Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަނަސްގެ މަރު

އަނަސްގެ މަރު: ދައުވާ ލިބޭ 7 މީހުންވެސް ދައުވާއަށް އިންކާރުކުރޭ!

އަނަސް މަރާލީ ގަލޮޅު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 2017 ވަަނަ އަހަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ނޮވެމްބަރު 2019 | ހޯމަ 12:47
ވަޅިން ހަމަލާދީ މަރާލާވިފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް

ވަޅިން ހަމަލާދީ މަރާލާވިފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް

ވަޅިން ހަމަލާދީ މަރާލާވިފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވާ 7 މީހުންވެސް ދައުވާއަށް އިންކާރުކޮށްފިއެވެ.

ގަލޮޅުގައި ހުންނަ ލިޓަސް ސަރވިސް ސެންޓަރު ތެރޭގައި 2017 ވަަނަ އަހަރު އަނަސް މަރާލާފައިވާއިރު، ހޯމަ ދުވަހު ވަނީ މި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ. މި އަޑުއެހުމުގައި ދައުވާލިބޭ 7 މީހުންވެސް ދައުވާއަށް އިންކާރުކޮށްފައިވާއިރު، މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ ލިބޭ 7 މީހުންނާއި ދެކޮޅަށް ގިނަ ހެކިތަކެއް ހުށައަޅާފައެވެ.

ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް:

ޝަރީއަތުގެ އަޑުއެހުމުގައި ދައުވާ ލިބޭ ފަރާތްތަކާއި ދެކޮޅަށް ދައުލަތުން ހުށައަޅާ ހެކިތައް ވަކިވަކިން ބަޔާންކޮށް ދައުވާ އިއްވާފައިވާއިރު، މި މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުވާއަށް ޖަވާބުދާރީވަން ތައްޔާރުތޯ ދައުވާލިބޭ ފަރާތްތަކުގެ ވަކީލުން ކައިރީގައި އަހާފައެވެ.

އަނަސް މަރާލުމަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި 3 މީހުންގެ ފަރާތުން ފާހަގަކުރި ކަންކަން:

މި މައްސަލައިގައި އަނަސްއަށް ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ދައުވާލިބޭ 3 މީހުންގެ ތެރެއިން ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާންއާއި، މ. ދިމިޝްގު، އުސްމާން ޝަރީފްގެ ވަކީލު ވަނީ ޝަރީއަތް ވީހާވެސް އަވަހަށް ނިންމައި ދިނުމަށް އެދި ދައުވާއަށް ޖަވަބުދާރީވެފައެވެ. އެގޮތުން ވަކީލް ވިދާޅުވީ، ޒަޔާންއާއި އުސްމާނުވެސް ސާފުކޮށް ދައުވާއަށް އިންކާރުކުރާ ކަމަށާއި، ދިފާއުގެ ހެކިބަސްތަކުން އެކަން އިތުރަށް އެނގިގެންދާނެ ކަމަށެވެ. އެގޮތުން ޒަޔާންގެ ފަރާތުންވެސް ހެކި ހުށައަޅާފައިވާއިރު، އުސްމާނުގެ ފަރާތުންވެސް ވަނީ އެވަގުތު އޭނާ އެތަނުގައި ނެތްކަން ސާބިތު ކުރުމަށް 5 ހެއްކެއް ހުށައަޅާފައެވެ.

އޭގެއިތުރުން، މި މައްސަލައިގައި އަނަސްއަށް ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ދައުވާލިބޭ މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާޤުގެ ފަރާތުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަފްރާހު އަބްދުލް ރައްޒާޤުގެ ފަރާތުންވެސް ވަނީ އެވަގުތު އޭނާ އެތަނުގައި ނެތްކަން ސާބިތު ކުރުމަށް 7 ހެއްކެއް ހުށައަޅާފައެވެ.

އަނަސް މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާ ލިބޭ 4 މީހުންގެ ފަރާތުން ފާހަގަކުރި ކަންކަން:

މި މައްސަލައިގައި އަނަސްއަށް ހަމަލާދިން މީހުން ގޮވައިގެން ލިޓަސް ސަރވިސް ސެންޓަރު ކައިރިއަށް ސައިކަލުގައި ގޮސް ހަމަލާ ދިނުމަށްފަހު އެ މީހުން ގޮވައިގެން ސައިކަލުގައި އެ ސަރައްދުން ދިޔަ ކަމަށް ބުނެ އަނަސް މަރާލުމުގެ ބައިވެރިވިކަމުގެ ދައުވާ 4 މީހެއްގެ މައްޗަށް ކޮށްފައިވެއެވެ. އެގޮތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވަނީ ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހު އަބްދުﷲއާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްއާއި، ތ. ކިނބިދޫ ގުލްފާމުގޭ، މުހައްމަދު ޝާޒް އަދި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާ އެވެ.

މި މައްސަލައިގެ ދައުވާލިބޭ ޖުނައިހުގެ ފަރާތުން ދައުވާއަށް އިންކާރުކޮށް، ހެކިންގެ ލިސްޓެއް މީގެ ކުރިން ވަނީ ޝަރީއަތަށް ހުށައަޅާފައެވެ. އަދި މައްސަލައިގެ ދައުވާ ލިބޭ މަހުފޫޒުއާއި ސިމާހުވެސް ދައުވާއަށް އިންކާރުކޮށްފައިވާއިރު، މަހުފޫޒުގެ ފަރާތުން ދައުވާއަށް އިންކާރުކޮށް ބުނީ އެވަގުތު އޭނާ ހުރީ ހުޅުމާލޭގައި ކަމަށެވެ. އަދި އެކަން ސާބިތުކޮށްދިނުމަށް އޭނާ ވަނީ 3 ހެއްކެއް ހުށައަޅާފައެވެ.

އޭގެއިތުރުން، ސިމާހު މޫސާގެ ވަކީލުވެސް ވިދާޅުވީ، ހާދިސާ ހިނގި ވަގުތު އެތަނުގައި ނެތް ކަމަށެވެ. އަދި އޭނާގެ ފަރާތުންވެސް ދިފާއީ ހެކިން ހުށައަޅާފައިވާއިރު، ދައުވާ ލިބޭ މުހައްމަދު ޝާޒު އެތަނުގައި ނެތް ކަން ސާބިތު ކުރުމަށް އޭނާގެ ފަރާތުން ހެކިވެރިއެއްގެ ގޮތުގައި 3 ފަރާތެއްގެ ނަން ޝަރީއަތުގައި ބަޔާން ކޮށްފައިވެއެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަން ބެލުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އުސްތާޛް މުހައްމަދު ސަމީރު ވިދާޅުވީ، ދެން މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އޮންނާނީ އަންނަ އަހަރު ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު މެންދުރު 13:00 ގައި ކަމަށެވެ. އެގޮތުން އެ ދުވަހު ދައުލަތުން ހުށައަޅާފައިވާ ހެކިން ހާޒިރު ކުރުން އޮންނާނެއެވެ.

އަނަސްގެ މަރާއި ގުޅިގެން އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ގްރޫޕަކުން ތޫނު ހަތިޔާރާއެކު ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް ވަދެ އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވެއެވެ. ލިޓަސް ސަރވިސް ސެންޓަރަށް އަނަސް ދުވެފައި ގޮސް ވަދެފައިވަނީ އެމީހުން އޭނާގެ ފަހަތުން ދުވެފައި ދިއުމުން ކަން ވީޑިއޯއިން ފެނެ އެވެ. އަދި އަނަސް އަށް ހަމަލާދިން އެންމެން ވެސް ތިބީ މާސްކް އަޅައިގެންނެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު