރާމުގައި ބައިވެރިވާ ގިނަ ފަރާތްތަކަކީ ސައްތަ ކިލޯއަށް ވުރެ ބަރު ފަރާތްތަކެކެވެ.

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2022

ގެފުޅުގެ އުރަކޮޅު ތައްޔާރުކުރުމަށް 410 ކިލޯގެ ކަފަ ބޭނުންކުރޭ

09 އޮކްޓޯބަރު 2022
ގެފުޅުގެ އުރަކޮޅު ތައްޔާރުކުރުމަށް 410 ކިލޯގެ ކަފަ ބޭނުންކުރޭ
22 އޮކްޓޯބަރު 2020

ފެންބޮޑުވެ ހާލުގައި ޖެހުނު ފަރާތްތަކަށް ޕްރަބާސްގެ ބޮޑު އެހީތެރިކަމެއް!

22 އޮކްޓޯބަރު 2020
ފެންބޮޑުވެ ހާލުގައި ޖެހުނު ފަރާތްތަކަށް ޕްރަބާސްގެ ބޮޑު އެހީތެރިކަމެއް!
20 އޮކްޓޯބަރު 2020

އާމިރް ޚާންގެ ދަރިފުޅު ފިލްމު އޮޑިޝަންއަކުން ނުހޮވުނު!

20 އޮކްޓޯބަރު 2020
އާމިރް ޚާންގެ ދަރިފުޅު ފިލްމު އޮޑިޝަންއަކުން ނުހޮވުނު!
28 ޑިސެމްބަރު 2019

ފިލްމު ''ލޯބި ވެވިއްޖެ''ގެ ޝޫޓިންގެ 20 އިންސައްތަ ނިމިއްޖެ: ސީޒަން

28 ޑިސެމްބަރު 2019
ފިލްމު ''ލޯބި ވެވިއްޖެ''ގެ ޝޫޓިންގެ 20 އިންސައްތަ ނިމިއްޖެ: ސީޒަން
05 ޑިސެމްބަރު 2018

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 50 ވީލްޗެއަރ ޝާހްރުކު ޚާން ހަދިޔާކޮށްފި

05 ޑިސެމްބަރު 2018
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 50 ވީލްޗެއަރ ޝާހްރުކު ޚާން ހަދިޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު